Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެޗްޑީސީ

ތިލަފުށީ ފަޅުތެރެއަށް ދޫކޮށްލާފައިވާ އުޅަނދުތަކާމެދު އަމަލުކުރާނެ ގޮތުގެ އުސޫލު އާންމުކޮށްފި

28 މާރިޗު 2023 | އަންގާރަ 11:51

އުޅަނދުތަކުގެ ސަބަބުން މަސައްކަތްތައް ކުރިއަށްގެންދިއުމަށް ހުރަސްއެޅޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 28 މާރިޗު 2023 | އަންގާރަ 11:51
ތިލަފުށީ ފަޅުގައި އަޅާފައިވާ އުޅަނދުތައް

ތިލަފުށީ ފަޅުގައި އަޅާފައިވާ އުޅަނދުތައް

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ހުއްދަ ނެތި ތިލަފުށީ ފަޅުތެރޭގައި ބަހައްޓާފައިހުރި އުޅަނދުތަކާމެދު އަމަލުކުރާނެ ގޮތުގެ އުސޫލެއް އެކުލަވާލައިފިއެވެ.

ސިނާއީ ދާއިރާގައި މިހާރު ހުރި މައްސަލަތަކަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ފަރުމާ ކުރެވިފައިވާ ތިލަފުށި މާސްޓަރޕްލޭނާއި އެއްގޮތަށް، ތިލަފުއްޓާއި ގުޅީފަޅުގެ ބިން ހިއްކައި އެ ސަރަހައްދު ތަރައްގީކުރަމުން އަންނަ އިރު، މިކަމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް އެޗްޑީސީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިގޮތުން މިހާރު ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ އެ ސަރަހައްދުގެ ފަޅުތެރެއަށް ގިނަ އަދަދެއްގެ އުޅަނދުތަކެއް ދޫކޮށްލާފައިވުންކަން އެޗްޑީސީން ފާހަގަކުރެއެވެ. މިކަމުގެ ސަބަބުން މާސްޓަރ ޕްލޭނާ އެއްގޮތަށް ތަރައްގީގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހުރަސް އެޅުމާއި، އެ ސަރަހައްދުގެ ތިމާވެއްޓަށްވެސް ގެއްލުންވަމުންދާކަން އެޗްޑީސީން ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލަ ހައްލުކުރުމަށް އެޗްޑީސީން ވަނީ އުސޫލެއް އެކުލަވާލައި އެ އުސޫލާ އެއްގޮތަށް އަމަލުކުރަން ފަށާފައެވެ.

މިގޮތުން އެ ސަރަހައްދުގައިވާ އުޅަނދަކީ ދޫކޮށްލާފައިވާ އުޅަނދެއްތޯ ކަނޑައެޅުމަށް ބަލާނެ ކަންތައްތަކެއް އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ. އޭގެ ތެރޭގައި، އެ އެއްޗެއް އޮތް ތަނާއި، އޭގެ ސަބަބުން އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ވާ އުނދަގޫ އަދި ތިމާވެއްޓަށް ލިބޭ ގެއްލުމަށްވެސް ބަލާނެއެވެ. މީގެ އިތުރުން އެއީ ދޫކޮށްލާފައިވާ އެއްޗެއްތޯ ބަލައި ޔަގީންކުރާނެ ގޮތްތައް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

މިގޮތަށް ދޫކޮށްލާފައިވާ އުޅަނދުތަކުގެ ތެރެއިން، އޭގެ ސަބަބުން ނުރައްކާތެރި ހާދިސާއެއް ހިނގާފާނެ ނުވަތަ ތިމާވެއްޓަށް ނޭދެވޭ އަސަރެއް ކުރާ އެއްޗެއްނަމަ، އެ ކޯޕަރޭޝަނުން އެ އުޅަނދު ވަގުތުން ނަގައި އެހެން ސަރަހައްދަކަށް ގެންދާނެ ކަމަށް އުސޫލުގައިވެއެވެ.

އެ ސަރަހައްދުގައި އޮތް އުޅަނދަކީ ދޫކޮށްލާފައިވާ އެއްޗަކަށް ވީނަމަވެސް، އެ އުޅަނދު އެތަނުގައި ބާއްވަން ވަކި މުއްދަތެއް ދޭނެއެވެ. އޭގެ ވެރިފަރާތް ޔަގީންވާނަމަ، އެ އެއްޗެއްގެ ހާލަތުގެ ގޮތުން، 7 ދުވަހާ 30 ދުވަހާ ދެމެދުގެ މުއްދަތެއް ދިނުމަށް އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ. އެކަމަކު އެ އުޅަނދަކީ އޭގެ ވެރިފަރާތް ނޭނގޭ އެއްޗެއްނަމަ، ހޯދަން މަސައްކަތްކުރުމާއި، ވެރިޔަކު ނެތް ތަކެއްޗާމެދު އަމަލުކުރުމަށް އެޗްޑީސީއަށް ބާރުލިބިފައިވާ ގޮތްވެސް މި އުސޫލުގައި ވަނީ ތަފްސީލްކޮށްދީފައެވެ.

މިގޮތަށް ދޫކޮށްލާފައިވާ އުޅަނދުތަކުގެ ސަބަބުން މިހާރުވެސް ތިމާވެއްޓަށް ބޮޑެތި ނޭދެވޭ އަސަރުކުރަމުން އަންނައިރު، އުޅަނދުތައް ހުރިގޮތުގެ ސަބަބުން އެތަކެއްޗަށްވެސް އެކިވަރުގެ ގެއްލުން ވުމުގެ ފުރުސަތު އެބައޮތްކަން އެޗްޑީސީން ވަނީ ފާހަގަކޮށްފައެވެ. އަދި އެފަދަ ގެއްލުންތަކަކަށް އެ ކޯޕަރޭޝަނުން ޒިންމާ ނުވާނެކަންވެސް ވަނީ ފާހަގަކޮށްފައެވެ.

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2019

ޕޯސްޓްމޯޓަމް ހަދާއިރު އަމަލުކުރާނެ މިންގަނޑުތަކެއް އެކުލަވާލައިފި

07 ޖެނުއަރީ 2019
ޕޯސްޓްމޯޓަމް ހަދާއިރު އަމަލުކުރާނެ މިންގަނޑުތަކެއް އެކުލަވާލައިފި
10 ނޮވެމްބަރު 2018

ވެލިދޫގެ ފަޅުތެރެއަށް ކަޅުބިލަ މަސް އައިނެއް ވަދެއްޖެ

10 ނޮވެމްބަރު 2018
ވެލިދޫގެ ފަޅުތެރެއަށް ކަޅުބިލަ މަސް އައިނެއް ވަދެއްޖެ
29 އޯގަސްޓު 2018

ޕްރޮފެޝަނަލް ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމުގައި އަމަލުކުރާނެގޮތުގެ އުސޫލު އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފި

29 އޯގަސްޓު 2018
ޕްރޮފެޝަނަލް ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމުގައި އަމަލުކުރާނެގޮތުގެ އުސޫލު އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފި
16 ސެޕްޓެމްބަރު 2017

ވޯޓުގައި ބައިވެރިނުވުމުން ހާރިޖީ ސިޔާސަތު އެހެން ބަޔެއްގެ އަތް މައްޗަށް ދޫކޮށްލާފައިވާކަން ހާމަވޭ: ނަޝީދު

16 ސެޕްޓެމްބަރު 2017
ވޯޓުގައި ބައިވެރިނުވުމުން ހާރިޖީ ސިޔާސަތު އެހެން ބަޔެއްގެ އަތް މައްޗަށް ދޫކޮށްލާފައިވާކަން ހާމަވޭ: ނަޝީދު
14 ސެޕްޓެމްބަރު 2017

މެލޭޝިއާ އިން ހައްޔަރު ކުރި ދެ ދިވެހިން ރާއްޖެ ގެނެސް ދޫކޮށްލާފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ޖަވާބެއް ދެވެން ނެތް: ފުލުހުން

14 ސެޕްޓެމްބަރު 2017
މެލޭޝިއާ އިން ހައްޔަރު ކުރި ދެ ދިވެހިން ރާއްޖެ ގެނެސް ދޫކޮށްލާފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ޖަވާބެއް ދެވެން ނެތް: ފުލުހުން
30 ޖުލައި 2017

އަދީބުގެ ސިޓީތަކާ ގުޅިގެން އަމަލުކުރާނެ ވަކި ގޮތެއް އަދި ނުނިންމަން: ސުޕްރީމް ކޯޓް

30 ޖުލައި 2017
އަދީބުގެ ސިޓީތަކާ ގުޅިގެން އަމަލުކުރާނެ ވަކި ގޮތެއް އަދި ނުނިންމަން: ސުޕްރީމް ކޯޓް
06 ޖުލައި 2017

ކ. ތިލަފުށީގައި އިންސިނެރޭޓަރު ބެހެއްޓުމަށް ބަޔަކާ ޙަވާލުކޮށްފި

06 ޖުލައި 2017
ކ. ތިލަފުށީގައި އިންސިނެރޭޓަރު ބެހެއްޓުމަށް ބަޔަކާ ޙަވާލުކޮށްފި
28 މެއި 2017

މުދާ އުފުލާ ދޯންޏެއް ތިލަފުށީ ފަރަށް އަަރައިފި

28 މެއި 2017
މުދާ އުފުލާ ދޯންޏެއް ތިލަފުށީ ފަރަށް އަަރައިފި
03 އެޕްރީލު 2017

އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރާނެ ގޮތުގެ ޕްލޭނެއް އެމްއެންޑީއެފުން ނެރެފި

03 އެޕްރީލު 2017
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރާނެ ގޮތުގެ ޕްލޭނެއް އެމްއެންޑީއެފުން ނެރެފި
05 މާރިޗު 2017

ތިލަފުށީގައި އޮތް ދޯންޏެއްގައި އަލިފާން ރޯވެއްޖެ

05 މާރިޗު 2017
ތިލަފުށީގައި އޮތް ދޯންޏެއްގައި އަލިފާން ރޯވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް