Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރޯދަ ކުރުކުރުން

ރޯދަ ކުރު ކުރަން ކުރަނީ ކޮންކަމެއް؟

އާންމު ގޮތެއްގައި ހަވީރު ގަޑިއަކީ ރޯދަ ކުރުމަށް ގިނަ މީހުން މަގުތަކަށް ނިކުންނަ ވަގުތު

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 28 މާރިޗު 2023 | އަންގާރަ 11:12
ރޯދަ މަހެއްގައި ކުޑަކުދިންތަކެއް ގުޑިއަރުވަން ތައްޔާރު ވެގެން

ރޯދަ މަހެއްގައި ކުޑަކުދިންތަކެއް ގުޑިއަރުވަން ތައްޔާރު ވެގެން

ޒަމާނުއްސުރެން ދިވެހިންގެ މެދުގައި އޮންނަ އާދައެކެވެ. ރޯދަ ކުރުކުރުމަށްޓަކައި ކޮންމެވެސް ކަމެއް ކުރަން ޖެހެއެވެ. އެއީ ފިނި ބުރެއް ޖަހާލުން ކަމަށް ވިޔަސް ހިނގާލަން ދިޔުން ކަމަށް ވިޔަސްމެއެވެ. ނުވަތަ ދަރިން ގޮވައިގެން ޕާކަށް ދިޔުން ކަމަށް ވިޔަސްމެއެވެ. ބައެއް މީހުން މަސްބާނަން ވެސް ދެއެވެ. ކޮވިޑުގެ ހާލަތުގައި އައި ރޯދަ މަސް ފިޔަވާ އެހެން ހުރިހާ މަހެއްގައި މި މަންޒަރުތައް ފެނިގެންދެއެވެ.

ރޯދަ މަހަކީ އެހެން މަސްތަކާއި އަޅާބަލާއިރު ބަދިގެ ތެރޭގައިވެސް ވަރަށް ވަސް އަވަދިނެތި އުޅެން ޖެހޭ މަހެކެވެ. އެހެން ނަމަވެސް އާންމު ގޮތެއްގައި ރޯދަ މަހު ކޮންމެ މީހަކު ވެސް ބަލާނީ ގޭތެރޭގެ މަސައްކަތް އަވަހަށް ނިންމާލުމަށްފަހު ރޯދަ ކުރުމަށްޓަކައި ކަމެއް ކުރެވޭތޯއެވެ. އާންމު ގޮތެއްގައި ހަވީރު ގަޑިއަކީ ރޯދަ ކުރުމަށް ގިނަ މީހުން މަގުތަކަށް ނިކުންނަ ވަގުތެވެ. ހަވީރު 4:30ން ފެށިގެން ގިނަ އަދަދެއްގެ އާންމުން މަގުމަތިން ފެނިގެންދެއެވެ. ދަރިން ގޮވައިގެން އެއްބައި މީހުން ހިނގާލަންދާއިރު އަނެއް ބައި މީހުން ދަރިން ގޮވައިގެން ސައިކަލް ބުރުޖަހާލަން ދިއުމާއި ގުޑި އަރުވަން ދިއުންވެސް އޮވެއެވެ.

މި ރޯދަމަހު ވެސް ކުޑަކުދިން ގުޑިތައް ހިފައިގެން އުސްފަސްގަނޑަށް ޖަމާވިތަން ފެނުނެވެ. އެކިކުލަތަކުގެ ގުޑިތައް އަރުވާފައިހުންނައިރު، ދުރުން މަގުމަތިން ބަލާއިރު މި މަންޒަރަކީ ވަރަށް ހިތްގައިމު މަންޒަރެކެވެ. ސައިކަލުން ދާމީހުންވެސް މި މަންޒަރު ބަލަން ހުއްޓިލާ، ފޮޓޯ ނަގާ މަންޒަރު ފެނެއެވެ.

ހަވީރު ގަޑީގައި މާލޭގެ ބޭރު މަގުގައި ބާރު ބޮޑުވެގެންދެއެވެ. މުޅި މަގުތައް އޮންނަނީ ތޮއްޖެހިފައެވެ. އެއީ ރައްޓެހިން ނުވަތަ ދެމެފަރިން ނުވަތަ ދަރިފުޅު ގޮވައިގެން ހަވީރު ގަޑީގައި ރޯދަ ކުރު ކުރުމަށް ނިކުންނަ މީހުން ގިނަވުމުންނެވެ. ސައިކަލުގައި ބުރު ޖަހާ މީހުނެކޭ އެއްވަރަށް ކާރުތަކުގައި ވެސް ބުރު ޖަހާ މީހުންގެ އަދަދު އިތުރުވެގެންދެއެވެ. އަދި މިހާރު ހުޅުމާލޭގެ ބްރިޖް އޮތުމާއެކު ހަވީރު ގަޑީގައި ހުޅުމާލެއަށް ދާ މީހުންގެ އަދަދު ވެސް އިތުރުވެގެންދެއެވެ.

މިހާ ގިނަ އަދަދެއްގެ ބަޔަކު ރޯދަ ކުރު ކުރުމަށްޓަކައި މަގުތަކަށް ނިކުމެ އުޅޭއިރު ޓްރެފިކްގެ ބާރު ވެސް ބޮޑުވެގެންދެއެވެ. އެހެންކަމުން މާލޭގެ އެކި ކަންކޮޅުތަކުގައި ޓްރެފިކްގެ ކަންތައްތައް ބަލަހައްޓާ މެނޭޖް ކުރުމަށްޓަކައި އެ ގަޑީގައި ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވެއެވެ. ވެހިކަލްތައް ތޮއްޖެހުނަ ނުދިނުމަށްޓަކައެވެ. ރޯދަ ކުރު ކުރުމަށްޓަކައި ގިނަ އަދަދެއްގެ އާންމުން ނިކުމެ އުޅޭއިރު ގިނަ މީހުންގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބަދަލުވީ ހަމައެކަނި މާ، ކުރަނީ ހަމަ އެއް ކަމެއް

ބަދަލުވީ ހަމައެކަނި މާ، ކުރަނީ ހަމަ އެއް ކަމެއް

19 މާރިޗު 2017
ކަދުރު، ޕެނެޑޯލް، ދަބަސް، ހިތާނުކުރުން، މިއީ ހަމަ ފިސާރި މެޑަމެއް!

ކަދުރު، ޕެނެޑޯލް، ދަބަސް، ހިތާނުކުރުން، މިއީ ހަމަ ފިސާރި މެޑަމެއް!

18 މާރިޗު 2017
މައުމޫނަށް ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުހެދި ވެރިން މިއަދު މި ކުރަނީ ކޮންކަމެއް!

މައުމޫނަށް ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުހެދި ވެރިން މިއަދު މި ކުރަނީ ކޮންކަމެއް!

11 މާރިޗު 2017
މަސީހު އަޒުލުކުރުން، ރައްޔިތުންނަށް ބާރު ލިބިމުގެ ފުރަތަމަ ނިޝާން!

މަސީހު އަޒުލުކުރުން، ރައްޔިތުންނަށް ބާރު ލިބިމުގެ ފުރަތަމަ ނިޝާން!

08 މާރިޗު 2017
ޗައިނާގެ އެހީ: އެކުވެރިކަން ބާ؟ ނޫނީ އިގްތިސާދީ ގޮތުން އަޅުވެތި ކުރުން ބާ؟

ޗައިނާގެ އެހީ: އެކުވެރިކަން ބާ؟ ނޫނީ އިގްތިސާދީ ގޮތުން އަޅުވެތި ކުރުން ބާ؟

23 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު