Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންތިޚާބުތަކާއި ގުޅޭ ޤާނޫނުތައް

އިންތިޚާބާއި ކައިރިކޮށްފައި ބިލުތަކަށް ޤާނޫނީ ސިފަ އަންނަ ނަމަ ކަންބޮޑުވޭ: ފުއާދު

28 މާރިޗު 2023 | އަންގާރަ 09:19

އިންތިޚާބާއި ކައިރިކޮށްފައި ޤާނޫނަށް އިސްލާހުތައް ގެނައި ނަމަވެސް ނިޒަމަށް ބަދަލެއް ނާންނާނެ ކަމަށް އޭޖީ އޮފީހުން ބުނޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 28 މާރިޗު 2023 | އަންގާރަ 09:19
މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން

އިންތިޚާބާއި ކައިރިކޮށްފައި އިންތިޚާބުތަކާއި ބެހޭ އާއްމު ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލުތަކަށް ޤާނޫނީ ސިފަ އަންނަ ނަމަ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަދައްކަވަމުން ފުއާދު ވިދާޅުވީ އިންތިޚާބުތަކާއި ބެހޭ ޤާނޫނުތަކަށް އިސްލާހުގެނައުމުގެ މަސައްކަތަކީ މީގެ ދެ އަހަރު ކުރިން ފަށާ ނިންމާފައިވާ މަސައްކަތްތަކެއް ކަމަށާއި އެ ބިލަށް ވޭތުވި ދުވަސްތަކުގައި އެކި އެކި ބަދަލުތައް ހުރި ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް އިންތިޚާބާއި ގާތްކޮށްފައި އިންތިޚާބުތަކާއި ބެހޭ ޤާނޫނުތަކަށް އިސްލާހު އައުމަކީ އޭގެ ނޭދެވޭ އަސަރުކޮށްފާނެ ކަމެއް ކަމަށް ފުއާދު ވިދާޅުވިއެވެ. އަދި އާއްމުންގެ މެދުގައި އެކަމުގެ ސަބަބުން އިންތިޚާބުގެ ޤާނޫނަށް އިސްލާހު ގެންނަ މަގްސަދާއި މެދު ނުރަނގަޅު ތަސައްވުރެއް އުފެދުމުގެ ފުރުސަތު އޮތް ކަަމަށް ވެސް ފުއާދު ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ފުއާދު ވަނީ އިންތިޚާބުތަކާއި ގުޅުން ހުރި ޤާނޫނުތަކަށް ގެންނަ އިސްލާހުތަކާއި މެދު އާއްމުންގެ މެދުގައި ހުރި ކަންބޮޑުވުންތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ނޫސްވެރިން ތަމްރީނުވެގެން އިންތިޚާބު ކާމިޔާބު ކުރާ ގޮތަށް ހަމަޖައްސަނީ އިންތިޚާބުގައި ނޫސްވެރިންގެ ދައުރު ހަނި ކުރުމުގެ ގޮތުން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ކޮމިޝަނުން މަސައްކަތްކުރަނީ އިންތިޚާބުތަކާއި ބެހޭ ކަންކަން ވީހާވެސް ހުޅުވާލާއިގެން ގެންދަން ކަމަށާއި ކޮމިޝަނުން ފޮރުވާނެ ކަމެއް ނެތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެ ކޮމިޓީގައި ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ އިންތިޚާބުތައް ކަވަރކުރުމުގެ ކަންކަން ފުޅާކުރުމަށް އޭޖީ އޮފީހަށް އިސްލާހެއް ފޮނުވާފައިވާނެ ކަމަށެވެ. އަދި މިހާތަނަށް އިންތިޚާބުތައް މޮނިޓަރކުރުމުގައި ދިމާވާ ކަންކަމުގެ އަލީގައި، އިންތިޚާބުތައް މޮނިޓަރކުރުން ހަރުދަނާކުރުމަކީ މުހިންމުކަމެއް ކަަމށް އޭނާ ވަނީ ވިދާޅުވެފައެވެ. އިންތިޚާބުތައް މޮނިޓަރކުރުމުގައި ހަރަކާތްތެރިވާ މީހުންނަކީ ނޫސްވެރިންގެ ގޮތުގައި ރެޖިސްޓްރީ ވެފައިވާ މީހުން އެކަނި ކަމަށް ވެއްޖެ ނަމަ މޮނިޓަރުންނަށް އޮންނަ ފުރުސަތު ހަނިވެގެންދާނެ ކަމަށް ހަބީބް ވިދާޅުވިއެވެ.

އެ އިސްލާހުތަކާއި ބެހޭ ގޮތުން އެޓަރނީ އައިޝާ ނައީމް ވިދާޅުވީ އިންތިޚާބު ކަވަރކުރާ ފަރާތްތަކަށް ފުރުސަތު ދޭއިރު ރިޕޯޓަރުންނަށް އެކަނި ފުރުސަތު އޮތުމުން އެކަން ބަދަލުކުރަން އިލެކްޝަންސް ކޮމިޝަނުން ހުށަހަޅާފައިވާ ކަމަށެވެ. އިންތިޚާބަކާއި ކައިރިވެފައި ވަނިކޮށް އިންތިޚާބުތަކާއި ބެހޭ ޤާނޫނަށް އިސްލާހު ގެނައުމާއި ގުޅޭގޮތުން އޭނާ ވިދާޅުވީ، އިންތިޚާބުތަކާއި ބެހޭ ޤާނޫނަށް އަންނަ ބަދަލުތަކުން ނިޒާމަށް ބޮޑެތި ބަަދަލުތަކެއް ނާންނާނެ ކަމަށެވެ. އޭޖީ އޮފީހުން ވަނީ ލޯކަލް ލައުންސިލްތަކުގެ އިންތިޚާބާއި ބެހޭ ޤާނޫނާއި އިންތިޚާބުތަކާއި ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތް އެކުގައިކޮށްދިނުމަށް އެދިވަޑައިގަންނަވާފައެވެ.

އިންތިޚާބުތަކާއި ބެހޭ އާއްމު ގާނޫނު ބުނާ ގޮތުން ނޫސްވެރިންނަށް ވޯޓު ގުނާ ތަނުގައި ތިބެ ވޭނީ އިލެކްޝަންސް ކޮމިޝަނުން ހުއްދަދޭ ރިޕޯޓަރުންނަށެވެ. ގާނޫނަށް ގެނައި އިސްލާހުގައި ރަޖިސްޓްރީ ކޮށްފައިވާ ނޫސްވެރިންނަކީ ކޮބައިކަން ތަފްސީލުކޮށްދީފައި ވެއެވެ. އެގޮތުން، ރަޖިސްޓްރީކޮށްފައިވާ ނޫސްވެރިންނަކީ ރަޖިސްޓްރީކޮށްފައިވާ މީޑިއާއެއްގައި މަސައްކަތް ކުރާ ނޫސްވެރިން ކަމުގައި ކަނޑައަޅާފައި ވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

02 މާރިޗު 2017

ސިފައިންނަށް ވޯޓު ލުމުގެ ޙައްޤު ގެއްލުވާލުމަކީ ބިރުދެއްކުމުގެ ފެށުން: މާރިއާ

02 މާރިޗު 2017
ސިފައިންނަށް ވޯޓު ލުމުގެ ޙައްޤު ގެއްލުވާލުމަކީ ބިރުދެއްކުމުގެ ފެށުން: މާރިއާ
01 މާރިޗު 2017

ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަކީ ވެރިކަމުގައި ގަދަ ބާރުން ތިބުމަށް ރައްޔިތުންގެ ވޯޓުލުމުގެ ޙައްޤަށް ސީދާ އަރައިގަތުން: އެމްޑީޕީ

01 މާރިޗު 2017
ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަކީ ވެރިކަމުގައި ގަދަ ބާރުން ތިބުމަށް ރައްޔިތުންގެ ވޯޓުލުމުގެ ޙައްޤަށް ސީދާ އަރައިގަތުން: އެމްޑީޕީ
01 މާރިޗު 2017

ސިފައިންނަކީ ރާއްޖެ ބިނާ ކުރުމުގެ ބޮޑު ދައުރެއް އޮތް ބައެއް، ސިފައިނަށް ވޯޓް ލެވެންޖެހޭނެ: ރައީސް ނަޝީދު

01 މާރިޗު 2017
ސިފައިންނަކީ ރާއްޖެ ބިނާ ކުރުމުގެ ބޮޑު ދައުރެއް އޮތް ބައެއް، ސިފައިނަށް ވޯޓް ލެވެންޖެހޭނެ: ރައީސް ނަޝީދު
01 މާރިޗު 2017

ސިފައިންގެ 12 ވަނަ ހެވިކަމުގެ މުބާރާތް ފަށައިފި

01 މާރިޗު 2017
 ސިފައިންގެ 12 ވަނަ ހެވިކަމުގެ މުބާރާތް ފަށައިފި
28 ފެބުރުއަރީ 2017

ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ

28 ފެބުރުއަރީ 2017
ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ
09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
01 ފެބުރުއަރީ 2017

ސިފައިންގެއަށް ޕައިލެޓުންނާއި އެއާކްރާފްޓް އިންޖިނިއަރުން ހޯދަނީ

01 ފެބުރުއަރީ 2017
ސިފައިންގެއަށް ޕައިލެޓުންނާއި އެއާކްރާފްޓް އިންޖިނިއަރުން ހޯދަނީ
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް