Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރ ފުއްގިރި ހިޔާނަތް

ފުއްގިރި ހިޔާނަތް: ޔާމީނުގެ ފަރާތުން ހައިކޯޓަށް 3 އިސްތިއުނާފީ ނުކުތާއެއް

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 129 ވަނަ މާއްދާ ނުބައިކޮށް މާނަކޮށްފައިވާކަމަށް ބުނެފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 28 މާރިޗު 2023 | އަންގާރަ 06:38
ޔާމީނުގެ ފަރާތުން ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކާ ގުޅޭ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުން

ޔާމީނުގެ ފަރާތުން ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކާ ގުޅޭ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުން

ރ ފުއްގިރި ހިޔާނާތގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ފަރާތުން ހުށައެޅުއްވި ހުށައެޅުންތައް ބަލައިނުގަތުމަށް ގާޒީ ނިންމެވި ނިންމެވުމުގެ އިސްތިއުނާފު އަޑުއެހުމެއް އަންގާރަ ދުވަހު ހައިކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގެ ޝަރީއަތުގެ ކުރީގެ މަރުޙަލާ ކްރިމިނަލް ކޯޓުގައި ނިންމާލާފައިވަނީ 21 ފެބްރުއަރީ 2023 ގައެވެ. ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމެވެ.

Advertisement - newsAdvertisement

ޔާމީނުގެ ފަރާތުން ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކާ ގުޅޭ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، އަންގާރަ ދުވަހު ކުރިއަށް ގެންދިޔައީ މި މައްސަލައިގެ ފުރަތަމަ އަޑުއެހުމެވެ. ހައިކޯޓުގައި މި މައްސަލައިގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު އަލްއުސްތާޛު ޙަސަން ޝަފީޢުއެވެ. ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިސަލް އަދި ފަނޑިޔާރު އަލްއުސްތާޛާ ދީބާނާޒް ފަހުމީއެވެ.

މި އަޑުއެހުމުގައި ޔާމީނުގެ ފަރާތުން ވަނީ އިސްތިއުނާފީ ނުކުތާތައް ހުށައަޅުއްވާފައެވެ. އެގޮތުން 3 އިސްތިއުނާފީ ނުކުތާއެއް ވަނީ ހުށައަޅާފައެވެ.

އެއް ނުކުތާއަކީ ދައުލަތުން ހުށައަޅާފައިވާ ބައެއް ހެކިތައް ޝަރީއަތަށް ބަލައިނުގަތުމަށް ޔާމީނުގެ ފަރާތުން އެދިފައިވާއިރު، އެ ހެކިތައް ބަލައިނުގަންނަން ޖެހޭ ސަބަބެއް އޮތްކަމަށް ނުފެންނަކަމަށް ދަށު ކޯޓުން ނިންމުމާއި ގުޅިގެން އިސްތިއުނާފު ކުރި ނުކުތާއެކެވެ.

ދެވަނަ އިސްތިއުނާފީ ނުކުތާއަކީ ހެއްކާބެހޭ ޤާނޫނުގައި ހެކި ބަލައިގަތުމާއި ގުޅޭގޮތުން އިސްތިއުނާފު ކުރާ ފަރާތަށް މަސްލަޙަތު ބޮޑު ފުރުސަތުތަކެއް އޮތްއިރު، އަލަށް އަމަލު ކުރަން ފެށި ޤާނޫނުގައިވާ ގޮތުގެ މަތިން ހެކި ބަލައިގަތުމާއި ގުޅޭ ހުށައެޅުންތައް ހުށައެޅުމަށް ފުރުސަތު ލިބިދީފައި ނުވާކަމަށް ބުނެ ހުށައެޅި ނުކުތާއެކެވެ.

އަދި ކަނޑައެޅިގެން ހެކިބަސް ނަގައިގެން ނުވާނެކަމަށް ބަޔާންކޮށްފައިވާ ޙާލަތެއްގައި ތިބި 2 ހެއްކެެއް ޝަރީއަތަށް ބަލައިގެންފައިވާކަމަށް އެ ނުކުތާގައި ބަޔާންކޮށްފައިވެއެވެ.  އެގޮތުން ދައުލަތުން ހުށައެޅި ހެކިތަކުގެ ތެރެއިން އަދީބާއި ޒިޔަތުގެ ހެކިބަސް ޝަރީއަތަށް ބަލައިނުގަތުމަށް ޔާމީނުގެ ފަރާތުން ދަށު ކޯޓުގައި އެދުނު ނަމަވެސް އެ ހުށައެޅުން ބަލައިގެންފައެއް ނުވެއެވެ.

ތިންވަނަ ނުކުތާއަކީ ހެކި ހާމަކޮށްދިނުމަށް އެދި ހުށައެޅުމާ ގުޅޭގޮތުން ގޮތް ނިންމުމުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 129 ވަނަ މާއްދާ ނުބައިކޮށް މާނަކޮށްފައިވާކަމަށް ބުނެ ހުށައެޅި ނުކުތާއެކެވެ.

ރައީސް ޔާމީނުގެ ފަރާތުން ހުށައެޅި ހުށައެޅުންތަކުގެ ތެރެއިން އެންމެ ހުށައެޅުމެއް ފިޔަވައި ދެން ހުރި ހުށައެޅުންތައް ބަލައިނުގަތުމަށް ދަށު ކޯޓުން މި މައްސަލަ ބައްލަވާ ގާޒީ ވަނީ ނިންމަވާފައެވެ. ބަލައިގަންނަން ނިންމެވީ ހާމަ ކުރުމަށް އެދިފައިވާ ހެކިތަކުގެ ތެރެއިން އޭސީސީގެ ތަހުގީގީ ބަޔާންތަކުގެ ތެރޭގައި ހިމެނޭ ފުއްގިރި މައްސަލައާ ގުޅޭ ބަޔާންތައް ހާމަކޮށްދިނުމަށް އެދި ހުށައެޅި ހުށައެޅުމެވެ.

ޔާމީނުގެ ފަރާތުން ވަނީ ހައިކޯޓުން މި އިސްތިއުނާފީ ނުކުތާތަކާއި ގުޅިގެން ގޮތެއް ކަނޑައެޅެންދެން ކްރިމިނަލް ކޯޓުގެ އަޑުއެހުންތައް މަޑުޖައްސާލުމަށް ވަގުތީ އަމުރެއް ނެރެދެއްވުމަށް އެެދިފައެވެ. އެގޮތުން މި މައްސަލައިގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލު ކުރެވިފައިވާކަން ޔާމީނުގެ ވަކީލުން ވަނީ ހައިކޯޓުގެ ފަނޑިޔާރުންގެ ސަމާލުކަމަށް ގެންނަވާފައެވެ.

ފަނޑިޔާރުން ވިދާޅުވީ، ދައުލަތުން އެ ނުކުތާތަކަށް ޖަވާބުދާރީވުން ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނެ ކަމަށެވެ. ނަމަވެސް ވަގުތީ އަމުރާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް ދައުލަތަށް ފުރުސަތު ދެއްވިއެވެ.

އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ، ކްރިމިނަލް ކޯޓުގައި ހިނގާ މައްސަލަތަކުގައި އާންމު ގޮތެއްގައި އަމަލުކުރާ ގޮތަކީ ޝަރީއަތުގެ މަރުޙަލާ މަޑުޖައްސާލުން ކަމަށެވެ. ނަމަވެސް މި މައްސަލައިގައި ކްރިމިނަލް ކޯޓުގައި އަޑުއެހުން ތާވަލުކޮށްފައިވާނަމަ، އަޑުއެހުން މަޑުޖައްސާލުމަށް އަމުރެއް ނެރުމާމެދު ދައުލަތުގެ އިއުތިރާޒެއް ނެތްކަން ވަކީލު ފާހަގަ ކުރެއްވިއެވެ.

ދެފަރާތުން ދެއްކެވި ވާހަކައަށް ބެއްލެވުމަށްފަހު ފަނޑިޔާރުން ވިދާޅުވީ، ދެން އޮންނަ އަޑުއެހުމެއްގައި މި މައްސަލައިގެ އަޑުއެހުންތައް އެއްކޮށް ނިންމާލެވޭނެކަމަށާއި، ދެ ފަރާތުންވެސް އެކަމަށް ސަމާލުވުމަށް އެދިލައްވާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީނުގެ އަބުރާ ބެހުނު ކޮންޓެންޓެއް ދެއްކި ކަމަށް ބުނެ ރާއްޖެޓީވީ އެއްމިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

ޔާމީނުގެ އަބުރާ ބެހުނު ކޮންޓެންޓެއް ދެއްކި ކަމަށް ބުނެ ރާއްޖެޓީވީ އެއްމިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

06 އެޕްރީލު 2017
ރައީސް ޔާމީނުގެ ޗެލެންޖް މެންބަރުންނަށް: ކެރެންޏާ ގޮނޑި ހުސްކޮށްފަ، އަމިއްލައަށް އިންތިޚާބުވެބަލަ!

ރައީސް ޔާމީނުގެ ޗެލެންޖް މެންބަރުންނަށް: ކެރެންޏާ ގޮނޑި ހުސްކޮށްފަ، އަމިއްލައަށް އިންތިޚާބުވެބަލަ!

05 އެޕްރީލު 2017
ހައިކޯޓަށް ފަނޑިޔާރުން ހޯދުމަށް ތިން ވަނަ ފަހަރަށް އިއުލާނުކޮށްފި

ހައިކޯޓަށް ފަނޑިޔާރުން ހޯދުމަށް ތިން ވަނަ ފަހަރަށް އިއުލާނުކޮށްފި

04 އެޕްރީލު 2017
ރައީސް ޔާމީނުގެ އަރިހުގައި އެއްވެސް އިހްލާސްތެރިއަކު ނެތް: ގާސިމް

ރައީސް ޔާމީނުގެ އަރިހުގައި އެއްވެސް އިހްލާސްތެރިއަކު ނެތް: ގާސިމް

03 އެޕްރީލު 2017
އެމްޔޫއޯގެ ފަރާތުން ރ. އަތޮޅުގައި "ދޮރުން ދޮރަށް" ހަރަކާތްތައް ކުރިއަށް ގެންގޮސްފި

އެމްޔޫއޯގެ ފަރާތުން ރ. އަތޮޅުގައި "ދޮރުން ދޮރަށް" ހަރަކާތްތައް ކުރިއަށް ގެންގޮސްފި

24 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު