Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުމްރާގެ އަޅުކަން

ރޯދަ މަހު އުމްރާގެ އަޅުކަން އެއްފަހަރަށް މަދުކުރަން ސައުދީން އެދިއްޖެ

ރޯދަ މަހު ގިނަ ބަޔަކު އުމްރާގެ އަޅުކަން އަދާ ކުރަން ސައުދީއަށް ދޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 28 މާރިޗު 2023 | އަންގާރަ 02:13
އުމްރާގެ އަޅުކަމަށް ކޮންމެ އަހަރަކުވެސް ގިނަ ބަޔަކު ސައުދީއަށް ދޭ

އުމްރާގެ އަޅުކަމަށް ކޮންމެ އަހަރަކުވެސް ގިނަ ބަޔަކު ސައުދީއަށް ދޭ

މި ރޯދަ މަހު އުމްރާގެ އަޅުކަން އެއް ފަހަރަށް މަދު ކުރުމަށް ސައުދީގެ ޙައްޖު އެންޑް އުމްރާ މިނިސްޓްރީން އެދިއްޖެއެވެ.

އެ މިނިސްޓްރީން މިގޮތަށް އެދިފައިވަނީ ތޮއްޖެހުން ކުޑަކުރުމަށާއި އަޅުކަމަށް ގޮސް އުޅޭ ފަރާތްތަކަށް ފަސޭހަ ކަމާއެކު އަޅުކަން އަދާ ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ބޭނުމުގައެވެ. އެ މިނިސްޓްރީން ބުނެފައިވާ ގޮތުގައި އާއްމުކޮށް ރޯދަ މަސް ތެރޭގައި ބައެއް ފަރާތަކުން އެއްފަހަރަށްވުރެ ގިނަ ފަހަރަށް އުމްރާގެ އަޅުކަން އަދާކުރާތީ އެހެން މަސްތަކާ އަޅާބަލާއިރު ރޯދަ މަހު ބާރު ބޮޑުކަން ފާހަގަކުރެވޭ ކަމަށެވެ.

ކޮވިޑް-19ގެ ކުރިން ވެސް އުމްރާ އަދި ޙައްޖުގެ އަޅުކަމުގައި ތޮއްޖެހުމަކީ ސައުދީން ވަރަށް ބޮޑު ކަންބޮޑުވުމަކަށް ވެފައި އޮތް ކަމެކެވެ. ކޮވިޑުގެ ތެރޭގައި އުމްރާ އާއި ޙައްޖުގެ އަޅުކަން އަދާ ކުރެވޭ މީހުންގެ މީހުންގެ އަދަދު ލިމިޓު ކުރުމުން އެކަމަށް ކުޑަ ލުޔެއް ލިބިގެންދިޔަ ނަމަވެސް މިހާރު އަނެއްކާވެސް އެ ފިޔަވަޅުތައް އުވާލަން ޖެހުމުން ކުރިގެ ހާލަތަށް މިވަނީ އައިސްފައެވެ.

ސައުދީގެ ޙައްޖާއި އުމްރާ މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެ ޤައުމުން މި ނިންމުން ނިންމާފައިވަނީ އުމްރާގެ އަޅުކަން އަދާ ކުރާ މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުންނެވެ.

ސައުދީ ސަރުކާރުން ވަނީ އުމްރާގެ އަޅުކަން އަދާކުރުމަށް ނުސުކް އެޕް މެދުވެރިކޮށް ހުއްދައަށް އެދުމަށް އަންގާފައެވެ.

މީގެ އިތުރުން ސައުދީން ވަނީ ހައްޖާއި އުމްރާއަށް އެ ޤައުމަށް ގޮސް އުޅޭއިރު، އެގައުމުގެ މުގައްދަސް ބިނާތަކަށް އިހްތިރާމް އަދާކުރުމަށާއި، އަބަދު ފޮޓޯ ނެގުމައިގެން މަޝްއޫލުވެ ނޫޅުމަށް، އަންގާފައެވެ. އަދި ފޮޓޯ ނެގުމަށްޓަކައި، ތަވާފް ކުރުމާއި އެހެންވެސް ރުކުންތައް އަދާކުރަމުންދާއިރު ކުއްލިއަކަށް ހުއްޓުންފަދަ ކަންތައް ކުރާނަމަ، ބައިބޯވެ، މީހުން ފިތުންފަދަ ހަދިސާތައް ދިމާވާކަން ވަނީ ފާހަގަކޮށްފައެވެ.

ކޮންމެ އަހަރަކުވެސް ރޯދަ މަހާ ދިމާކޮށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު އުމްރާގެ އަޅުކަން އަދާކުރުމަށް ސައޫދީ އަރަބިއްޔާއަށްދެއެވެ. ހާއްސަކޮށް ފަހު 10ގައި އުމްރާގެ އަޅުކަން އަދާ ކުރަން ދާ މީހުންގެ އަދަދު އިތުރު ކަމަށް ސައުދީން ފާހަގަކުރެއެވެ.

އިތުރަށް ކިޔާލަން

28 ޖުލައި 2017

މާޗްމަހު ރެފިއުޖީންގެ ބޯޓަކަށް ދިން ހަމަލާގެ ތުހުމަތު ސައުދީ ކޯލިޝަނަށް

28 ޖުލައި 2017
މާޗްމަހު ރެފިއުޖީންގެ ބޯޓަކަށް ދިން ހަމަލާގެ ތުހުމަތު ސައުދީ ކޯލިޝަނަށް
26 ޖޫން 2017

ވައިޓް ހައުސްގައި ރޯދަ ވީއްލުމެއް ޓްރަމްޕް ނުބޭއްވެވި

26 ޖޫން 2017
ވައިޓް ހައުސްގައި ރޯދަ ވީއްލުމެއް ޓްރަމްޕް ނުބޭއްވެވި
11 ޖޫން 2017

އުމްރާގެ އަޅުކަމަށް ދިޔަ ގަތަރު ރައްޔިތުން މައްކާއަށް ވަނުން މަނާކޮށްފި

11 ޖޫން 2017
އުމްރާގެ އަޅުކަމަށް ދިޔަ ގަތަރު ރައްޔިތުން މައްކާއަށް ވަނުން މަނާކޮށްފި
03 ޖޫން 2017

މިދިޔަ މަހު ޔަމަނުގައި ކޮލެރާ ޖެހިގެން 600 އެއްހާ މީހުން މަރުވި

03 ޖޫން 2017
މިދިޔަ މަހު ޔަމަނުގައި ކޮލެރާ ޖެހިގެން 600 އެއްހާ މީހުން މަރުވި
29 މެއި 2017

ރޯދަމަސް ފެށުނުއިރުވެސް ޔަމަނުގެ 17 މިލިއަން މީހުން ބަނޑުހައިހޫނު ކަމުގައި

29 މެއި 2017
ރޯދަމަސް ފެށުނުއިރުވެސް ޔަމަނުގެ 17 މިލިއަން މީހުން ބަނޑުހައިހޫނު ކަމުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު