Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވިނަރެސް ފްލެޓް ލިބޭ މީހުން

ވިނަރެސް ފްލެޓް: ޕޮއިންޓް އެއްވަރުވި މީހުންގެ މެދުގައި ގުރުނެގުން އަންނަ ބުދަ ދުވަހު

27 މާރިޗު 2023 | ހޯމަ 13:51

ބުކިންގ ފީ ނެގުމާއި، އެޕާޓްމަންޓް އިޚްތިޔާރުކުރުން ކުރިއަށްގެންދާނީ ގުރުނެގުމަށްފަހު

އަމްނާ އިމާދު
އަމްނާ އިމާދު | 27 މާރިޗު 2023 | ހޯމަ 13:51
ވިނަރެސް ފްލެޓްތައް

ވިނަރެސް ފްލެޓްތައް

ހުޅުމާލޭގައި ތަރައްގީކޮށްފައިވާ "ވިނަރެސް" ހައުސިންގ މަޝްރޫއުން އެޕާރޓްމަންޓް ގަތުމަށް އެދި ފޯމު ހުށަހެޅި މީހުންގެ ތެރެއިން ޕޮއިންޓްގެގޮތުން އެއްވަރުވި މީހުންގެ މެދުގައި ގުރުއަތު ނެގުން އޮންނާނީ އަންނަ ބުދަ ދުވަހު ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފިއެވެ.

އެޗްޑީސީން ބުނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން މުރާޖައާކޮށްފައިވާ ލިސްޓްގައި، މިނިސްޓްރީގެ މިންގަނޑުތަކާ އެއްގޮތަށް ޕޮއިންޓް ދެވިފައިވާއިރު، ޕޮއިންޓްގެ ގޮތުން އެއްވަރުވެފައިވާ ފަރާތްތަކުގެ ތަރުތީބު ކަނޑައެޅުމަށް ހަމަޖެހިފައިވަނީ އެމީހުންގެ މެދުގައި ގުރުއަތު ލައިގެން ކަމަށާއި، ގުރުނެގުން 29 މާރިޗް 2023 ވަނަ ދުވަހު އެ ކޯޕަރޭޝަނުން ކުރިއަށް ކުރިއަށްދާނެ ކަމަށެވެ.

Advertisement - newsAdvertisement

އެޗްޑީސީން ބުނީ މި ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން މައި-އެޕްލިކަންޓް އަދި ކޯ-އެޕްލިކަންޓްގެގޮތުގައި އެއް ފޯމަށްވުރެ ގިނަ ފޯމުގައި ނަން ހިމަނާފައިވާ، އަދި ދެމަފިރިން ވަކިން ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން އެއް އެޕްލިކޭޝަން ދޫކޮށްލުމަށް އީމެއިލްކޮށް، އަދި އެޕްލިކޭޝަން ދޫކޮށްލުމަށް އެއްބަސްވެވޭ ފޯމުގައި ސޮއިކޮށްފައިވާ ފަރާތްތައް އެ ލިސްޓުން އުނިކުރެވިފައިވާކަމަށެވެ. އަދި ދާއިމީ ލިސްޓް ޝާއިއުކުރުމަށްފަހު އެޕްލިކޭޝަން ދޫކޮށްލުމަށް އެދި މިކޯޕަރޭޝަނަށް ހުށަހަޅާފައިވާ ފަރާތަކަށް ދެވަނަ ފަހަރަށް އެޕްލިކޭޝަނައިގެން ކުރިއަށް ދިއުމުގެ ފުރުސަތު ނުދެވޭނެކަމަށް އެޗްޑީސީން ބުނެއެވެ.  

މި މަރުހަލާ ފުރިހަމަވުމުން ބުކިންގ ފީ ނެގުމާއި އެޕާޓްމަންޓް އިޚްތިޔާރު ކުރުން ކުރިއަށް ގެންދާނީ ގުރުނެގުމަށްފަހު ލިސްޓް ތަރުތީބުކޮށް، ޝާއިއުކުރެވޭ ލިސްޓާ އެއްގޮތަށް ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ ލިސްޓު ތަރުތީބުކުރުމަށް ނެގޭ ގުރުއަތުލުން އެ ކޯޕަރޭޝަނުގެ ރަސްމީ ފޭސްބުކް ޕޭޖުން ލައިވްކުރާނެ ކަމަށެވެ. އަދި ގުރުނެގުން ކުރިއަށްދާ ގޮތް އޮބްޒަރވްކުރުމަށް، 2 ކެޓަގަރީންވެސް މަދުވެގެން 5 މީހުންނަށް ދައުވަތު އެރުވޭނެ ކަމަށެވެ. މިކަމާ ގުޅޭގޮތުން އެމީހުންނަށް ފޯނުގެ ޒަރީއާއިން ގުޅާނީ ހަމައެކަނި އެ ކޯޕަރޭޝަނުގެ ހޮޓްލައިން ނަންބަރ 3353535 މެދުވެރިކޮށެވެ.

އެޗްޑީސީން ބުނީ އެ ކޯޕަރޭޝަނުން އެއްވެސް މޯބައިލް ފޯނު ނަންބަރަކުން ވިނަރެސް ހައުސިންގ މަޝްރޫއާ ގުޅޭގޮތުން އެއްވެސް މީހަކަށް ނުގުޅާނެ ކަމަށެވެ. މީގެއިތުރުން، މިކަމާ ގުޅޭގޮތުން އެސް.އެމް.އެސް ނުވަތަ އެއްވެސް ލިންކެން ނުފޮނުވާނެކަމުގެ ޔަގީންކަންވެސް އެޗްޑީސީން ވަނީ ދީފައެވެ.

އިތުރު މައުލޫމާތު ސާފުކުރުމަށް އެޗްޑީސީގެ ހޮޓްލައިން ނަންބަރ 1516އަށް ގުޅުމަށް އެޗްޑީސީން އެދިފައިވެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި
07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
06 ފެބުރުއަރީ 2017

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
06 ފެބުރުއަރީ 2017

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް
05 ފެބުރުއަރީ 2017

ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

05 ފެބުރުއަރީ 2017
ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި
02 ފެބުރުއަރީ 2017

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް