Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑްރަގް ޓްރެފިކް ކުރުން

ފެނުނު ޑްރަގްގެ ޒިންމާ ނެގީ އެހެން މީހެއް، ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ސާބިތެއް ނުވި

މި މައްސަލައިގައި ފެނިފައިވާ މަސްތުވާތަކެތީގެ ޒިންމާ އެހެން ފަރާތަކުން ނަގާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 27 މާރިޗު 2023 | ހޯމަ 11:25
ކްރިމިނަލް ކޯޓު

ކްރިމިނަލް ކޯޓު

2020 ވަނަ އަހަރު ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނަކާއި ގުޅިގެން މީހެއްގެ މައްޗަށް އުފުލި ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ސާބިތުުނުވާކަމަށް ޙުކުމްކޮށްފިއެވެ.

މި މައްސަލައިގައި އުފުލާފައިވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާ އުފުލާފައިވަނީ 20 ފެބްރުއަރީ 2020 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނަކާއި ގުޅިގެންނެވެ.

އެ އޮޕަރޭޝަންގައި ފުލުހުން ވަނީ އޭނާ އެވަގުތު ހުރި ކޮޓަރިއެއް ބަލައި ފާސްކޮށް، މަސްތުވާތަކެތި ހޯދާފައެވެ. އެގޮތުން 449 ގްރާމް ޑައިމޯފިންއާއި، ޑިޖިޓަލް ކައްޓާއެއް ވަނީ ފެނިފައެވެ.

ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ އަދަބަކީ އުމުރަށް ޖަލަށް ލުމާއެކު، އެއްލައްކަ ރުފިޔާއިން ފެށިގެން 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރުމެވެ.

މި މައްސަލައިގައި ފެނިފައިވާ މަސްތުވާތަކެތީގެ ޒިންމާ އެހެން ފަރާތަކުން ނަގާފައިވާއިރު، އޭނާގެ އިއުތިރާފާއެކު އެ މައްސަލަ އޮތީ ނިމިފައެވެ.

ވުމާއެކު، މި މައްސަލައިގައި ހުށައެޅިފައިވާ ހެކިތަކާއި ބަޔާންތަކަށް ބަލާއިރު ދައުވާ ލިބޭ ފަރާތުން އެ ކުށް ކޮށްފައިނުވާކަމަށް ބުނެ އެ ފަރާތުން ވަނީ ދައުވާއަށް އިންކާރު ކޮށްފައެވެ.

އެހެންނަމަވެސް، އެކަކަށްވުރެ ގިނަ މީހުންނަށް އެނގިގެން، އެމީހުންގެ ރުހުމާއެކު އޭގެ ތެރެއިން ވަކި މީހެއްގެ އަތުގައި މަސްތުވާތަކެތި ހުރެއްޖެނަމަ އެއިން ކޮންމެ މީހެއްގެ އަތުގައިވެސް ވަކިވަކިން މަސްތުވާތަކެތި އެ އަދަަދަށް ހުރިކަމަށް ބެލެވޭނެކަމަށް މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ 146 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.

މި މައްސަލައިގެ ޙުކުމުގައި ގާޒީވެސް ވިދާޅުވެފައިވަނީ، މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ 146 ވަނަ މާއްދާގައި އެ ވަނީ ތަނަކުން ފެންނަ މަސްތުވާތަކެއްޗާ ގުޅިގެން ގިނަ ބަޔަކު ޒިންމާދާރު ކުރެވޭނެ ޙާލަތެއް ކަމަށެވެ.

އެހެންނަމަވެސް އެ ޙާލަތު ސާބިތު ކުރުމަށްޓަކައި މަސްތުވާތަކެތި ހުރީ އެމީހެއްގެ އެނގުމާއި ރުހުމުގެ ތެރެއިންކަން ދައުލަތުން ސާބިތު ކޮށްދޭން ޖެހޭނެކަމަށް ގާޒީ ވިދާޅުވިއެވެ.

އަދި، މި މައްސަލައިގެ ތަހުގީގު މަރުޙަލާގައި އެހެން ފަރާތަކުން މަސްތުވާތަކެތީގެ ޒިންމާ ނަގައި، އެ ބަޔާންތަކުގެ މައްޗަށް ބަލައި ކަށަވަރު ކުރަން ޖެހޭ ކަންކަން ކަށަވަރު ކުރުމަށްފަހު ދައުލަތުން އެމީހާގެ މައްޗަށް ދައުވާވެސް ކޮށް، އެމީހާ ކުށްވެރިވާކަމަށް ކަނޑައަޅައި ޝަރީއަތުން އޭނާ އުމުރަށް ޖަލަށްލާން ޙުކުމެއް ކޮށްފައިވާއިރު، އެއީވެސް ކަނު ލޮލެއް ދެވޭނެ ކަމެއް ނޫންކަން ގާޒީ ފާހަގަ ކުރެއްވިއެވެ.

ގާޒީ ވަނީ މި މައްސަލައިގައި އުފުލާފައިވާ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުނުވާކަމަށް ޙުކުމް ކުރައްވާފައެވެ.

ކްރިމިނަލް ކޯޓުގައި މި ޙުކުމް އިއްވެވީ ގާޒީ އާދަމް މުޙައްމަދުއެވެ.

އިތުރަށް ކިޔާލަން

02 މާރިޗު 2017

ސައުދީއަށް ފ. އަތޮޅު ދީފިނަމަ އެހެން ދީންތައް އަންނާނެ، މިނިވަންކަން ގެއްލޭނެ: އަލީ ޙުސައިން

02 މާރިޗު 2017
ސައުދީއަށް ފ. އަތޮޅު ދީފިނަމަ އެހެން ދީންތައް އަންނާނެ، މިނިވަންކަން ގެއްލޭނެ: އަލީ ޙުސައިން
28 ފެބުރުއަރީ 2017

ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ

28 ފެބުރުއަރީ 2017
ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ
18 ފެބުރުއަރީ 2017

ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް

18 ފެބުރުއަރީ 2017
ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް
12 ފެބުރުއަރީ 2017

މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ

12 ފެބުރުއަރީ 2017
މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު