Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ގައުމީ އެއަރލައިން މޯލްޑިވިއަންގެ ހާލަތު: ގެސްޓު މީހާ މިއަދު، ދާގީނާ މާދަމާ!

ރާޅާ އަޅަން އަންނަ ފަތުރުވެރިންގެ ސަރފް ބޯޑުތައް އެންމެ ގިނައިން ލަސްވަނީ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 27 މާރިޗު 2023 | ހޯމަ 10:39
މޯލްޑިވިއަން ފުލައިޓުގައި ފަސެންޖަރުން ގެންގޮސް އެހެން ފުލައިޓެއްގައި ލަގޭޖް އުފުލާކަމުގެ އެތައް ޝަކުވާއެއް ވަނީ ފެންމަތިވެފައި

މޯލްޑިވިއަން ފުލައިޓުގައި ފަސެންޖަރުން ގެންގޮސް އެހެން ފުލައިޓެއްގައި ލަގޭޖް އުފުލާކަމުގެ އެތައް ޝަކުވާއެއް ވަނީ ފެންމަތިވެފައި

ގައުމީ އެއަރލައިން މޯލްޑިވިއަންގެ އެކި ކަންކަމުގެ ޝަކުވާ އަކީ ދިވެހި އެތަކެއް ރައްޔިތުންނެއް ކުރަމުން އަންނަ ޝަކުވާއެކެވެ. ހިދުމަތުގެ ފެންވަރު ދަށް ވާހަކައާއި، އަގުބޮޑު ވާހަކައެވެ. ދިވެހިންގެ އެތަކެއް ޝަކުވާތަކެއް އެބަހުއްޓެވެ. ރާއްޖޭގައި ދަތުރުކުރާ އެހެން އެއަރލައިންތަކުން އަގުހެޔޮވެފައި ހިދުމަތް ރަނގަޅުވެފައި ފަސޭހަ ވާހަކައެވެ. ވަކިން ބޮޑަށް ޓިކެޓްގެ އަގުގައި ހުންނަ ފަރަގުގެ ވާހަކައެވެ.

ފާއިތުވި ދުވަސްތަކުގައި އަގަށް އައި ބަދަލާއެކު ގައުމީ އެއަރލައިނުން ދިވެހި ރައްޔިތުންގެ ޖީބު ފެލާ ހުސްކުރަން މަސައްކަތް ކުރާ ކަމަށް އެތަކެއް ބައެއް އަންނަނީ ޝަކުވާ ކުރަމުންނެވެ. މިއީ ރާއްޖޭގެ އެތެރޭގެ އިގްތިސާދާއި ގުޅިފައިވާ ކަމަކަށް ވިޔަސް، މޯލްޑިވިއަންގެ އަގުތަކާއި ގުޅިގެން އަލަށް ވިޔަފާރިކުރާ މީހަކުވެސް އިނދަޖެހިދާނެއެވެ. އާންމުންގެ އެތަކެއް ޝަކުވާއެއް ހުރި އިރު، ވިޔަފާރީގައި ހަރަކާތްތެރިވާ އެތަކެއް ފަރާތެއްގެ ޝަކުވާ ވެސް އެބަހުއްޓެވެ.

ވިދިވިދިގެން 3 ވަނަ ފަހަރު ރާއްޖެއަށް ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލުގެ ގޮތުގައި ރާއްޖެ ހޮވިފައިވީނަމަވެސް، މިކަމުގައި ހަގީގަތުގައި މޯލްޑިވިއަންގެ ދައުރު ވަރަށް ވެސް ކުޑައެވެ. ދައުރު ކުޑަކަމަށް މި ދެންނެވެނީ ސަބަބުތަކެއް ވެސް ހުރެގެންނެވެ. މޯލްޑިވިއަންގައި ދަތުރުކުރާ ފަތުރުވެރިންގެ ޓިކެޓުގެ އަގުބޮޑުކަމާއި، އެދެވޭ ހިދުމަތެއް ނުލިބުމާއި، މިހެން ގޮސް ހުސް ޝަކުވާއެވެ.

ރާއްޖޭގެ ފަހުރުވެރި ޝަރަފު ދަމަހައްޓަން ޖެހޭ ބައެއްގެ ގޮތުގައި އެންމެ ބުރަކޮށް މަސައްކަތް ކުރަން ޖެހޭ މޯލްޑިވިއަންގެ މިއަދުގެ ހާލަތަކީ މިއަދު ގެސްޓު މީހާ ބޯޓަށް އަރާ ފުރުވާލެވިއްޖެނަމަ އެމީހެއްގެ ލަގޭޖާއި ހިފާ ގެންގުޅޭ ބައެއް ސާމާނު ޖެހިގެން އަންނަ ދުވަހު ފޮނުވާލެވޭ ވަރުވުމެވެ. މިއީ ރާއްޖެއަށް ލިބިފައިވާ ރީތި ނަން ކިލަބުވެގެންދާނެ ކަމެކެވެ. މިއީ ދިވެހިންގެ ބުރަ މަސައްކަތްތަކެއް އެކަމެއްގެ ސަބަބުން ހިނދުކޮޅެއްގެ ތެރޭގައި ވެއްޔާ މޮޑެވިގެންދާނެ ކަމެކެވެ.

ގެސްޓް ހައުސް ހިންގާ ފަރާތްތަކުގެ ވެސް ހުރީ މި ޝަކުވާއެވެ. މޯލްޑިވިއަންގެ އަގުބޮޑު ވާހަކައެވެ. ގެސްޓުންގެ ސާމާނު ހަމައަށް ނުލިބިދާ ވާހަކައެވެ. ރާއްޖޭގެ އެންމެ މަގުބޫލު އެއް ރާޅާ އަޅާ ސަރަހައްދު ކަމަށްވާ ވާދޫގައި ގެސްޓް ހައުސް ހިންގާ ފަރާތްތަކުން ބުނެފައިވަނީ ޓިކެޓްގު އަގަކީ ވިޔަފާރިއަށް އޮތް ގޮންޖެހުމެއް ކަމަށެވެ. ހުރަހެއްގެ ގޮތުގައި ދެކެއެވެ. އެއީ ވިޔަފާރިތައް ފުޅާކުރަން ބަދަލުވާން ޖެހޭ އެއްޗެއްގެ ގޮތުގައި ދެކެއެވެ.

ދެން ކުރި އަނެއް ޝަކުވާއަކީ ފަތުރުވެރިންގެ ގޮތުގައި ރާޅާއެޅުންތެރިން އަންނަ އިރު، އަންނަ ބޯޓުގައި ސަރފް ބޯޑުތައް ނާންނަ ވާހަކައެވެ. އޭގެ ފަހުން ދެން އޮންނަ ބޯޓަކުން އެތަކެތި ގެންނަ ވާހަކައެވެ. އެހެން ބޯޓަކުން އެ އަންނާތީ ބައެއް ފަހަރު ދެތިން ދަތުރު އެއަރޕޯޓް އޮންނަ ތަނަކަށް ކުރަންޖެހޭ ކަމުގެ ޝަކުވާއެވެ. މިއީ ހަގީގަތުގައި ވެސް މިކަން ހިނގަމުންދާގޮތެވެ. މިއީ ކުދި ވިޔަފާރިތަކަށް ބުރައެކެވެ. މިއީ ޖެއްސުމެކެވެ.

ގައުމީ އެއަރލައިންގެ ޓެގުގައި މި ކުރެވޭ ކަމަކީ ރާއްޖެ އަންނަ ފަތުރުވެރިން ފޫހިކޮށްލުމެވެ. މުޅި ދުނިޔޭގައި ވެސް އެންމެ މަޝްހޫރު އެންމެ އަގުބޮޑު މަންޒިލްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ރާއްޖޭގެ ގައުމީ އެއަރލައިން މި ހާލަތުގައި އޮތް އިރު، ދެން ހިދުމަތްދޭ އަމިއްލަ އެހެން އެއަރލައިންތަކުން މޯލްޑިވިއަންއަށްވުރެ މާ ފުރިހަމަ، ލުއި އަދި ހިތްހަމަޖެހޭ ހިދުމަތްތަކެއް ދޭ ކަމަށްވެއެވެ. މިކަން ހުދު ދިވެހި ރައްޔިތު މީހާ ވެސް ގަބޫލުކުރެއެވެ.

މޯލްޑިވިއަންގެ ދިގު މާޒީއަށް ބަލާލާއިރު ދަރަނި ނޫން އެހެން ގޮތެއް ނެތެވެ. ދުވަހަކުވެސް ކުންފުނި ކުރިއަށް ޖެހިލިތަނެއް ނުފެނެއެވެ. ފާއިތުވި 15 ވަރަކަށް އަހަރު ދުއްވީ ބާ ބޯޓުތަކެވެ. އައު ބޯޓެއް ފުލީޓަށް އިހައްދުވަހު އިތުރު ކުރި އިރު މިއީ ހަގީގަތުގައި އެއަށް ބަލާފައި އަތްތިލަބަޑިޖަހާ ސަނާ ކިޔޭނެވަރު ކަމެއް ނޫނެނެވެ. އިހައްދުވަހު މޯލްޑިވިއަން އިން ގެނައި ކަހަލަ ކިތައްމެ ބޯޓެއް ޕްރައިވެޓް އެއަރލައިންތަކުން ގެނެސް ދުއްވާ ބާކޮށްލައިފިއެވެ.

މޯލްޑިވިއަން ތަރައްގީ ނުވެ އޮތުމަކީ އެ ކުންފުނި ހިންގަން ތިބި މީހުންގެވެސް ނާގާބިލުކަމެވެ. ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ބަދަލުގައި ފެނިގެންދަނީ ރައްޔިތުންނާއެކު އެކީ ވިޔަފާރިތަކަށް ވެސް ޖެއްސުން ކުރާތަނެވެ. ޑޮމިނޭޓް ކުރި ކުރީނުން ގޮސް އަމިއްލަ އެއަރލައިންތަކުން މުޅި ރާއްޖެއަށް ކުރެވެން އޮތް ދަތުރުތައްވެސް މިއަދު އޮތީ ހުއްޓުވާލާފައެވެ. އެކަން ކުރި ގޮތަށް ތަރައްގީ ގެނައިނަމަ މިއަދު ފަސިންޖަރު ފުރުވާފައި އަނެއްދުވަހު ދާގީނާ ފޮނުވާނެ ހާލަތަކަށް ނުދިޔައީސްއެވެ.

މިއަދު މޯލްޑިވިއަން އިން 1600ށް 1800ށް ކުރާ ދަތުރެއް އެހެން އެއަރލައިންތަކުން 1000 ނުވަތަ އެއަށްވުރެ ވެސް ކުޑަކޮށް އެބަކުރެއެވެ. މިއީ ފެންނަން އޮތް ހަގީގަތެވެ. ދުނިޔޭގެ ބާޒާރުގައި ތެޔޮ އަގުބޮޑު ނުވާ އިރުވެސް މޯލްޑިވިއަން އިން ރާއްޖޭގެ އެންމެ ދެކުނަށް ދަތުރެއް ކުރީ 1500ން މަތިންނެވެ. ނަމަވެސް އަމިއްލަ އެއަރލައިންތަކުން އެއިރުވެސް ކުރަމުން ދިޔައީ 1000ން ދަށުންނެވެ. ގެއްލުން ވާނަމަ ޕްރައިވެޓް އެއަރލައިންތަކަށް ގެއްލުން ވާނެއެވެ. މޯލްޑިވިއަން ވީމަ އަދިވެސް ބުއްފުޅި ޖައްސައިގެން ނޫނީ ސަމްސަލުން ލަވައިގެން ނޫނީ ނުވަނީހެއްޔެވެ.

މޯލްޑިވިއަންމިނިސްޓްރީ އޮފް ޓުއަރިޒަމް

ކޮމެންޓް

އިތުރަށް ކިޔާލަން

މޯލްޑިވިއަން އާއި އެއާ އިންޑިއާ އިން ދަތުރުފަތުރުގެ ގުޅުން ފުޅާ ކުރުމަށް އެއްބަސްވުމެއް ގައި ސޮއި ކޮށްފި

މޯލްޑިވިއަން އާއި އެއާ އިންޑިއާ އިން ދަތުރުފަތުރުގެ ގުޅުން ފުޅާ ކުރުމަށް އެއްބަސްވުމެއް ގައި ސޮއި ކޮށްފި

06 ޑިސެމްބަރު 2025
މޯލްޑިވިއަން އިން ބަންގްލަދޭޝްގެ ޑާކާއަށް އަލުން ދަތުރުތައް ފަށަނީ

މޯލްޑިވިއަން އިން ބަންގްލަދޭޝްގެ ޑާކާއަށް އަލުން ދަތުރުތައް ފަށަނީ

04 ނޮވެމްބަރު 2025
އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
މޯލްޑިވިއަން އިން މެލޭޝިއާ ދަތުރުތަކަށް ޕްރޮމޯޝަނެއް ފަށައިފި

މޯލްޑިވިއަން އިން މެލޭޝިއާ ދަތުރުތަކަށް ޕްރޮމޯޝަނެއް ފަށައިފި

26 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު