ކ. މާލެ
|
27 މާރޗް 2023 | ހޯމަ 14:59
ކެމިކަލް ހަތިޔާރު މަނާކުރުމުގެ ގާނޫނު ތަންފީޒުކުރުން ޑިފެންސް މިނިސްޓްރީގެ ދަށަށް ވަނީ ބަދަލުކުރެވިފައި
ކެމިކަލް ހަތިޔާރު މަނާކުރުމުގެ ގާނޫނު ތަންފީޒުކުރުން ޑިފެންސް މިނިސްޓްރީގެ ދަށަށް ވަނީ ބަދަލުކުރެވިފައި
މިނިސްޓްރީ އޮފް ޑިފެންސް
ކެމިކަލް ހަތިޔާރު މަނާކުރުން
ކެމިކަލް ހަތިޔާރު މަނާކުރުމުގެ ގާނޫނު ތަންފީޒުކުރުން ޑިފެންސްގެ ދަށަށް
 
ރާއްޖޭގައި ކެމިކަލް ހަތިޔާރު ތައްޔާރުކުރުމާއި، އުފެއްދުމާއި، ރައްކާކުރުމާއި، ބޭނުންކުރުން މަނާކުރުމާއި، އެތަކެތި ނައްތާލުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައަޅާނެ

ކެމިކަލް ހަތިޔާރު މަނާކުރުމުގެ ގާނޫނު ތަންފީޒުކުރުން ޑިފެންސްގެ ދަށަށް ގެެނައުމަށް ފާސްކޮށްދިނުމަށް މަޖިލީހަށް ފޮނުވައިފިއެވެ.

ރައޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވި ސިޓީގައި ބުނެފައިވަނީ ކެމިކަލް ހަތިޔާރު މަނާކުރުމުގެ ގާނޫނު ތަންފީޒުކުރުން 18 މާޗުން ފެށިގެން ޑިފެންސް މިިނިސްޓްރީގެ މަސައްކަތެއްގެ ގޮތުގައި ހަމަޖައްސާފައިވާތީ، މިނިސްޓްރީ އޮފް ޑިފެންސްގެ މަސައްކަތްތަކަށް ގެނެވުނު ބަދަލު، ދިވެހިރާއްޖޭގެ ޖުމްހުރިއްޔާގެ ގާނޫނު އަސާސީގެ 116 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމަށްޓަކައި ހުށަހަޅައި ދެއްވުމަށެވެ.

މި ސިޓީ މިހާރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ދިރާސާކުރުމަށް ފޮނުވާފައެވެ.

ކަމިކަލް ހަތިޔާރު މަނާކުރުމުގެ ގާނޫނުގެ މަގުސަދުގެ ތެރޭގައި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާއެއް ކަމުގައިވާ "ކޮންވެންޝަން އޮން ދަ ޕްރޮހިބިޝަން އޮފް ދަ ޑިވެލޮޕްމަންޓް، ޕްރޮޑަކްޝަން، ސްޓޮކްޕައިލިންގ އެންޑް ޔޫސް އޮފް ކެމިކަލް ވެޕަންސް އެންޑް ދެއަރ ޑިސްޓްރަކްޝަން 1993" ގެ ދަށުން ދިވެހިރާއްޖޭގައި ކެމިކަލް ހަތިޔާރު ތައްޔާރުކުރުމާއި، އުފެއްދުމާއި، ރައްކާކުރުމާއި، ބޭނުންކުރުން މަނާކުރުމާއި، އެތަކެތި ނައްތާލުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައެޅުން ހިމެނެއެވެ.

މި ބިލު ޤާނޫނަކަށްވެ ޢަމަލުކުރަން ފެށުމާއެކު، މި ޤާނޫނު ތަންފީޒުކުރުމުގެ އެންމެހައި ކަންކަން ކުރުމަށްޓަކައި، މިނިސްޓްރީގެ ހާއްސަ ޔުނިޓެއް "ކެމިކަލް ވެޕަންސް ޔުނިޓް" ގެ ނަމުގައި އުފެދޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އެ ޔުނިޓުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބިލުގައި ތަފްސީލުކޮށް ކަނޑައަޅައިފައިވެއެވެ.

މީގެ އިތުރުން ބިލު ޤާނޫނަކަށްވެ ޢަމަލުކުރަން ފެށުމުން، މި ޤާނޫނުގެ ޖަދުވަލުތަކުގައި ބަޔާންކޮށްފައިވާ ކެމިކަލެއް ރާއްޖެއަށް އިމްޕޯޓްކުރުމާއި އެކްސްޕޯޓްކުރެވޭނީ ޤާނޫނުގެ ދަށުން ހަދާ ޤަވާއިދުގެ ދަށުން ކެމިކަލް ވެޕަންސް ޔުނިޓުން ދޫކުރާ ލައިސަންސް ހޯދައި އެ ލައިސަންސްގައި ބަޔާންކުރާ ޝަރުތުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

މި ބިލު ޤާނޫނަކަށްވެ ޢަމަލުކުރަން ފަށާތާ 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި، މި ބިލުގައި ބަޔާންކޮށްފައިވާ ގަވާއިދުތައް ކެމިކަލް ވެޕަންސް ޔުނިޓުން ހަދައި ޝާއިއުކުރަންޖެހެއެވެ.

ކެމިކަލް ހަތިޔާރު މަނާކުރުމުގެ ބިލު ތަސްދީގުކުރެއްވުމާއި ގުޅިގެން މި ޤާނޫނު ދިވެހި ސަރުކާރުގެ ގެޒެޓްގައި ވަނީ ޝާއިއު ކޮށްފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ޤާނޫނުގައި ކަނޑައަޅާފައި ވަނީ، ބިލު ތަސްދީގުކޮށް، ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން 3 (ތިނެއް) މަސް ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

މި ގާނޫނު ތަސްދީގުކުރީ 18 ޑިސެމްބަރު 2022 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ބަންޑާރަ ނާއިބު ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާ
މަޖިލީހުގެ މަސައްކަތްތައް މަޑުޖެހޭތީ ސަރުކާރުން ކަންބޮޑުވުން ފާޅުކޮށްފި
ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ: މަޖިލީހަށް ހާޒިރުވެވަޑައިގެން ޖަވާބުދާރީވެވަޑައިގަތުމުގެ ފުރުސަތަކަށް ރިފްއަތު އެދިވަޑައިގެންފި
ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ: އިސްތިޝާރީ ލަފައަކަށް އެދެން ޖެހޭނީ މަޖިލީހުން ފާސްކޮށްގެން - ޝަރީފް
ރިފްޢަތު ލިޔުމުން ޖަވާބުދާރީވެވަޑައިގަތުމަށް ނިންމެވުމުން މައްސަލަ ކުރިއަށް ގެންދިއުމާމެދު މެންބަރުންގެ ޚިޔާލުތަފާތުވެ މަޖިލިސް މެދުކަނޑާލައިފި
ބަންޑާރަ ނާއިބު ރިފްޢަތު ލިޔުމުން ޖަވާބުދާރީވެވަޑައިގަތުމުން އިދާރީ މައްސަލައެއް ދިމާވެދާނެ ކަމަށް ނަޝީދު ވިދާޅުވެއްޖެ
މަޖިލީހުގައި އެއް ދުވަހެއްގައި 10 ވަޒީރުންނާ ސުވާލުކުރިޔަސް ބެކްލޮގެއް ނުފިލާނެ: ރައީސް ނަޝީދު
މުހިންމު ދެ ބިލެއްގެ މަސައްކަތް ނުފަށާތީ މިނިސްޓަރު ފައްޔާޒު ކަންބޮޑުވުން ފާޅުކުރައްވައިފި