Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
މީހުންއަދީލް ޖަލީލް

އަދީލް ޖަލީލް: ވެލެންސިއާ ހިންގީ އަނބިދަރިން ނުކައި ތިއްބަސް ވަރިހަމަކަމަށް

27 މާރިޗު 2023 | ހޯމަ 05:48

އޭނާ ވެސް ދެކޭ ގޮތުގައި ހިތްވަރަށްވުރެ ބޮޑަށް މިހާރު ދޭންވީ ޝަރަފުވެރިކަން

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 27 މާރިޗު 2023 | ހޯމަ 05:48
އަދީލް ޖަލީލް

އަދީލް ޖަލީލް

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ކުޅިވަރަށް ހިދުމަތް ކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމް ލިބިވަޑައިގެންނެވި ގަލޮޅު ފަހިވާގޭ އަދީލް ޖަލީލަކީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކްލަބު، ވެލެންސިއާގެ ކުރީގެ ޗެއާމަން އަދި އެއް މުއައްސިސްއެވެ. ވެލެންސިއާ އުފެއްދެވުމުގެ އެއް މުހިންމު އެއް ހިއްސާދާރަކީ ވެސް އޭނާ އެވެ. އެ ހިޔާލު އައީ އެދުވަސްވަރު ގިނަ ބަޔަކު ކުޅިވަރު ކުޅެން ޖަމާވި އޭނާގެ ގޭތެރޭގައި ހުރި ޓީޓީ މޭޒު ދޮށުންނެވެ. ވެލެންސިއާ ހިންގެވުމަށް އެކުލަބުގެ މަސްއޫލުވެރިކަމަށް އެންމެ ފުރަތަމަ ވަޑައިގެންނެވީ 1996 ވަނަ އަހަރު އެވެ. އޭގެ ފަހުން 2015ގަ އެވެ. ކުލަބު އުފެއްދެވިއިރު އޭނާ އާއި ރަހުމަތްތެރިންނަށް އެފުރުސަތު ނުލިބުނީ އުމުރު ހަނގުވުމުންނެވެ.

ވެލެންސިއާގެ ތާރީހުން އަދީލް ޖަލީލްގެ ނަމަށް ދުވަހަކުވެސް ފަނޑުކަމެއް ނާންނާނެ އެވެ. ކުލަބުގެ އެންމެ ކާމިޔާބު ދުވަސްވަރު ވެލެންސިއާގެ ހިންގެވުމުގެ މުގުލުގައި ހުންނެވީ އޭނާ އެވެ. އެންމެ ގިނަ ތަށި ހޯދީ އޭނާގެ ވެރިކަމުގަ އެވެ. ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިން ވެލެންސިއާގެ އަށް ގެންގޮސް ގަދަ ބާރެއްގެ ގޮތުގައި އެ ކުލަބު ބޭއްވުމުގެ ވިސްނުން އެންމެ ބޮޑަށް ގެންގުޅުއްވީ ވެސް އަދީލެވެ. ހާއްސަކޮށް 1996 ވަނަ އަހަރުން ފެށިގެންގޮސް 2006 ވަނަ އަހަރާ ހަމައަށް ވެލެންސިއާ ފުޓްބޯޅައިގައި ރަސްކަންކުރީ އޭނާގެ ހިތްވަރާއި ކުޅަދާނަ ވިސްނުމާއި ރޭވުންތެރިކަމާއެކުގަ އެވެ. މީގެ އިތުރުން ވެލެންސިއާ ގިނަ ބަޔަކަށް ކަމުދިޔަ އެއް ސިފަކަމަށްވާ ޕާސިން ގޭމަކީ ވެސް އޭނާގެ ވިސްނުމެކެވެ.

ކުލަބު ވެލެންސިއާގެ ތާރީހުން އެންމެ ހާއްސަ އެއް ދުވަހަކީ އެކުލަބުން އެއްލައްކަ ރުފިޔާގެ އަގުބޮޑު ކަޕް ވިނާސް ކަޕް މިލްކުކުރި ދުވަހެވެ. އެއްވެސް ކުލަބެއްގެ އަތުގައި ނުޖައްސައި ކަޕް ވިނާސް ކަޕް މިލްކުކުރަން އެންމެ ބޮޑަށް ފޯރި ނެންގެވި ބޭފުޅަކީ ވެސް އަދީލެވެ. އެ އަހަރު ބޮޑު އަގުގައި ކުލަބަށް މަޝްހޫރު އެތައް ކުޅުންތެރިން ގެނައީ ސީދާ އޭނާގެ އަމިއްލަ ޖީބުން ހަރަދު ކުރައްވައިގެންނެވެ. އެ ކާމިޔާބީ އަށް ފަހު އިޖްތިމާއީ ގޮތުން ވެލެންސިއާގެ ދައުރު ފުޅާކުރެއްވުމަށް މަޝްހޫރު ހެޕަނިން ޝޯ ބާއްވައި ކުލަބުގެ ކުރިމަގަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުއްވި އެވެ.

އަދީލަކީ އޭނާގެ ކުޅުންތެރިންނަށް ވަރަށް ހެޔޮ، އަދި ކުޅުންތެރިންގެ އިހްތިރާމާއި ލޯބި ވަރަށް ބޮޑަށް ހޯއްދެވި ލީޑަރެކެވެ. ރާއްޖޭގެ އެންމެ މަޝްހޫރު ކުޅުންތެރިން ކަމަށްވާ އައްސަދު އަބުދުލްގަނީ އާއި ތޮއްޑޫ މުހައްމަދު ނިޒާމާއި އަލީ އުމަރާއި އަލީ އަޝްފާގް (ދަގަނޑޭ) އާއި އަލީ ޝިހާމާއި އަލީ ރަޝީދު (ސިލާޗީ) އާއި ބިންމާ އަބުދުﷲ ވަހީދު ފަދަ އެތައް ތަރިންނެއް ހޯދުމަށް ވާދަވެރި ކުލަބުތަކުން ކުރި މަސައްކަތް ނާކާމިޔާބުވި ހަގީގީ ސަބަބަކީ ވެސް އަދީލެވެ. އޭނާ އާއި ކުޅުންތެރިންނާ އޮތީ ވަރަށް ގާތް ވަރުގަދަ އިތުބާރެކެވެ.

"އަޅުގަނޑުގެ ވިސްނުމަކީ ޓީމު ބަލިވިޔަސް ކުޅުންތެރިޔާ ދޫކޮށްނުލުން. އެއީ ތަށި ލިބެނީ އެމީހުން ކުރާ މަސައްކަތަކުން ކަމަށްވާތީވެ. އެގޮތުގެ މަތިން ކުޅުންތެރިންނަށް ކަންތައް ކޮށްދެމުން އައީ އަމިއްލަ ދަރިން ފަދައިން. ބައެއް ކުޅުންތެރިން ގޭގައި ވެސް ގެންގުޅުނިން. އަޅުގަނޑާއި ކުލަބުގެ މެނޭޖްމަންޓް އިސް ބައެއް މީހުންނާ މައްސަލަ ވެސް ޖެހޭ މާބޮޑަށް ކުޅުންތެރިންނަށް ގާތްކޮށް ކަންތައްކޮށްދޭތީވެ. އެކަމަކު އަޅުގަނޑު ވިސްނުންހުރީ ކުޅުންތެރިން ހިފަހައްޓަން،" އަދީލް ވިދާޅުވި އެވެ.

އަދީލް ވިދާޅުވީ ވެލެންސިއާގެ ތާރީހުން މޮޅު އެތައް ކުޅުންތެރިންނަށް ފެނުނަސް އޭނާ އަށް އެންމެ މޮޅީ ފޯވަޑް އަލީ އުމަރު ކަމަށެވެ. އަދި އެހެން ކުލަބެއްގައި ހުއްޓައި އެންމެ ބޭނުންވެގެން ވެލެންސިއާ އަށް ގެނައީ ހުރާގެ އަލީ ޝިހާމް ކަމަށެވެ.

"އަޅުގަނޑުގެ ވިސްނުމަކީ އެޓޭކް ވަރުގަދަ ކުރުން. އިރާދަ ކުރެއްވީތީވެ އަޅުގަނޑަށް އެކަން ކުރެވުނު. އަޅުގަނޑު ހިންގިއިރު އެއިރަކު އޮންނަ އެންމެ ވަރުގަދަ ފޯވަޑް ލައިން އޮންނާނީ ވެލެންސިއާގައި. ހާއްސަކޮށް ތިން އަލީގެ (އަލީ ޝިހާމް، އަލީ އުމަރު، އަލީ އަޝްފާގް) ޕާޓްނަޝިޕް ފާހަގަކުރަން،" އަދީލް ވިދާޅުވި އެވެ.

އޭނާގެ އެންމެ ހާއްސަ އެއް ސިފައަކަށްވެފައިވަނީ މުސާރަ ނުދެވި ގިނަ ދުވަސްވާއިރު ވެސް ކުޅުންތެރިން އަދީލަށްޓަކައި ވެލެންސިއާ ވަންތަ ބައެއްގެ ގޮތުގައި ތިބުމެވެ. އެކަމުގެ ސިއްރަކީ ކޮބައިތޯ އެހުމުން ވިދާޅުވީ "ދަތި ވަގުތު އައުމުން އެމީހުންނަށް ވިސްނައިދެން ފައިސާ ލިބުމުން ދޭނެ ވާހަކަ. ވަރަށް ގިނަ ކުޅުންތެރިން އެކަން ގަބޫލުކޮށްގެން ވެލެންސިއާ އަށް ކުޅޭހިތުން ކުޅެދިން. އެކަން އަޅުގަނޑު މިއަދު ވެސް ވަރަށް ބަލައިގަންނަން،" ކަމަށެވެ.

އަދީލާއި އޭނާގެ އެކުވެރިން އަމިއްލަ ގޭގެ ޓީޓީ މޭޒުދޮށުން އުފެއްދި ހިޔާލު ފައްކާކޮށް ވެލެންސިއާ އުފައްދައިގެން އޭނާގެ ހިދުމަތް އޮތީ ހަމައެކަނި ކުލަބު ހިންގެވުމުގައި އެކަންޏެއްނޫނެވެ. ފުޓްބޯޅަ ޓީމާއި ޓީޓީ ޓީމަށް ކުޅުއްވި އެވެ. އަދި ގައުމީ ޓީޓީ ޓީމުގެ ކެޕްޓަންކަންކޮށް އިންޑިއަން އައިލެންޑް ގޭމްސްއިން ބްރޯންޒް މެޑަލް ވެސްހޯދި އެވެ.

ވެލެންސިއާގެ ފުރަތަމަ މެޗުގައި ފުރަތަމަ 11ގައި ކުޅުއްވި އެވެ. ފުރަތަމަ ލަނޑު ޖަހަން ވެސް ފުރުސަތު ލިބުނެވެ.

ވެލެންސިއާ އަށް ލިބުނު ފުރަތަމަ ރަސްމީ ތަށި ކަމަށްވާ 1980 ވަނަ އަހަރުގެ ގައުމީ ޓީޓީ މުބާރާތުގެ ތަށި ހޯދިއިރު އަދީލަކީ އަކީ އެ ޓީމުގެ ފަހުރުވެރި ކެޕްޓަނެވެ. އަދި އެ އަހަރުގެ ސިންގަލްސް ޗެމްޕިއަނަކީ ވެސް އަދީލެވެ. ޑަބަލްސް ޗެމްޕިއަނަކީ އަދީލާއި އަނބިކަނބަލުން ލަތީފާ އެވެ. ހަގީގަތުގައި ސިންގަލްސް ޗެމްޕިއަންކަން ލިބިއްޖެނަމަ އަނބިކަނބަލުންނާ ކައިވެނި ބައްލައިވައިގަތުމަށް އަދީލް "އޮތީ ވައުދު" ވެވަޑައިގެންފައެވެ. މިވާހަކަ އެހުމުން އަދީލްގެ ދެމަފިރިކަނބަލުން ވަރަށް ސާމާސާ ކުރައްވާފައި ވިދާޅުވީ "އެއީ ލޯބިން ފުރިގެންވާ ގުޅުމެއް،" ކަމަށެވެ.

ހަގީގަތުގައި ވެސް އެއީ ތެދެކެވެ. މި ޖޯޑުގެ ލޯބި އަދިވެސް އޮތީ އިހު އޮތް ފަދައިންނެވެ. ޒަވާޖީ ހަޔާތުގެ ލޯތްބާއި ވެލެންސިއާގެ ކުލަތަކުންގެ ތެރެއިން އަދީލް ކުޅިވަރުގެ ތެރެއަށް ފައްކާކުރި މޭވާ އަކީ އޭނާގެ ދެ ދަރިން ކަމަށްވާ ބައްސާމް އަދީލް ޖަލީލާއި ރަސްލާން އަދީލް ޖަލީލެވެ. ރަސްލާނަކީ ވެލެންސިއާގެ މިހާރުގެ ޗެއާމަނެވެ. ވެލެންސިއާގެ އެންމެ އާދައިގެ ވަޒީފާއިން ފެށިގެން ގޮސް ކުލަބު ހިންގެވުމަށް ބައްސާމް ނެރުއްވައި މިއަދު ގައުމީ ފުޓްބޯޅަ އިދާރާގެ އެންމެ އިސް ވާޖިބު ކޮނޑުގައި އަޅުއްވައިގެން ދޮށީ ދަރިފުޅު ބައްސާމް ހުންނެވުމަކީ އަދީލް ހޯއްދެވި ވަރަށް ފަހުރުވެރި ކާމިޔާބީއެއް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

އަދީލަށް ފަހު ވެލެންސިއާ އެއް ފެންވަރެއްގައި ކުރިއަކަށްނުދެ އެވެ. 2018 ވަނަ އަހަރު ރެލިގޭޓްވެފައި މިހާރު އަނެއްކާ ވެސް އޮތީ އަރައިފަ އެވެ. މިކަމާމެދު ސުވާލު ކުރުމުން ޖަވާބުދޭން އަދީލަށް ދަތިފުޅުވި އެވެ. ވިދާޅުވީ "ތިއީ ވަރަށް ޕާސަނަލް ސުވާލެއް،" ކަމަށާއި "ރެލިގޭޓްވި ހަބަރު އިވުމުން ވަރަށް ދެރަވި،" ކަމަށެވެ. އަދި "ތަށި ނުހޯދާނަމަ ކުލަބު ހިންގަން ނޫޅުމަށް ދަރިން ގާތުގައި ވެސް ބުނިން،" ކަމަށެވެ.

ހަގީގަތުގައި ވެސް އޭނާ އަކީ ކުޅިވަރުގެ ލެޖެންޑެކެވެ. އެތައް ކުޅުންތެރިންނަކަށް އެހީތެރިވި މަދަދުގާރެކެވެ. އެހިދުމަތް ފާހަގަކޮށް އެފްއޭއެމް ޕްރެޒިޑެންޓް އެވޯޑް 2018 ވަނަ އަހަރު އަދި މި އަހަރު ކުޅިވަރާ ބެހޭ ވަޒީރުގެ ހިތްވަރު ދިނުމުގެ އިނާމު އޭނާ އަށް ދީފި އެވެ. އެކަމަކު 61 އަހަރުގެ އަދީލަށް އަށް މިހާރު ދޭންވީ ހިތްވަރެއްނޫނެވެ. ޝަރަފުވެރިކަމުގެ އިނާމެވެ. އޭނާ އަކީ ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ވަރުގަދަ އެއް ހިދުމަތްތެރިޔާ އެވެ.

ކުލަބު ވެލެންސިއާބައްސާމް އަދީލް ޖަލީލްއަދީލް ޖަލީލްކުޅިވަރު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
30 ނޮވެމްބަރު 2025

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025
ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި
20 ނޮވެމްބަރު 2025

ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

20 ނޮވެމްބަރު 2025
ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި
16 ނޮވެމްބަރު 2025

ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ

16 ނޮވެމްބަރު 2025
ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ
05 ނޮވެމްބަރު 2025

ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

05 ނޮވެމްބަރު 2025
ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް
01 ނޮވެމްބަރު 2025

ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

01 ނޮވެމްބަރު 2025
ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި
30 އޮކްޓޯބަރު 2025

މަނީ ލޯންޑަރިންގެ މައްސަލައިގައި ދައުލަތުން އެދުނު ގޮތާއި ހިލާފަށް ބައްސާމަށް އިއްވީ 15 އަހަރުގެ ބަދަލުގައި 5 އަހަރުގެ ޖަލު ހުކުމެއް

30 އޮކްޓޯބަރު 2025
މަނީ ލޯންޑަރިންގެ މައްސަލައިގައި ދައުލަތުން އެދުނު ގޮތާއި ހިލާފަށް ބައްސާމަށް އިއްވީ 15 އަހަރުގެ ބަދަލުގައި 5 އަހަރުގެ ޖަލު ހުކުމެއް
21 އޮކްޓޯބަރު 2025

އެފްއޭއެމްގެ ފައިސާ އިން އަމީން އެވެނިއުގެ އެޕާޓްމަންޓު ގަތް މައްސަލައިގައި ބައްސާމަށް ކުރާ ދައުވާގެ އަދަބު ބޮޑުވާ އިސްލާހެއް ބަލައިގެންފި

21 އޮކްޓޯބަރު 2025
އެފްއޭއެމްގެ ފައިސާ އިން އަމީން އެވެނިއުގެ އެޕާޓްމަންޓު ގަތް މައްސަލައިގައި ބައްސާމަށް ކުރާ ދައުވާގެ އަދަބު ބޮޑުވާ އިސްލާހެއް ބަލައިގެންފި
21 އޮކްޓޯބަރު 2025

ޓީސީ އިން ވެލެންސިއާ ބަލިކޮށްފި

21 އޮކްޓޯބަރު 2025
ޓީސީ އިން ވެލެންސިއާ ބަލިކޮށްފި
08 އޮކްޓޯބަރު 2025

ބައްސާމަށް މަހެއްގެ މައްޗަށް 34،000 ޑޮލަރު ޖަމާވެފައިވޭ، އެ ފައިސާ އިން ބޭރުން ވިޔަފާރިކޮށް އަމިއްލަ ބޭނުމަށް ހަރަދުކުރި: ހުކުމް

08 އޮކްޓޯބަރު 2025
ބައްސާމަށް މަހެއްގެ މައްޗަށް 34،000 ޑޮލަރު ޖަމާވެފައިވޭ، އެ ފައިސާ އިން ބޭރުން ވިޔަފާރިކޮށް އަމިއްލަ ބޭނުމަށް ހަރަދުކުރި: ހުކުމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް