Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކާބޯތަކެތީގެ ޚިދުމަތް ދިނުން

ޤަވާއިދާ ޚިލާފަށް ކާބޯތަކެތީގެ ޚިދުމަތްދެމުންދާ ތަންތަން އާންމުކުރަނީ

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ނުކުރެވުމުގެ ސަބަބުން 200ށްވުރެ ގިނަ ބަލި ފެތުރޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 މާރިޗު 2023 | އާދީއްތަ 08:18
ހެލްތު މިނިސްޓްރީ

ހެލްތު މިނިސްޓްރީ

ޤަވާއިދާ ޚިލާފަށް ކާބޯތަކެތީގެ ޚިދުމަތް ދެމުންދާ ތަންތަން އާންމު ކުރާނެކަމަށް ހެލެތް މިނިސްޓްރީން ބުނެފިއެވެ.

ހެލްތް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ކާބޯތަކެތީގެ ޚިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ޤަވާޢިދު" ގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ކާބޯތަކެތީގެ ޚިދުމަތް ދޭންވާނީ އެ އެޖެންސީން ނުވަތަ އެޖެންސީން ކަނޑައަޅާ ފަރާތަކުން ހުއްދަ ހޯދުމަށްފަހުގައި ކަމަށެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް ބައެއް ފަރާތްތަކުން މި ޤަވާއިދާ ޚިލާފަށް ކާބޯތަކެތީގެ ޚިދުމަތް ދެމުންދާކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މިނިސްޓްރީން ވަނީ ކެއިން ބުއިމުގެ ޚިދުމަތްދޭ ހުރިހާ ފަރާތްތަކުންވެސް، މި ޚިދުމަތް ދޭއިރު "ކާބޯތަކެތީގެ ޚިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަޑުތައް ބަޔާންކުރާ ޤަވާޢިދަށް" އެއްގޮތަށް ޢަމަލުކުރުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އަންގާފައެވެ.

އަދި ޤަވާޢިދާ ޚިލާފަށް ޚިދުމަތްދޭ ތަންތަނުގެ މަޢުލޫމާތު އެ ޤަވާޢިދުގެ 25 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޢާއްމުކުރަމުން ގެންދާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ނުކުރެވުމުގެ ސަބަބުން 200ށްވުރެ ގިނަ ބަލި ފެތުރޭކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފައިވެއެވެ. މީގެތެރޭގައި ގައިންގަޔަށް އަރާ ބައްޔާއި ގައިންގަޔަށް ނާރާ ބަލި ހިމެނޭއިރު، ރާއްޖޭގެ އާބާދީގެ 85 އިންސައްތައަކީ ގައިންގަޔަށް ނާރާ ބަލި ތަހައްމަލުކުރާ ބައެއްކަން އެ އިދާރާއިން ފާހަގަ ކުރެއެވެ.

ވުމާއެކު، ކާބޯތަކެތި އުފައްދާ ފަރާތްތަކާއި ރެގިއުލޭޓްކުރާ ފަރާތްތަކާއި ބޭނުންކުރާ ފަރާތްތަކާއި ކާބޯތަކެތީގެ އެކި ކަންކަމުގައި ބައިވެރިވާ ހުރިހާ ފަރާތަކުން ރައްކާތެރިކަން ކަށަވަރުކުރަން އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ހެލްތު މިނިސްޓްރީ

އިތުރަށް ކިޔާލަން

26 ނޮވެމްބަރު 2025

އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް

26 ނޮވެމްބަރު 2025
އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް
17 ނޮވެމްބަރު 2025

ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

17 ނޮވެމްބަރު 2025
ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ
17 ނޮވެމްބަރު 2025

އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

17 ނޮވެމްބަރު 2025
އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި
15 ނޮވެމްބަރު 2025

މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ

15 ނޮވެމްބަރު 2025
މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ
08 އޮކްޓޯބަރު 2025

ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ޑުބާއީ ކުންފުނިން 37 މިލިއަން ރުފިޔާ ދައްކަން ދުބާއީގެ ކޯޓަކުން އަމުރުކޮށްފި

08 އޮކްޓޯބަރު 2025
ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ޑުބާއީ ކުންފުނިން 37 މިލިއަން ރުފިޔާ ދައްކަން ދުބާއީގެ ކޯޓަކުން އަމުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު