Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަނު ޤައުމީ ޓީމު

ނިކްލަސް ފުލްކްރުގް ޖެހި ދެ ލަނޑާއެކު ޖަރުމަނުން ޕެރޫ ބަލިކޮށްފި

ޖަރުމަނުގެ މައިންޒުގައި ހުންނަ މެވާ އެރީނާގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-0 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 މާރިޗު 2023 | އާދީއްތަ 06:59
ޖަރުމަނުން ޕެރޫއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން

ޖަރުމަނުން ޕެރޫއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން

ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގެ މެޗުގައި ޖަރުމަނުން ޕެރޫ ބަލިކޮށްފި އެވެ.

ޖަރުމަނުގެ މައިންޒުގައި ހުންނަ މެވާ އެރީނާގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-0 އިންނެވެ. މިއީ މިދިޔަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓި ފަހުން ޖަރުމަނުން ކުޅުނު ފުރަތަމަ މެޗެވެ. ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ޖަރުމަނުން ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. އެއީ ފަހު މެޗުގައި ކޮސްޓަރިކާ އަތުންނެވެ. ފުރަތަމަ މެޗުގައި ޖަޕާން އަތުން ބަލިވިއިރު، ދެ ވަނަ މެޗުގައި ސްޕެއިންއާ ވާދަކޮށް އެއްވަރުވީ އެވެ. ޕެރޫއާ ދެކޮޅަށް ކުޅުނު މެޗުގައި ޖަރުމަނުގެ ދެ ލަނޑު ވެސް ފުރަތަމަ ހާފުގައި ޖެހީ ފޯވާޑް ނިކްލަސް ފުލްކްރުގް އެވެ. އެއީ މެޗުގެ 12 ވަނަ މިނެޓުގައި ކައި ހަވާޓްޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑާއި، 33 ވަނަ މިނެޓުގައި މާރިއަސް ވޮލްފްގެ އެހީތެރިކަމާއެކު ޖެހި ލަނޑެވެ. މެޗުގެ ދެ ވަނަ ހާފުގައި ޖަރުމަނަށް ތިން ވަނަ ލަނޑެއް ޖަހަން ލިބުނު ފުރުސަތުގައި ހަވާޓްޒް ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއާ އެވެ.

އިންޓަނޭޝަނަލް ބްރޭކުގައި ޖަރުމަނުން ރަޙުމަތްތެރިކަމުގެ ދެ މެޗު ކުޅޭނެ އެވެ. ފަހު މެޗުގައި މި މަހުގެ 28 ވަނަ ދުވަހު ނިކުންނާނީ ބެލްޖިއަމާ ދެކޮޅަށެވެ.

ޖަރުމަނުގެ ގައުމީ ޓީމުޕެރޫ

އިތުރަށް ކިޔާލަން

10 އޮކްޓޯބަރު 2025

މަގުބޫލުކަން އިންތިހާ އަށް ވެއްޓިފައި ވަނިކޮށް ޕެރޫގެ ރައީސް ޑީނާ ބޮލުއާޓޭ އިތުބާރު ނެތް ކަމަށް ފާސްކޮށް މަގާމު ގެއްލުވާލައިފި

10 އޮކްޓޯބަރު 2025
މަގުބޫލުކަން އިންތިހާ އަށް ވެއްޓިފައި ވަނިކޮށް ޕެރޫގެ ރައީސް ޑީނާ ބޮލުއާޓޭ އިތުބާރު ނެތް ކަމަށް ފާސްކޮށް މަގާމު ގެއްލުވާލައިފި
20 ނޮވެމްބަރު 2024

ޕެރޫ ބަލިކޮށް އާޖެންޓީނާ އެއް ވަނައިގައި

20 ނޮވެމްބަރު 2024
ޕެރޫ ބަލިކޮށް އާޖެންޓީނާ އެއް ވަނައިގައި
22 އޮކްޓޯބަރު 2024

ކޮރަޕްޝަންގެ ދައުވާ ސާބިތުވެ، ޕެރޫގެ ކުރީގެ ރައީސް 20 އަހަރަށް ޖަލަށް

22 އޮކްޓޯބަރު 2024
ކޮރަޕްޝަންގެ ދައުވާ ސާބިތުވެ، ޕެރޫގެ ކުރީގެ ރައީސް 20 އަހަރަށް ޖަލަށް
22 ޖޫން 2024

ޕެރޫ އާއި ޗިލީގެ ކުރިމަތިލުން ހަމަހަމަ

22 ޖޫން 2024
ޕެރޫ އާއި ޗިލީގެ ކުރިމަތިލުން ހަމަހަމަ
22 އެޕްރީލު 2024

ޖިނާޢީ ކުށުގެ ވެއްޓަކުން ކުޑަކުދިންގެ ޕާކެއް؟

22 އެޕްރީލު 2024
ޖިނާޢީ ކުށުގެ ވެއްޓަކުން ކުޑަކުދިންގެ ޕާކެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު