Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާޖެންޓީނާގެ ފުޓުބޯޅަ ޓީމު

އާޖެންޓީނާގެ އެފްއޭގެ ހައުސިން ކޮމްޕްލެކްސްއަކަށް މެސީގެ ނަން: "މިއީ ވަރަށް ޚާއްސަ ކަމެއް!"

މެސީގެ ނަމަށް ޚާއްސަކޮށްގެން އާޖެންޓީނާގެ ފުޓުބޯޅަ އިދާރާ ހައުސިން ކޮމްޕްލެކްސް އަކަށް ވަނީ ނަން ދީފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 މާރިޗު 2023 | އާދީއްތަ 02:23
މެސީގެ ނަމަށް ޚާއްސަކޮށް ނަން ދެވުނު ކޮމްޕްލެކްސް ހުޅުވުމުގެ ތެރެއިން

މެސީގެ ނަމަށް ޚާއްސަކޮށް ނަން ދެވުނު ކޮމްޕްލެކްސް ހުޅުވުމުގެ ތެރެއިން

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީގެ ޚާއްސަ ޝުކުރު އެ ޤައުމުގެ ފުޓުބޯޅަ އިދާރާ އަށް އަދާކޮށްފި އެވެ.

އާޖެންޓީނާއާއެކު މިދިޔަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރި މެސީ އެ ޤައުމުގެ ފުޓުބޯޅަ އިދާރާ އަށް ޝުކުރު އަދާ ކުރީ ހޮނިހިރު ދުވަހު އެ އިދާރާގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތަކީ މެސީގެ ނަމަށް ޚާއްސަކޮށްގެން އާޖެންޓީނާގެ ފުޓުބޯޅަ އިދާރާ ހައުސިން ކޮމްޕްލެކްސްއަކަށް އޭނާގެ ނަމުން ނަން ދިނުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ. މިއީ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަންގެ ޒިންމާ ވެސް އަދާކުރަމުން އަންނަ މެސީ އަށް ޝުކުރު އަދާކުރުމުގެ ގޮތުން އެ ޤައުމުގެ ފުޓުބޯޅަ އިދާރާ އިން ކުރި ކަމެކެވެ.

އެ ރަސްމިއްޔާތަށްފަހު ވާހަކަ ދައްކަމުން މެސީ ބުނީ، އޭނާ ވަރަށް އުފާވާ ކަމަށެވެ. އަދި ޝުކުރު އަދާ ކުރުމާއި، އެވޯޑު ދިނުމަކީ އެމީހަކު ދުނިޔޭގައި ހުއްޓާ ކުރަން އެންމެ ރަނގަޅު ކަންތައް ކަމަށް ދެކޭ މީހެއް ކަމަށެވެ. އެހެންކަމުން އޭނާ އަށް ޝުކުރު އަދާކޮށްފައިވާތީ ވަރަށް އުފާވާ ކަމަށާއި، އެއީ އޭނާ އަށް ވަރަށް ޚާއްސަ ކަމެއް ކަމަށެވެ. މީގެ އިތުރުން މެސީ ބުނީ ކުރިއަށް އޮތް ޖީލުތަކަށް ވެސް އެ ތަނަށް ނަން ދެވިފައި ވަނީ މެސީގެ ނަމުންކަން އެނގުމަކީ އޭނާ އުފާވާނެ ކަމެއް ކަމަށެވެ.

އާޖެންޓީނާގެ ފުޓުބޯޅަ އިދާރާ އިން މެސީ އަށް ޝުކުރު އަދާ ކުރުމުގެ ގޮތުން އެކަން ކޮށްފައި ވަނީ، މެސީ އޭނާގެ ކެރިއަރުގައި 800 ވަނަ ލަނޑު ހަމަ ކުރިތާ ދެ ދުވަސް ފަހުންނެވެ. އެ އަދަދަށް ލަނޑު މެސީ ހަމަކުރީ ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގެ މެޗުގައި ޕެނަމާއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އާޖެންޓީނާއާއެކު މެސީ ވޯލްޑް ކަޕް ކާމިޔާބު ކުރުމާއެކު އެ ޤައުމުގެ ފުޓުބޯޅަ އިދާރާ އިން ވަނީ މެސީ އަށް ޚާއްސަކޮށްގެން އެކިއެކި ޚާއްސަ ކަންކަން ކޮށްފަ އެވެ.

އާޖެންޓީނާލިއޮނެލް މެސީ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް
08 ޑިސެމްބަރު 2025

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި
07 ޑިސެމްބަރު 2025

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި
27 އޮކްޓޯބަރު 2025

އާޖެންޓީނާ ގެ ރައީސް މިލެއިގެ ޕާޓީ އިން އިންތިޚާބު ގައި ބޮޑު ކާމިޔާބެއް ހޯދައިފި

27 އޮކްޓޯބަރު 2025
އާޖެންޓީނާ ގެ ރައީސް މިލެއިގެ ޕާޓީ އިން އިންތިޚާބު ގައި ބޮޑު ކާމިޔާބެއް ހޯދައިފި
18 އޮކްޓޯބަރު 2025

"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

18 އޮކްޓޯބަރު 2025
"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު