Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރަމަޟާން މަހުގެ ތަކެތީގެ އަގުތައް

"އިސްލާމީ އެހެން ޤައުމުތަކުގަ ރޯދަ މަހާ ދިމާކޮށް، އަގުތައް ދަނީ ދަށަށް"

އަފްޣާނިސްތާނުގެ ބާޒާރުތަކުގައި ތަކެތީގެ އަގުތައް އިންތިހާއަށް އުފުލިފައި ވާ ކަމުގެ ޝާކުވާ ރަށްވެހިން ދަނީ ކުރަމުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 25 މާރިޗު 2023 | ހޮނިހިރު 09:45
ކާބުލްގެ ރަށްވެއްސަކު ބުނި ގޮތުގައި އޭނާ ހުރިހާ މުސްލިމުންނަށް ދޭން ބޭނުންވާ މެސެޖަކީ، އެކަކު އަނެކަކަށް އޯގާތެރިވެ ނުލަފާކަން ނުދެއްކުން

ކާބުލްގެ ރަށްވެއްސަކު ބުނި ގޮތުގައި އޭނާ ހުރިހާ މުސްލިމުންނަށް ދޭން ބޭނުންވާ މެސެޖަކީ، އެކަކު އަނެކަކަށް އޯގާތެރިވެ ނުލަފާކަން ނުދެއްކުން

އެއީ މިއަދު ހަމަ ކޮންމެ ތަނެއްގެވެސް ހާލަތެވެ. ބާޒާރަކަށް ވަދެލައިފިނަމަ އިވެމުން ދަނީ އެއް އަޑެކެވެ. ތަކެތީގެ އަގުތައް، އިންތިހާ ބޮޑުވެގެން އެކަމުގެ ޝަކުވާ ކުރާ އަޑެވެ. އެކަށީގެންވާ ގޮތެއްގައި ވިޔަފާރި ކުރިއަށް ނުދާތީ، އަނެއް ބަޔަކު، އެކަމުގެ ޝަކުވާ ކުރާ އަޑެވެ. ހަތިޔާރު އެޅި ހަނގުރާމަވެރި ޠާލިބާން ޖަމާއަތުގެ ކޮންޓްރޯލްގެ ދަށަށް، އޯގަސްޓް 2021ގައި ގެންގޮސްފައި ވާ އަފްޣާނިސްތާނުގެ ވެރިކަން ކުރާ ކާބުލްގެ ބާޒާރު މަތިންވެސް، މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހު އިވުނީ، ހަމަ އެ ޝަކުވާ ތަކެވެ.

ތޮއްޖެހިފައިވާ ބާޒާރުމަތީގައި ހުރި ކާބުލްގެ ރަށްވެއްސެއް ކަމަށް ވާ މުޙައްމަދު ސަލީމުގެ ޝަކުވާއަކަށްވެސް ވީ، އަފްޣާނިސްތާނުގެ ބާޒާރުތަކުގައި ތަކެތީގެ އަގުތައް އިންތިހާއަށް އުފުލިފައި ވާ ކަމުގެ ޝާކުވާއެވެ.

ކަން މިހެން އޮތް އިރު، އަފްޣާނިސްތާނުގެ ޢާންމު ރައްޔިތުން ދަނީ، ވަޒީފާގެ ފުރުޞަތުތައް ތަނަވަސްކޮށްދިނުމަށް، ޠާލިބާން ސަރުކާރަށް ގޮވާލަމުންނެވެ. އަދި އަންހެން ކުދިންނަށް މަތީ ތަޢުލީމު ހާސިލު ކުރެވޭނެ ފުރުޞަތު އަލުން ފަހި ކޮށްދިނުމަށްވެސް އެތައް ބަޔަކު ދަނީ، ދޭސީ އަދި ބައިނަލްއަޤުވާމީ ފެންވަރުގައި ޑިމާންޑް ކުރަމުންނެވެ.

އެމެރިކާއިން އަފްޣާނިސްތާނުގައި ކުރި ދިގު ހަނގުރާމަ ނިންމާ އެޤައުމުން ފައިބައިގެން ދިއުމާއެކުހެން އަފްޣާނިސްތާނުގެ ކޮންޓްރޯލް، ޠާލިބާން ހަނގުރާމަވެރިން ނެގި ނަމަވެސް، އިސްލާމިކް އެމިރޭޓް އޮފް ޠާލިބާންގެ ސަރުކާރު، އެހެން ޤައުމަކުން އަދި ރަސްމީ ސިފައެއްގައި ބަލައިގެންފައެއް ނުވެއެވެ. ކާބުލްގެ ރަށްވެއްސެއް ކަމަށްވާ މުޙައްމަދު ޒަކަރިއްޔާގެ ޝަކުވާއަކީވެސް އެއީއެވެ.

ރޯދަ ވީއްލުމަށްޓަކާ އަފްޣާނިސްތާނު މީހުން އާންމުކޮށް ތައްޔާރުކޮށް އުޅެނީ ހަވާދުގެ ބާވަތްތައް ގިނަ، ކާބޯތަކެއްޗެވެ. އަދި ޒަމާނުއްސުރެ ބޭނުން ކުރާ ފޮނިކާތަކެތިވެސް ތައްޔާރު ކުރެއެވެ.

އަފްޣާނިސްތާނަށް ކުރިމަތިލާން ޖެހިފައި ވާ އިޤްތިޞާދީ ކާރިޘާގައި އެންމެ ބޮޑު ތަކުލީފެއް އުފުލަމުން ދަނީ އެ ޤައުމުގެ ޢާންމު ރައްޔިތުންނެވެ. ވިޔަފާރިވެރިން ބުނާ ގޮތުގައި އަފްޣާނިސްތާނުގެ ގިނަ މީހުންނަކީ މިއަދު، ކާބޯތަކެތި ގަތުމުގެ ތަނަވަސްކަންވެސް ނެތް ބައެކެވެ.

އަފްޣާނިސްތާނުގައި ހުންނަވާ ވޯލްޑް ފުޑް ޕްރޮގްރާމްގެ އިސް ވެރިޔާ ވަނީ، އަފްޣާނިސްތާނުގައި އިންސާނީ ކާރިޘާއެއް އުފެދުނަ ނުދިނުމަށްޓަކާ، އެ ޤައުމަށް ބައިނަލްއަޤުވާމީ އިތުރު އެހީ ބޭނުންވާ ކަމަށް ގޮވާލައްވާފައެވެ.

ރަމަޟާން 1444އަފްޣާނިސްތާންދުނިޔެ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

03 ނޮވެމްބަރު 2025
ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ

ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ

29 އޮކްޓޯބަރު 2025
އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

19 އޮކްޓޯބަރު 2025
އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި

އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި

21 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު