Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ބަންގްލަދޭޝްގެ ބާޒާރު

ބާޒާރުގައި އުފުލެމުންދާ އަގުތަކުގެ ބުރަ، ބަންގްލަދޭޝް ރައްޔިތުންނަށް!

ބަންގްލަދޭޝް ބާޒާރުގެ އަގުތައް ބޮޑު

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 25 މާރިޗު 2023 | ހޮނިހިރު 12:39
ބަންގްލަދޭޝްގެ ބާޒާރެއް

ބަންގްލަދޭޝްގެ ބާޒާރެއް

ބަރަކާތްތެރި ރަމަޟާން މަހަކީ މުސްލިމުންގެ ދިރިއުޅުމުގެ އާދަކާދައަށް ބޮޑެތި ބަދަލުތަކެއް އަންނަ ދުވަސްވަރެއް ކަމުން، ވިޔަފާރި ކުރުމުގެ އާދަކާދައަށްވެސް ބަދަލު އާދެއެވެ. ކަން މިހެން އޮތް މި ދިޔަ ތިން ހަތަރު އަހަރަކީ އެކި ގޮތް ގޮތުން ތަފާތު ހާލެއްގައި، ރަމަޟާން މަހަށް މަރުޙަބާ ކިއަން ޖެހުނު އަހަރުތަކެކެވެ. އެންމެ ފުރަތަމަ ބިންދާލީ ކޮރޯނާވައިރަސް ޑިޒީޒް ނުވަތަ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ބިޔަ ރާޅެވެ. ފުރަބަންދުތަކުން މިންޖުވެ، އިހު އުޅުނު އާންމު ދިރިއުޅުމަށް ރުޖޫޢަ ނުވެވި އުޅެނިކޮށް، ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރައިންއަށް އަރާ ފެށި ހަނގުރާމައިގެ ބަނަ ވިލާގަނޑު، މުޅި ދުނިޔޭގެ މަސްރަޙު އިތުރަށް ބަނަ ކުރިއެވެ.

މިފަދަ ހާލެއްގައި ވަނިކޮށް 1444 ވަނަ އަހަރުގެ ރަމަޟާން މަސް، މުސްލިމު ޢުއްމަތާ މި ބައްދަލު ކުރީ ގޮންޖެހުން ބޮޑު ދުވަސްވަރެއްގައެވެ. އެންމެ ބޮޑު ގޮންޖެހުމަކީ އިޤްތިޞާދީ އަދި މާލީ ހީނަރުކަން ކަމާ މެދު ދެބަސްވެވޭކަށް ނެތެވެ. ބާޒާރުތަކުގައި އަގު ނުއުފުލޭ ހަމަ އެކައްޗެއްވެސް ނެތޭ ދެންނެވިދާނެއެވެ.

މުސްލިމުން އެންމެ ގިނަ ޢަދަދަކަށް ދިރިއުޅޭ އޭޝިއާ ބައްރުން ފެށިގެން މެދުއިރުމައްޗަށް ބެލި ކަމުގައި ވީ ނަމަވެސް، މި ފަހަރުގެ ރަމަޟާން މަހު ކުރިމަތިލާން ޖެހިފައި ވާ އެންމެ ބޮޑު ތަކުލީފަކީ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލުމުގެ ތަކުލީފުތަކެވެ.

ބާޒާރުގައި ތަކެތީގެ އަގުތައް އުފުލުމުގެ ހިތި ރަހަ އެންމެ ބޮޑަށް ތަޖުރިބާ ކުރަން ޖެހިފައި ވާ އެއް ބަޔަކީ އަވަށްޓެރި ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ރަށްވެހިންނެވެ. ރަމަޟާން މަހާ ދިމާކޮށް ވިޔަފާރި ކުރުމަށް މި ފަހަރު ހުރަސްތަކެއް ވަނީ ގިރާ ކުރަން ޖެހިފައެވެ. ވަކިން ހާއްސަކޮށް، ކާބޯތަކެތީގެ އަގުތައް އުފުލުމުގެ ސަބަބުން އުފުލަންޖެހޭ ވޭން ވަނީ ބޮޑުވެފައެވެ.

ބަންގްލަދޭޝްގެ ސަރުކާރުން ސަބްސިޑީ ދޫކޮށްފައިވާ މުދާ ވިއްކާ ލޮރީތަކުގެ ކައިރީގައި ދަމާލާފައިވާ ދިގު ސަފުތަކަށް ބަލާލުމުން، އެކަން ކިތަންމެހާވެސް ރަނގަޅަކަށް ހާމަވެއެވެ. މި ޓްރަކްތަކަކީ، އުފުލެމުންދާ ކާބޯތަކެތީގެ އަގުތަކާ ގުޅިގެން އޯޕަން މަރކެޓް ސޭލްސް (އޯއެމްއެސް)ގެ ނަމުގައި ބަންގްލަދޭޝްގެ ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. ހަނޑުލާއި ގޮދަން ފުށް ފަދަ، ޒަރޫރީ ކާބޯތަކެތި، މި ޓްރަކްތަކުން، ހެޔޮ އަގުގައި ގަންނަން ލިބެން ހުރެއެވެ.

ކަން މިހެން އޮތް އިރު، ބަންގްލަދޭޝްގެ ލޯކަލް މަރުކޭޓުގައި ވިޔަފާރި ކުރާ ފަރާތްތަކަށް ވަނީ ނުތަނަވަސްކަން ކުރިމަތިވެފައެވެ. ކަސްޓަމަރުންގެ ޢަދަދު މަދުކަމުންނެވެ. ރޮއިޓަރޒްއާ ވާހަކަ ދައްކަމުން، ގޮވާން ވިއްކާ މީހަކު ބުނީ ވިޔަފާރި ރަނގަޅު ނޫން ކަމަށެވެ. އަގުތައް ބޮޑު ކަމަށާ، ނަމަވެސް މީހުންގެ އާމްދަނީ ދަށް ކަމަށް އޭނާ ބުންޏެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާއި ޔޫކްރައިން ހަނގުރާމައިގެ ސަބަބުން ބައިނަލްއަޤުވާމީ ސަޕްލައި ޗޭނަށް ލޮޅުންތައް އަރާ، ކާބޯތަކެތީގެ އަގުތަކަށް އެކަމުގެ ނޭދެވޭ އަސަރުތައް ފޯރަމުން ދާއިރު، މި ދުވަސްވަރަކީ، ހަކަތައިގެ ސަޕްލައާއި އަގުތަކަށްވެސް ނޭދެވޭ އަސަރުތަކެއް ފޯރާ، ދެކުނު އޭޝިއާ ސަރަޙައްދުގެ އިޤްތިޞާދަށް އިންތިހާ ހާސްކަން ކުރިމަތިވެފައި ވާ ދުވަސްވަރެއް ކަން ފާހަގަ ކުރަން ޖެހެއެވެ.

ބަންގްލަދޭޝް

ކޮމެންޓް

އިތުރަށް ކިޔާލަން

މަގާމުން ވަކިކުރެވިފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަރިކަލުން ހައްޔަރުކުރުމަށް އަމުރެއް ނެރެފި

މަގާމުން ވަކިކުރެވިފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަރިކަލުން ހައްޔަރުކުރުމަށް އަމުރެއް ނެރެފި

05 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާގެ ޙާލު ސީރިއަސް ވެއްޖެ

ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާގެ ޙާލު ސީރިއަސް ވެއްޖެ

30 ނޮވެމްބަރު 2025
ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ

ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ

21 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު