Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިހުޔާ ފޯރަމް

ރަމަޟާންމަހު ރަނގަޅު އަމަލުކޮށް އެގޮތުގައި ދެމިހުރެއްޖެނަމަ އެމީހެއްގެ ޙަޔާތުގެ ބާކީ ދުވަސްތައް ރަނގަޅުކޮށްދެއްވާނެ: މިނިސްޓަރު

ރޯދައަށް ހުންނައިރު އެމީހެއްގެ އުޅުމާއި އެމީހެއްގެ ސުލޫކު ބަހައްޓަންޖެހޭނީ ވަރަށް ތަފާތުކޮށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 24 މާރިޗު 2023 | ހުކުރު 02:23
އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ އިހުޔާ ފޯރަމްގައި ވާހަކަދައްކަވަނީ

އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ އިހުޔާ ފޯރަމްގައި ވާހަކަދައްކަވަނީ

ރަމަޟާންމަހު ރަނގަޅުކަންތައް ކުރާފަދައިން ރަނގަޅުކަންތައްތައް ކުރުންމަތީ ދެމިހުރެއްޖެނަމަ މާތްﷲ ގެ އިރާދަފުޅުން އެމީހެއްގެ ޙަޔާތުގައި ބާކީ ދުވަސްތައް ރަނގަޅުކޮށްދެއްވާނެކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް މިއަހަރު ބޭއްވި ފުރަތަމަ ފޯރަމް ފައްޓަވައިދެއްވައި ތަޤްރީރުކުރައްވަމުންނެވެ. ”ހެޔޮ ބަދަލަކަށް ރަމަޟާން” މި މައުޟޫއަށް ބުރާސްފަތި ދުވަހުގެރޭ ތަޤްރީރުކުރައްވާފައި ވަނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ އަޙްމަދު ޒާހިރު ޢަލީ އާއި އައްޝައިޚް ޙަސަން ލަޠީފް މޫސާއެވެ.

އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުން މިނިސްޓަރު ޑރ އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ މިފަދަ މައުޟޫއަކަށް ވާހަކަދައްކާއިރު ވަރަށް ގިނަ ކަންތައްތަކެއް ހަނދާނުގައި ބަހައްޓަން ޖެހޭކަމަށެވެ. ކީރިތި ރަސޫލާ ﷺގެ ޙަޔާތްޕުޅަށް ބަލާލުމުން، ރަމަޟާންމަހަށް ކީރިތި ރަސޫލާ ﷺ ޚާއްސަ ސަމާލުކަމެއް ދެއްވާ މަންޒަރު ފެންނާނެކަމަށާއި ރަމަޟާންމަސް އިޙްޔާކޮށް ދިރުވުމަށްޓަކައި އެކަލޭގެފާނު ތައްޔާރުވެވަޑައިގެންނެވި މަންޒަރު އެކަލޭގެފާނުގެ ޙަޔާތްޕުޅަށް ބައްލަވާލެއްވުމުން ފެންނާނެކަމަށް ވިދާޅުވިއެވެ.

އެކަލޭގެފާނު އަމިއްލަފުޅަށް ތައްޔާރުވެވަޑައިގަންނަވާ ފަދައިން އެކަލޭގެފާނުގެ އާއިލާ ރަމަޟާން މަހުގެ އަޅުކަމާއިގެން އުޅުއްވުމަށްޓަކައި ޚާއްސަ އަހައްމިއްޔަތުކަމެއް ދެއްވައި، އިރުޝާދުތަކެއް އެކަލޭގެފާނު ދެއްވިކަމަށް ވިދާޅުވިއެވެ. އަދި ކީރިތި ރަސޫލާ ﷺގެ މުޅި ސީރަތަށް ބަލާލައިފިނަމަ އެކަލޭގެފާނު މުޅި ރަމަޟާން މަސް ހޭދަކުރެއްވިގޮތް އެހެނިހެން މަސްމަހާ ވަރަށް ތަފާތުކަން ފެންނާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ރަމަޟާން މަހަށް ތައްޔާރުވުމަށްޓަކައި ރަމަޟާންމަހުގެ ކުރީ މަސްކަމުގައިވާ ޝަޢުބާންމަހު ރޯދައަށް ހުންނެވުމާއި، ރަމަޟާންމަސް އައުމުން، ސަޙާބީ ބޭކަލުންނަށް އެ ދެއްވާ އިރުޝާދުތަކާއި މި ހުރިހާ ކަންތައްތަކަށް ބަލާއިރު މި މައްސަރަކީ ޚާއްސަ ޤަދަރެއް ދެވިގެންވާ އެކަލޭގެފާނު ވަރަށް އަހައްމިއްޔަތުކަން ދެއްވި މައްސަރެއްކަން ފާހަގަވާކަމަށް ވިދާޅުވިއެވެ. މިނިސްޓަރުގެ ވާހަކަފުޅުގައި ރަމަޟާން މަސް ޚާއްސަވާ ސަބަބުތަކަށް ތަފްސީލީގޮތެއްގައި ބައްލަވާލެއްވިއެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ރޯދައަށް ހުންނައިރު އެމީހެއްގެ އުޅުމާއި އެމީހެއްގެ ސުލޫކު ބަހައްޓަންޖެހޭނީ ވަރަށް ތަފާތުކޮށް ކަމަށާއި ކީރިތި ރަސޫލާ ﷺގެ ހަދީޘްފުޅުން، ރޯދައަށް ހުންނައިރު ބަސް މަދުކުރަންޖެހޭކަން އެނގޭކަމަށް ވިދާޅުވިއެވެ. ދޮގުވާހަކަތައް ދެއްކުމާއި ދޭތެރެޖެއްސުމާއި، މީހުންގެ ގާތަށް ވާހަކަހިފައިގެން ދިޔުންފަދަ ކަންކަމުން ދުރުހެލިވާންޖެހޭކަމަށް ވިދާޅުވިއެވެ. އެހެން ނޫންނަމަ ރޯދައިން ލިބެންޖެހޭ ދަރުމައާއި ޘަވާބު ނުލިބޭނެކަމަށާއި ގޯސްކަންތައްތަކުން ދުރުހެލިވެ މާތްﷲ އަންގަވާފައިވާކަންތައް ކުރަންޖެހޭކަމަށް ވިދާޅުވިއެވެ. ކުރާ ޢަމަލުތަކަކީ މާތްﷲ އަންގަވާފައިވާ ކަންތައްތަކާއި އެއްގޮތަށް ކުރެވޭ ޢަމަލުތަކެއް ވާންޖެހޭކަމަށް ވިދާޅުވެ. ރޯދަ ހިފިކަމުގައިވިޔަސް މާތްﷲގެ ހަޟްރަތުން ދަރުމައާއި ޘަވާބަށް އެދިގެން އުންމީދާއިއެކު އެކަމެއް ކުރުމަށް ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ. އަދި ރަމަޟާން މަހު ރަނގަޅުކަންތައް ކުރާފަދައިން އެގޮތުގައި ދެމިހުރެއްޖެނަމަ މާތްﷲ ގެ އިރާދަފުޅުން އެމީހެއްގެ ޙަޔާތުގައި ބާކީ ދުވަސްތައް ރަނގަޅު ކޮށްދެއްވާނެކަމަށް ވިދާޅުވެ އެގޮތަށް ދުޢާކުރުމަށްވެސް ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ.

މި ފޯރަމްގައި އައްޝައިޚް ޙަސަން ލަޠީފް މޫސާ ވިދާޅުވީ ”ހެޔޮބަދަލަކަށް ރަމަޟާންމަސް” މި މައުޟޫޢަށް ވާހަކަދެކެވޭއިރު އިންސާނުންނަކީ ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާ ބައެއްކަމަށާއި އެންމެ ބޮޑު އަދާވާތްތެރިއަކީ ޝައިޠާނާކަމަށް ވިދާޅުވިއެވެ. އެހެންކަމުން ޝައިޠާނީ ވަސްވާސްތަކުން ސަލާމަތްވެތިބެގެން ނޫނީ ރަނގަޅު ހެޔޮ ބަދަލެއް އަޅުގަނޑުމެންގެ ޙަޔާތަކަށް ނުގެނެވޭނެކަމަށް ވިދާޅުވިއެވެ. އެކަމަށްޓަކައި އެންމެންވެސް ގަދައަޅައި މަސައްކަތްކުރަން ޖެހޭނެކަމަށާއި ރަމަޟާން މަސް އައުމުން މިގޮތަށް ޢަމަލުކުރުމަށްފަހު ރަމަޟާން މަސް ފާއިތުވުމުން އަނެއްކާވެސް ކުރީގެ ދިރިއުޅުމަށް އެނބުރިދެވޭކަމަށް ވިދާޅުވިއެވެ. އެހެންކަމުން ރަމަޟާން މަހަކީ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނެވޭ މަހަށް ހަދަންޖެހޭކަމަށް ވިދާޅުވިއެވެ.

ޝައިޚްގެ ވާހަކަފުޅުގައި، ރަމަޟާން މަހަކީ ތަޤުވާވެރިވުމުގެ ފުރުސަތުލިބޭ މައްސަރެއްކަމާއި، ފާފަ ފޮހެވުމުގެ ފުރުސަތާއި، އެންމެ ރެއަކުން މުޅި އުމުރުގެ ދަރުމަ ލިބޭ މައްސަރެއްކަން ފާހަގަކުރެއްވިއެވެ. އެގޮތުން ހެޔޮބަދަލެއް ގެނައުމަށް ކުރެވިދާނެ ކަންތައްތަކަށް ތަފްސީލުކޮށް ބައްލަވާލެއްވިއެވެ.

ރަމަޟާން މަހާއިއެކު އިޙްޔާ ފޯރަމްތައް ފެށިފައިވާއިރު މިއަހަރު ޖުމްލަ 13 ފޯރަމެއް މާލޭގައި ކުރިއަށްދާނެއެވެ. އެއީ އާންމުކޮށް ބާއްވާ، ޢިލްމުވެރިން ބައިވެވަޑައިގަންނަވާ 9 ފޯރަމާއި ސްކޫލުތަކުން ބާއްވާ އިހްޔާ ފޯރަމްގެ 4 ޕްރޮގްރާމެވެ. އަތޮޅުތަކުގައި މިއަހަރު 8 ފޯރަމް ބާއްވާއިރު އަތޮޅުތަކުގެ ފޯރަމްތައް ހުކުރުދުވަހުގެ ރެއިން ފެށިގެން ފެށޭނެއެވެ. އެގޮތުން އެންމެ ފުރަތަމަ އޮތީ އައްޑޫ ސިޓީގައި ބާއްވާ އިޙްޔާ ފޯރަމެވެ. މި ފޯރަމްގައި ”ލޮބުވެތި ނަބިއްޔާ ﷺގެ ޙަޔާތްޕުޅުން” މި މައުޟޫޢަށް ތަޤުރީރުކުރައްވާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ސްޓޭޓް މިނިސްޓަރ، އަލްއުސްތާޛް މުޙައްމަދު އަނީލް، އަދި ޑރ. ޢަލީ ޒާހިރު އެވެ. އައްޑޫ ހައި ސްކޫލު ހޯލްގައި އޮންނަ މި ފޯރަމް ފަށާނީ 21:30ގައެވެ.

އިސްލާމިކް މިނިސްޓްރީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025
އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

25 ނޮވެމްބަރު 2025
އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި

އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި

10 ނޮވެމްބަރު 2025
މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ

މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ

30 އޮކްޓޯބަރު 2025
ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ

ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ

30 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު