Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އެލައިޑް އިންޝުއަރަންސް

އެލައިޑާއި އަޔާދީގެ މޮޓޯ ކޮމްޕްރިހެންސިވް ޕްލޭން އޮންލައިންކޮށްފި

މި ޕްރޮމޯޝަންގެ ދަށުން ފުރަތަމަ 100 ކަސްޓަމަރުންނަށް ހިލޭ ހެލްމެޓުވެސް ލިބޭ

އާލިމް ޢަބްދުއްލަތީފް
އާލިމް ޢަބްދުއްލަތީފް, ރާއްޖެ އެމްވީ | 23 މާރިޗު 2023 | ބުރާސްފަތި 15:57
މަގުމަތީގައި ސައިކަލުތަކެއް ދުއްވަނީ

މަގުމަތީގައި ސައިކަލުތަކެއް ދުއްވަނީ

އެލައިޑާއި އަޔާދީގެ މޮޓޯ ކޮމްޕްރިހެންސުވް ޕްލޭން އޮންލައިންކޮށްފިއެވެ.

އެއްގަމު އުޅަނދުފަހަރަށް ހާއްސަ މޮޓޯ އިންޝުއަރަންސަކީ މަގުމަތީގައި ކުރިމަތިވާ ހާލަތެއްގެ ސަބަބުން އުޅަނދަށާއި އޭގެ ވެރި ފަރާތަށް ލިބޭ ގެއްލުންތަކުން ރައްކާތެރިކަން ފޯރުކޮށްދޭ ޕްލޭނެކެވެ. އެގޮތުން ރާއްޖޭގެ އެންމެ ތަޖުރިބާކާރު ކުންފުނި؛ އެލައިޑު އިންޝުއަރެންސަށް ލިބިފައިވާ ލިބިފައިވާ ތަޖުރިބާގެ އަލީގައި މޮޓޯ އިންޝުއަރަންސްގެ 2 ހިދުމަތެއް އަންނަނީ ފޯރުކޮށްދެމުންނެވެ. އެއީ ސަރުކާރުން ލާޒިމްކުރާ "ތަރޑް ޕާޓީ މޮޓޯ" އަދި "ކޮމްޕްރިހެންސިވް މޮޓޯ" ޕްލޭނެވެ.

Advertisement - businessAdvertisement

ސަރުކާރުން ލާޒިމްކުރާ ”ތަރޑް ޕާޓީ މޮޓޯ" ޕްލޭނަކީ އެކްސިޑެންޓެއްގެ ސަބަބުން ތިންވަނަ ފަރާތަށާއި އެފަރާތުގެ އުޅަނދަށް ލިބޭ ގެއްލުން ކަވަރުކުރާ އޮންލައިންކޮށްވެސް ނެގޭ ޕްލޭނެކެވެ. މިއާއި ހިލާފަށް، ފުލް ކަވަރޭޖް (އަމިއްލަ ނަފްސާއި ވެހިކަލް އަދި ތިންވަނަ ފަރާތާއި ވެހިކަލް) ހިމެނޭ "ކޮމްޕްރިހެންސިވް މޮޓޯ" ޕްލޭން ފޯރުކޮށްދެމުން އައީ އެލައިޑުގެ ހިދުމަތް ފޯރުކޮށްދޭ އޮފީސްތަކުންނާއި ކައުންޓަރުތަކުންނެވެ.

އެހެންނަމަވެސް، މިއަހަރުގެ ރޯދަ ޕްރޮމޯޝަނާއެކު, ކޮމްޕްރިހެންސިވް މޮޓޯ ޕްލޭންގެ ހިދުމަތްވެސް ޑިޖިޓަލައިޒް ކުރެވި "މައި އެލައިޑް" ޕޯޓަލްއިން އޮންލައިކޮށް ނެގޭނެ އިންތިޒާމް ހަމަޖައްސައިފައިވާކަމަށް އެ ކުންފުނިން ބުނެއެވެ. ރޯދަ މަހުގެ ނިޔަލަށް ކުރިޔަށްދާ މިޕްރޮމޯޝަންގެ ތެރެއިން "މޮޓޯ ކޮމްޕްރިހެންސިވް" ޕްލޭން ނަންގަވާ އެންމެ ފުރަތަމަ 100 ކަސްޓަމަރުންނަށް، ކޮންމެ ކަސްޓަމަރަކަށް ހިލޭ ހެލްމެޓެއް ދިނުމަށް ހަމަޖެހިފައިވާކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

އެލައިޑް އިންޝުއަރަންސުން މައުލޫމާތު ދޭގޮތުގައި، މޮޓޯ ކޮމްޕްރިހެންސިވް ޕްލޭންސް އޮންލައިން ކުރުމުގެ ފަހަތުގައި ވަނީ އެކުންފުނީގެ އެއް އަސާސްކަމުގައިވާ "ކަސްޓަމަރ ސެންޓްރިސިޓީ"އަށް އަހައްމިއްޔަތުކަން ދޭ މިންވަރެވެ. އެގޮތުން ކަސްޓަމަރުން އިންޝުއަރަންސްގެ ހައްލު ހޯދުމަށް ފަސޭހަ، އިނޮވޭޓިވް ސޮލިއުޝަންސް ފޯރުކޮށްދިނުމަކީ އެކުންފުނިން ނުހަނު އިސްކަމެއް ދޭ ކަމެއް ކަމުގައި އެ ކުންފުނިން ބުނެއެވެ.

އެލައިޑް އޮންލައިން ޕޯޓަލް "މައި އެލައިޑުން" މޮޓޯ ކޮމްޕްރިހެންސިވް ޕްލޭންސް ތައާރަފުކުރުމުގެ ގޮތުން، ޕްލޭން ވަގުތުން ނެގޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވަނީ 40،000 – 100،000 ރުފިޔާއާއި ދެމެދުގެ އަގުތަކުގައި ގަނެގެން، ބޭނުންކުރަމުންދާތާ ފަސް އަހަރު ނުވާ ސައިކަލުތަކަށެވެ. އެހެނިހެން އުޅަނދުތަކަށް އޮންލައިންކޮށް ކޮމްޕްރިހެންސިވް ޕްލޭން ނެގުން ހަމަޖެހިފައިވަނީ ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ޕްރޮސެސް ފުރިހަމަކުރެއްވުމުން، އެލައިޑުން އެޕްލިކޭޝަންގެ ސައްހަކަން ވެރިފައިކުރުމަށްފަހު ފޮނުވާ ޕޭމަންޓް ލިންކްގެ ތެރެއިން ފައިސާ ދެއްކުމުންނެވެ.

މިއީ ކަސްޓަމަރުންގެ އަގުހުރި ވަގުތު ސަލާމަތްކުރުމާއެކު ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ފަސޭހަ މަގެއް ކަމަށް އެލައިޑުން ބުނެއެވެ. އެގޮތުން އެލައިޑް އިންޝުއަރަންސާއި އެކުންފުނީގެ އިސްލާމިކް ވިންޑޯ "އަޔާދީ ތަކާފުލް"އިން ވެސް ހިދުމަތް ހޯދޭނެކަމަށް އެލައިޑުން މައުލޫމާތު ދެއެވެ.

މި ހިދުމަތް އޮންލައިންކޮށް ހޯދުމުގައި އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ އެއް ކަމަކީ، ވެހިކަލް ރަޖިސްޓްރީކޮށްފައިވާ ފަރާތުގެ ނަމުގައި ޕްލޭން ނަގާ، ފޯރުކޮށްދޭ މައުލޫމާތުގެ ސައްހަކަން ޔަގީންކުރުން ކަމުގައި އެލައިޑުން ފާހަގަކުރެއެވެ. މި ހިދުމަތް ހޯދުމުގައި އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ، އެލައިޑްގެ ހޮޓްލައިން 1600އަށް ގުޅުމަށް އެ ކުންފުނިން އެދެއެވެ.

އެލައިޑް އިންޝުއަރެންސް

ކޮމެންޓް

Like & Win

Giveaway
Powered by: Click Computers
Acer Travelmate P2

Acer Travelmate P2

i3 • 4GB • 256GB SSD • 14" FHD

Tap

އިތުރަށް ކިޔާލަން

ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމްގެ 3 ވަނަ އެޑިޝަން ކާމިޔާބުކަމާއެކު ނިންމާލައިފި

ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމްގެ 3 ވަނަ އެޑިޝަން ކާމިޔާބުކަމާއެކު ނިންމާލައިފި

02 ސެޕްޓެމްބަރު 2025
މުދަލު ޒަކާތުގެ ގޮތުގައި 2852 ފަޤީރުންނަށް ބޮލަކަށް 5000 ރުފިޔާ ބަހައިފި

މުދަލު ޒަކާތުގެ ގޮތުގައި 2852 ފަޤީރުންނަށް ބޮލަކަށް 5000 ރުފިޔާ ބަހައިފި

26 ޖޫން 2025
ޓީޓީއެމް ގާލާގެ ތެރެއިން ނަސީބުވެރި 3 ފަރާތަކަށް އެލައިޑްގެ ކޮމްޕްލިމެންޓަރީ ޕްރިމިއަމް ހެލްތް ޕްލޭނަކާއި ވަރލްޑްވައިޑް ޓްރެވަލް ޕްލޭންސް ހަދިޔާކޮށްފި

ޓީޓީއެމް ގާލާގެ ތެރެއިން ނަސީބުވެރި 3 ފަރާތަކަށް އެލައިޑްގެ ކޮމްޕްލިމެންޓަރީ ޕްރިމިއަމް ހެލްތް ޕްލޭނަކާއި ވަރލްޑްވައިޑް ޓްރެވަލް ޕްލޭންސް ހަދިޔާކޮށްފި

26 އޯގަސްޓު 2024
އެލައިޑުގެ ޗައިލްޑް އެޑިއުކޭޝަން ތަކާފުލްއަށް ޚާއްސަ ޕްރޮމޯޝަނެއް

އެލައިޑުގެ ޗައިލްޑް އެޑިއުކޭޝަން ތަކާފުލްއަށް ޚާއްސަ ޕްރޮމޯޝަނެއް

09 މެއި 2024
އެލައިޑް ކޮމިއުނިޓީ ފަންޑާއި އެޑިޔުކޭޝަން ފަންޑް ލިބޭ ފަރާތްތައް އިއުލާންކޮށްފި

އެލައިޑް ކޮމިއުނިޓީ ފަންޑާއި އެޑިޔުކޭޝަން ފަންޑް ލިބޭ ފަރާތްތައް އިއުލާންކޮށްފި

04 ޖެނުއަރީ 2024

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު