Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތ. ވިލުފުށި

ވިލުފުށީ "ހެޔޮބަސް" ޖަމިއްޔާއިން އެ ރަށު މިސްކިތެއް އޭސީކޮށްފި

23 މާރިޗު 2023 | ބުރާސްފަތި 13:14

އެ ޖަމިއްޔާއަކީ ރަށުގެ ތަރައްގީއަށް އަބަދުވެސް މަސައްކަތްކުރާ ޖަމިއްޔާއެއް

އާލިމް ޢަބްދުއްލަތީފް
އާލިމް ޢަބްދުއްލަތީފް | 23 މާރިޗު 2023 | ބުރާސްފަތި 13:14
ފިތުރު ޒަކާތް ބަލައިގަންނަން ވަނީ ފަށައިފައި --

ފިތުރު ޒަކާތް ބަލައިގަންނަން ވަނީ ފަށައިފައި --

ވިލުފުށީގައި ޖަމުއިއްޔާއަކުން އިސްނަގައިގެން އެރަށުގެ ޢުމަރުފާރޫޤު މިސްކިތުގެ އަންހެނުން ނަމާދުކުރާބައި އޭސީ ކޮށްފިއެވެ.

މި މަސައްކަތަކީ އެ ރަަށު ކައުންސިލުގެ އެދުމުގެ މަތިން އެރަށުގައި އަލަށް ރަޖިސްޓްރީކޮށްފައިވާ ޖަމުއިއްޔާއެއްކަމުގައިވާ “ހެޔޮބަސް ޖަމުއިއްޔާ” އާއި އެ ރަށު ކައުންސިލް އަދި ހެޔޮއެދޭ ގިނަފަރާތްތަކެއްގެ އެހީތެރިކަމާއެކު ކުރެވުނު މަސައްކަތެއް ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

Advertisement - newsAdvertisement

މިމަސައްކަތަކީ ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުންނާއި، އެމިސްކިތުގެ އަންހެނުން ނަމާދުކުރާބަޔަށް މާބޮޑަށް ހޫނުވާތީ އެރަށު ކައުންސިލްގެ އެދުމުގެމަތިން އެޖަމުއިއްޔާއިން އެރަށުގައި ހިންގި މަޝްރޫއެކެވެ.

އެރަށު ކައުންސިލުގެ ރައީސް ހުސައިން ޖަބީން ވިދާޅުވިގޮތުގައި ހެޔޮބަސް ޖަމުއިއްޔާ އަކީ ވިލުފުށީގައި އިސްލާމީ ޢަޤީދާ ވަރުގަދަކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންއަންނަ ޖަމުއިއްޔާ އެކެވެ. އެގޮތުން އެރަށުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ރަށުގެ މުއައްސަސާތަކާގުޅިގެން ގިނަމަސައްކަތްތަކެއް ކުރަމުންދެއެވެ. އަދި ކޮންމެ އަހަރަކު ރަށުގެ ރައްޔިތަކަށް އުމްރާ ދަތުރެއް ވެސް އެޖަމުއިއްޔާއިން ހަދިޔާކޮށްދެއްވާކަމަށް އޭނާ ވިދާޅުވިއެވެ.

ހެޔޮބަސް ޖަމިއްޔާގެ ރައީސް އަހްމަދު ނާފިއު ވިދާޅުވީ މި މަސައްކަތަށް އެ ޖަމިއްޔާއިން އިސްނެގީ ކައުންސިލުން ދެއްވި ލަފާގެ މަތިން ކައުންސިލާއެކު ކުރެވުނު މަޝްވަރާތަކަކަށްފަހު ކަމަށެވެ. އަދި މި މަސައްކަތްކުރެވުނީ ގިނަ ބައެއްގެ އެހީތެރިކަމާއެކުގައި ކަމަށާއި އެ ހުރިހާ ފަރާތްތަކަށް ވެސް ޝުކުރު އަދާކުރާކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ޖަމިއްޔާއިން އަބަދުވެސް މަސައްކަތްކުރާނީ ވިލުފުށީގެ ރައްޔިތުންގެ ކުރިއެރުމަށް ޓަކައި ކަމަށާއި ވިލުފުށީ ރައްޔިތުން ހޭލުންތެރިކުރުވުމަށް ޓަކައި ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިސްކިތް އޭސީ ކޮށްފައިވަނީ 18،000 ބީޓީޔޫގެ ފަސް އޭސީ ބޭނުން ކޮށްގެންނެވެ.

މި މިސްކިތަކީ ނަލަހިޔާ ޓްރޭޑިންގ ޕްރައިވެޓްލިމިޓެޑްގެ ޗެއަރމަން، އިބްރާހީމް ވަހީދުގެ ބައްޕާފުޅުގެ ހަދާނުގައި އެބޭފުޅާ ޢިމާރާތްކުރައްވާފައިވާ މިސްކިތެކެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މި މިސްކިތަކީ ދިވެހިރާއްޖޭގެ ތިންވަނައަށް އެންމެބޮޑު މިސްކިތެވެ.

ތ.ވިލުފުށި

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

4

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

5

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

އިތުރަށް ކިޔާލަން

27 ޑިސެމްބަރު 2023

ޑައިމޯފިން ޓްރެފިކް ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން މީހަކު ހޯދަނީ

27 ޑިސެމްބަރު 2023
ޑައިމޯފިން ޓްރެފިކް ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން މީހަކު ހޯދަނީ
22 ޑިސެމްބަރު 2023

ޒަމީރު ވިލުފުއްޓަށް ވަޑައިގަތުމުން ޕީޕީއެމްގެ ސަޕޯޓަރުން އަރައިގަނެއްޖެ

22 ޑިސެމްބަރު 2023
ޒަމީރު ވިލުފުއްޓަށް ވަޑައިގަތުމުން ޕީޕީއެމްގެ ސަޕޯޓަރުން އަރައިގަނެއްޖެ
20 ސެޕްޓެމްބަރު 2023

ވިލުފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމާއި މޫދަށް އެރޭ ސަރަހައްދު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި

20 ސެޕްޓެމްބަރު 2023
ވިލުފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމާއި މޫދަށް އެރޭ ސަރަހައްދު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި
13 މެއި 2022

ވިލުފުއްޓާ ދިޔަމިގިލީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

13 މެއި 2022
ވިލުފުއްޓާ ދިޔަމިގިލީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް