Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕްރެމިއާ ލީގު

ޕްރެމިއާ ލީގު މެޗުތަކުގައި ރޯދަ ވީއްލަން ފުރުސަތުދޭނެ

ރޯދަ ވީއްލާނެ ވަގުތުކޮޅެއް ދޭންޖެހޭ މެޗެއްކަން ކަށަވަރުކުރުމަށް، މެޗުގެ ކުރިން މަޝްވަރާކުރާނެ

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 23 މާރިޗު 2023 | ބުރާސްފަތި 12:02
ހަކީމް ޒިޔެޗް، މާރޭޒް އަދި ސަލާހް: ރޯދަ ވީއްލަން މެޗުތެރޭގައި ވަގުތުދޭނެ

ހަކީމް ޒިޔެޗް، މާރޭޒް އަދި ސަލާހް: ރޯދަ ވީއްލަން މެޗުތެރޭގައި ވަގުތުދޭނެ

ބަރަކާތްތެރި ރަމަޟާން މަހުގެ ތެރޭގައި އިނގިރޭސި ޕްރެމިއާ ލީގުގައި ކުޅޭ މެޗުތަކުގައި ކުޅުންތެރިން ރޯދަ ވީއްލަން ރެފްރީން ވަގުތުކޮޅެއް ދޭން ނިންމައިފިއެވެ.

ނަމަވެސް ރޯދަ ވީއްލަން މެޗު މެދުކަނޑާނީ ކޮން ވަގުތެއްގައި ކަމަށާއި, އެކަމަށް ހޭދަކުރާނީ ކިހާ ވަގުތެއްކަން ކަނޑައަޅާނީ މެޗުގެ ރެފްރީއެވެ. ޕްރެމިއާ ލީގުން ބޮޑަށް ބާރު އަޅަނީ ރޯދަ ވީއްލުމަށް ހާއްސަކޮށް މެޗު މެދުކަނޑާނުލައި, ކުޅުމުގެ ތެރެއިން ބޯޅަ ބޭރަށްދާ ވަގުތެއްގައި މިކަމަށް ވަގުތުކޮޅެއް ދިނުމަށެވެ. މި ގޮތުން ކޯނަރު ނުވަތަ އެއްލުމަކަށް ނުވަތަ ގޯލް ކުރިމަތިން ޖެހުމަށް ބޯޅަ ބޭރުވާ ވަގުތެއްގައި ކުޅުންތެރިންނަށް ރޯދަ ވީއްލަން ވަގުތު ދިނުމަށެވެ. މިއީ މިދިޔަ ސީޒަނުގެ ބައެއް މެޗުތަކުގައި އަމަލުކޮށްފައިވާ ގޮތެކެވެ.

ޕްރެމިއާ ލީގުގައި ރޯދަ ވީއްލާނެ ވަގުތުކޮޅެއް ދޭންޖެހޭ މެޗެއްކަން ކަށަވަރުކުރުމަށް މެޗުގެ ކުރިން ރެފްރީންނާއި މެޗު ކޮމިޝަނަރު އަދި ދެ ޓީމުގެ މެނޭޖަރުން މަޝްވަރާކުރާނެ އެވެ. އެއީ ރޯދައަށްހުރެ މެޗު ކުޅޭ ކުޅުންތެރިއަކު ހުރިކަން ޔަގީން ކުރުމަށާއި އެކަމަށް ބޭނުންވާ ކުޅުންތެރިއަކު ހުރިކަން ކަށަވަރުކުރުމަށެވެ.

ޕްރެމިއާ ލީގަކީ ގިނަ އަދަދަކަށް މުސްލިމް ކުޅުންތެރިން ކުޅޭ ލީގެކެވެ. މީގެ ތެރޭގައި ލިވަޕޫލްގެ މިސުރު ފޯވަޑް މުހައްމަދު ސަލާހްއާއި މެންޗެސްޓާ ސިޓީގެ އަލްޖީރިއާ މިޑްފީލްޑަރު ރިޔާދް މާރޭޒްއާއި ޗެލްސީގެ އެންގޯލޯ ކާންޓޭ ހިމެނެއެވެ.

އިނގިރޭސި ކުލަބުތަކުގެ ތެރެއިން އާސެނަލްއާއި ޗެލްސީ އަދި ޓޮޓެންހަމާއި ލިވަޕޫލްގެ އިތުރުން މެންޗެސްޓާގެ ދެ ކުލަބުން ވަނީ ރަމަޟާން މަސް ފެށުމާއެކު މި މާތް މައްސަރަށް މަރުހަބާ ކިޔާފައެވެ. އަދި ޗެލްސީގެ ދަނޑުގައި އަންނަ އާދީއްތަ ދުވަހު ހާއްސަ ތަރާވީހެއް ބޭއްވުމަށް އެކުލަބުން ވަނީ ނިންމާފައެވެ.

ޕްރިމިއަރ ލީގުރަަމަޟާން

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު