Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ވެމްކޯ

ރޯދަމަހު ކުނި ނަގަން ފަށާނީ ތަރާވީހުގެ ފަހުން: ވެމްކޯ

މެންދަމު 3:00 އާ ހަމައަށް ކުނި ނެގުމުގެ މަސައްކަތް ކުރިއަށްދާނެ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 23 މާރިޗު 2023 | ބުރާސްފަތި 10:55
ވެމްކޯ ކުނި އުކާލުން

ވެމްކޯ ކުނި އުކާލުން

ރަމަޟާންމަހު ގޭބީސީތަކުން ކުނި ނެގުމުގެ މަސައްކަތް ފަށާނީ ތަރާވީސް ނަމާދަށް ފަހުގައި ކަމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ.

ރަަމަޟާންމަހު ވެމްކޯގެ މަސައްކަތްތައް ކުރިއަށްގެންދަން ހަމަޖެހިފައިވާގޮތާ ގުޅޭގޮތުން "ރާއްޖެ ޓީވީ"ގައި ވާހަކަދައްކަވަމުން ވެމްކޯގެ ޖެނެރަލް މެނޭޖަރު އަހުމަދު ޝާފިއު ވިދާޅުވީ އެހެން އަހަރުތަކެކޭ އެއްފަދައިން މިފަހަރުވެސް ވެމްކޯގެ ޚިދުމަތްދޭ ގަޑިތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާކަމަށެވެ. ވަކިން ޚާއްސަކޮށް ގޭބީސީތަކުން ކުނި ނަގަން ފަށާ ގަޑި ލަސްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ކުރީ ރޯދަމަސްތަކުގައި 6:30 ގައި ކުނި ނެގުމުގެ މަސައްކަތް ފެށިނަމަވެސް މިއަހަރު ވެމްކޯގެ ޓީމުތަކުން މަސައްކަތް ފަށާނީ ތަރާވީސް ނަމާދަށްފަހުގައި ކަމަށް ޝާފިއު ވިދާޅުވިއެވެ. 09:00 އެހާއިރު ޓީމުތަކުން ކުނި ނެގުމުގެ މަސައްކަތް ފަށާނެ ކަމަށާއި، މެންދަމު 3:00 އާ ހަމައަށް ކުނި ނެގުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ކޮންމެ ރެއަކުވެސް އެންމެ ލަސްވެގެން 8 ޖެހުމުގެ ކުރިން ގޭބީސީތަކުން ކުނި ނެރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން، ވިޔަފާރިތަކާއި ކެފޭތަކާއި، މުއައްސަސާތަކުން ކުނި ނެގުމުގެ މަސައްކަތް ދެ ޝިފްޓަކަށް ބަހާލައިގެން ކުރިއަށްގެންދަން ވަނީ ނިންމާފައެވެ. ކޮމާޝަލް ތަންތަނުން ކުނި ނެގުމުގެ މަސައްކަތް ހެނދުނު 9:00 އިން މެންދުރުފަހު 4:00 އަށް ކުރިއަށްދާނެ ކަމަށް ޝާފިއު ވިދާޅުވިއެވެ. އަދި ކެފޭތަކުން ކުނި ނެގުމުގެ މަސައްކަތް ކުރިއަށްދާނީ ރޭގަނޑު ކަމަށް އޭނާ ވިދާޅުވިއެވެ.

ޝާފިއު އިތުރަށް ވިދާޅުވީ ޓްރާންސްފަރ ސްޓޭޝަންތަކުން ކޮންމެ ދުވަހަކުވެސް ހެނދުނުން ފެށިގެން ހަވީރު 5:00 އާ ހަމައަށް ޚިދުމަތް ދެވިގެންދާނެ ކަމަށެވެ. އެއަށްފަހު ރޭގަނޑު 9:00 އިން މެންދަމު 1:30 އާ ހަމައަށް ޓްރާންސްފަރ ސްޓޭޝަންތަކުން ޚިދުމަތް ދޭނެ ކަމަށް ޝާފިއު ވިދާޅުވިއެވެ.

ރަމަޟާންމަހަކީ އަބަދުވެސް ކާބޯތަކެތިން އުފެދޭ ކުނި އިތުރުވާ މަހަކަށްވުމާއެކު ގޭބީސީތަކުން ކުނި ނެރޭއިރު ރަނގަޅަށް ކުނި ބަންދުކޮށްފައި ނެރުމަށް ޝާފިއު ވަނީ އެދިވަޑައިގެންފައެވެ.

އޭޕްރިލް 1 ވަނަ ދުވަހުން ފެށިގެން ވެމްކޯއިން ދެމުންދާ ޚިދުމަތްތަކަށް ބަދަލު އަންނާނެއެވެ. އޭޕްރިލް 1 އިން ފެށިގެން ވެމްކޯއިން ކުނި ނަގަމުންދާނީ ގޭބީސީތަކުގެ ތިރިންނެވެ.

ވެމްކޯކުނި

ކޮމެންޓް

އިތުރަށް ކިޔާލަން

ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ

ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ

07 ޑިސެމްބަރު 2025
ވެމްކޯ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ 8 މަސް

ވެމްކޯ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ 8 މަސް

30 އޮކްޓޯބަރު 2025
ޖޫން މަހުގައި ހިދުމަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި ހުޅުދެލި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ވީގޮތެއް ނޭނގޭ!

ޖޫން މަހުގައި ހިދުމަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި ހުޅުދެލި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ވީގޮތެއް ނޭނގޭ!

02 އޮކްޓޯބަރު 2025
ހަލާލު ފަތުރުވެރިކަން ހިމެނޭ ގޮތަށް މި ސިނާއަތް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވިފައިވޭ: ރައީސް މުއިއްޒު

ހަލާލު ފަތުރުވެރިކަން ހިމެނޭ ގޮތަށް މި ސިނާއަތް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވިފައިވޭ: ރައީސް މުއިއްޒު

28 ސެޕްޓެމްބަރު 2025
ރައީސް މުޢިއްޒު ނިލަންދޫގައި ކުނިކޮށްޓެއް ހުޅުވައިދެއްވައިފި

ރައީސް މުޢިއްޒު ނިލަންދޫގައި ކުނިކޮށްޓެއް ހުޅުވައިދެއްވައިފި

23 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު