Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕިއޮރ ލަގްޒަރީ ސްޕްރިންގް އެޑިޝަން

ޕިއޮރ ލަގްޒަރީ ސްޕްރިންގް އެޑިޝަންގައި ލަގްޒޭރިއަސް ޑެސްޓިނޭޝަން މޯލްޑިވްސް ޕްރޮމޯޓްކޮށްފި

އެމްއެމްޕީއާރުސީގެ އަމާޒަކީ ލަގްޒަރީ މަންޒިލެއްގެ ގޮތުގައި މޮސްކޯގެ ޓްރެވަލް ޓްރޭޑާއި، މަތީފަންތީގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަޤޫބޫލުކަން އިތުރުކުރުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 23 މާރިޗު 2023 | ބުރާސްފަތި 04:59
ޕިއޮރ ލަގްޒަރީ ސްޕްރިންގް އެޑިޝަން

ޕިއޮރ ލަގްޒަރީ ސްޕްރިންގް އެޑިޝަން

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ރަޝިޔާގެ މޮސްކޯގައި ބޭއްވި ޕިއުރ ލަގްޒަރީ ސްޕްރިންގް އެޑިޝަން 2023 ރާއްޖޭގެ ތަފާތު ލަކްޒަރީ ތަޖުރިބާތަކާއި ހިދުމަތްތައް ދައްކާލައިފިއެވެ.

މި ހަރަކާތަކީ ލަގްޒަރީ ފަތުރުވެރިކަމުގެ ހިދުމަތާއި، ޕްރޮޑަކްތައް ފޯރުކޮށްދޭ ފަރާތްތަކާއި މަތީފަންތީގެ ވީއައިޕީ ކްލައިންޓުންނަށް ޚިދުމަތްދޭ ރަޝިޔާގެ ޓްރެވަލް މާކެޓާއި ޕްރޮފެޝަނަލުން ގުޅުވާލާ އިވެންޓެކެވެ.

2011 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ޕިއޮރ ލަގްޒަރީ ސްޕްރިންގް އެޑިޝަނަކީ ލަގްޒަރީ ފަތުރުވެރިކަމުގެ ހިދުމަތްތަކާއި، ޕްރޮޑަކްޓްތައް މަތީ ފެންވަރުގެ ފަތުރުވެރިންނަށް ދައްކާލުމަށް ރަޝިއާގައި ބާއްވާ އެންމެ މުހިއްމު އަދި ބޮޑު އެއް ހަރަކާތެވެ. މި އަހަރު މި ހަރަކާތް ބާއްވާފައިވަނީ މޮސްކޯގެ މަޝްހޫރު ފޯ ސީޒަންސް ހޮޓަލުގައެވެ. އެމްއެމްޕީއާރުސީއިން މި ހަރަކާތުގައި ބައިވެރިވީ އެ ރީޖަންއަށް ކަނޑައަޅާފައިވާ ޕީއާރު ރެޕްރެސެންޓޭޓިވްސް، ކޮންޕަސް ކޮންސަލްޓިންގއެވެ. ލަގްޒަރީ ޓްރެވަލް އަދި ވީއައިޕީ ކްލައިންޓޭލް އާއި ރަޝިއާގެ ލަގްޒަރީ ޓްރެވަލް ކުންފުނިތަކަށް ރާއްޖޭގެ ލަގްޒަރީ ޕްރޮޑަކްޓްތަކާއި ހިދުމަތްތައް މި ހަރަކާތުގައި ވަރަށް ފުރިހަމަކޮށް ދައްކާލެވުނެވެ.

މި އިވެންޓް މެދުވެރިކޮށް އެމްއެމްޕީއާރުސީގެ އަމާޒަކީ ލަގްޒަރީ މަންޒިލެއްގެ ގޮތުގައި މޮސްކޯގެ ޓްރެވަލް ޓްރޭޑާއި، މަތީފަންތީގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަޤޫބޫލުކަން އިތުރުކޮށް، ރާއްޖެއިން ލިބޭ ލަގްޒަރީ އޮފަރތަކާއި، ހިދުމަތްތައް އަންގައިދިނުމެވެ. އެމްއެމްޕީއާރުސީއިން މި އިވެންޓުގައި ބައިވެރިވަމުން މިދަނީ ރަޝިޔާގެ މާކެޓަށް އަޅުގަނޑުމެން ގެންގުޅޭ މާކެޓިންގ ސްޓްރެޓެޖީގެ ދަށުންނެވެ. މި ސްޓްރެޓަޖީ ބިނާކޮށްފައިވަނީ އެންބިއަންޓް އައުޓްޑޯ އިޝްތިހާރުތަކާއި ސޯޝަލް އަދި ޑިޖިޓަލް މީޑިއާ ކެމްޕޭންތައް ބޭނުންކޮށްގެން ރާއްޖޭގެ ތަފާތު ޕްރޮޑަކްޓްތަކާއި ތަޖުރިބާތައް ޕްރޮމޯޓުކޮށް، ރާއްޖޭގެ ބްރޭންޑު އިތުރަށް އިޝްތިހާރުކޮށް، ހަރުދަނާކުރުމުގެ ގޮތުންނެވެ.

2022 ވަނަ އަހަރު ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ދެވަނައަށް އެންމެ ބޮޑު ސޯސް މާކެޓަކީ ރަޝިޔާއެވެ. މިދިޔަ އަހަރު ރަޝިޔާއިން ޖުމްލަ 201,954 ފަތުރުވެރިން ވަނީ ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މި އަހަރަށް ބަލާއިރު 28،000 އަށް ވުރެ ގިނަ ފަތުރުވެރިން ރަޝިޔާއިން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއީ އަހަރުގެ މިހާތަނަށް އެންމެ ބޮޑު ސޯސް މާކެޓެވެ. އެމްއެމްޕީއާރުސީއިން މިދިޔަ އަހަރު ރަޝިޔާ މާކެޓަށް އަމާޒުކޮށް 16 އެޑްވަޓައިޒިންގ ހަރަކާތެއް ވަނީ ކުރިއަށްގެންގޮސްފައެވެ. އަދި މި އަހަރު ވެސް މިފަދަ ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިޔުމަށް ވަނީ ރާވާފައެވެ.

އެމްއެމްޕީއާރްސީރަޝިއާޓުއަރިޒަމް އެމްވީ

އިތުރަށް ކިޔާލަން

27 ނޮވެމްބަރު 2025

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން
25 ނޮވެމްބަރު 2025

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

25 ނޮވެމްބަރު 2025
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި
14 އޮކްޓޯބަރު 2025

ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް

14 އޮކްޓޯބަރު 2025
ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް
14 އޮކްޓޯބަރު 2025

ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި

14 އޮކްޓޯބަރު 2025
ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި
30 ސެޕްޓެމްބަރު 2025

އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް

30 ސެޕްޓެމްބަރު 2025
އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް
26 ސެޕްޓެމްބަރު 2025

ކޮރަޕްޝަނުން ގެއްލޭ ފައިސާ ހޯދަން ކަމަށް ބުނެ އެސެޓް ރިކަވަރީ ގާނޫނެއް ހަދަނީ

26 ސެޕްޓެމްބަރު 2025
ކޮރަޕްޝަނުން ގެއްލޭ ފައިސާ ހޯދަން ކަމަށް ބުނެ އެސެޓް ރިކަވަރީ ގާނޫނެއް ހަދަނީ
09 ސެޕްޓެމްބަރު 2025

ރަޝިއާގައި އުފައްދައި ޓެސްޓު ކުރަމުން އައި ކެންސަރު ވެކްސިން ކާމިޔާބު ކަމަށް ބުނެފި

09 ސެޕްޓެމްބަރު 2025
ރަޝިއާގައި އުފައްދައި ޓެސްޓު ކުރަމުން އައި ކެންސަރު ވެކްސިން ކާމިޔާބު ކަމަށް ބުނެފި
20 އޯގަސްޓު 2025

ކެޓްރީނާ ކައިފް އަށް ދޭ އަގުވެސް، ކުރަން ޖެހޭ މަސައްކަތް ވެސް، މަސައްކަތް ކުރާ މުއްދަތުވެސް އެއީ ސިއްރެއް ކަމަށް ބުނެފި

20 އޯގަސްޓު 2025
ކެޓްރީނާ ކައިފް އަށް ދޭ އަގުވެސް، ކުރަން ޖެހޭ މަސައްކަތް ވެސް، މަސައްކަތް ކުރާ މުއްދަތުވެސް އެއީ ސިއްރެއް ކަމަށް ބުނެފި
02 އޯގަސްޓު 2025

 ޓްރަމްޕް އާއި މެޑްވެޑޭވްގެ ބަހުގެ ހަމަލާ، އަސްކަރީ ސަބްމެެރިން ނެރުމަށް ޓްރަމްޕް އަމުރު ކުރައްވައިފި

02 އޯގަސްޓު 2025
 ޓްރަމްޕް އާއި މެޑްވެޑޭވްގެ ބަހުގެ ހަމަލާ، އަސްކަރީ ސަބްމެެރިން ނެރުމަށް ޓްރަމްޕް އަމުރު ކުރައްވައިފި
18 ޖުލައި 2025

ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ

18 ޖުލައި 2025
ޔުކްރެއިން އަށް ބޭނުންވާ ޕެޓްރިއޮޓް މިސައިލް ވީ އެންމެ އަވަހަކަށް ފޮނުވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު