އެޗްޑީސީގެ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރަކަށް ގައިސް
23 މާރިޗު 2023 | ބުރާސްފަތި 03:46ބްރޯޑްކޮމްގެ މަގާމުން ގައިސް އިސްތިއުފާ ދެއްވީ މިދިޔަ ޖެނުއަރީ މަހުގެ 8 ވަނަ ދުވަހު


އެޗްޑީސީގެ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރަކަށް ހަމަޖެއްސި އަހުމަދު ގައިސް
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރު (ޑީއެމްޑީ)ގެ މަގާމަށް ބްރޯޑްކޮމްގެ ކުރީގެ ނައިބު ރައީސް އަހުމަދު ގައިސް ހަމަޖައްސައިފިއެވެ.
ބްރޯޑްކޮމްގެ މަގާމުން ގައިސް އިސްތިއުފާ ދެއްވީ މިދިޔަ ޖެނުއަރީ މަހުގެ 8 ވަނަ ދުވަހުއެވެ. އެއީ އޭރުކުރިޔަށްދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ކެމްޕެއިނަށް ވަގުތު ދެއްވުމަށާއި އޭނާގެ ބައެއް އަމިއްލަ އެހެން މަސައްކަތްތަކަށް ވަގުތު ދެއްވަން ކަމަށް ވިދާޅުވެއެވެ.
ގައިސްއަކީ ގދ. އަތޮޅު ކައުންސިލްގެ މެންބަރު ކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަގާމު އެންމެ ފަހުން ފުރުއްވީ އެ ކުންފުނީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. އާތިފް އެޗްޑީސީގެ އެމްޑީއަކަށް ހަމަޖެއްސީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އޭގެފަހުން މިއަދާ ހަމައަށް ޑީއެމްޑީގެ މަގާމު އޮތީ ހުސްކޮށެވެ.









