Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލެ ސަރަހައްދުގެ ޓްރެފިކް ފްލޯ ބެލެހެއްޓުން

ރަމަޟާން މަހު މާލެ ސަރަހައްދުގެ ޓްރެފިކް ފްލޯ ބެލެހެއްޓުމަށް ފުލުހުން ޚާއްސަ މަސައްކަތްތަކެއް ކުރަނީ

23 މާރިޗު 2023 | ބުރާސްފަތި 03:31

ނަމާދު ވަގުތުތަކުގައި ޓްރެފިކް ފްލޯ ބެލެހެއްޓުމަށްވެސް ހާއްސަ މަސައްކަތްތަކެއް ފުލުހުން ކުރަމުންގެންދާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 23 މާރިޗު 2023 | ބުރާސްފަތި 03:31
ފުލުހުން މަގުމަތީގެ ޓްރެފިކް ބަލަހައްޓަނީ

ފުލުހުން މަގުމަތީގެ ޓްރެފިކް ބަލަހައްޓަނީ

މާލެސިޓީ އަކީ ރައްޔިތުންނަށް އަމާން ރައްކާތެރިތަނަކަށް ހެދުމުގެ ގޮތުން ރަމަޟާންމަހު މާލެސިޓީ ބެލެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދީގެން ފުލުހުން މަސައްކަތްކުރަމުންދާނެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

އެގޮތުން، ފުލުހުންނަށް ހުށަހެޅޭ ކުށްތަކުގެ އަދަދު މަދުކުރުމާއެކު ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމުގެ މަސައްކަތްކުރިއަށް ގެންދާނެއެވެ. މާލެއާއި ބުރިޖު އަދި މާލެ- ހުޅުމާލެ ލިންކު ރޯޑުގައި އާންމުގޮތެއްގައި ދިމާވާ ޓްރެފިކް ބާރުބޮޑުވުން ކުޑަކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި މާލޭގެ މިސްކިތްތަކަށް ނަމާދުކުރުމަށްދާ މީހުންނަށް އެއްވެސް ދަތިކަމެއްނެތި މިސްކިތްތަކަށް ވަދެނުކުމެ އުޅެވޭނެ މާހައުލެއް ގާއިމުކުރުމާއެކު ނަމާދު ވަގުތުތަކުގައި ޓްރެފިކް ފްލޯ ބެލެހެއްޓުމަށްވެސް ހާއްސަ މަސައްކަތްތަކެއް ފުލުހުން ކުރަމުންގެންދާނެއެވެ. އަދި ހަމަ އެހެންމެ ބާޒާރުކުރުމަށާއި އެހެނިހެން ބޭނުންތަކުގައި އެއްވެސް ދަތިކަމެއްނެތި ހިނގާބިނގާވެ އުޅެވޭނެގޮތާއި ދަތުރުފަތުރު ކުރޭވެނޭހެން މަގުމަތި ތަރުތީބުކުރުމުގެ މަސައްކަތްކުރިއަށް ގެންދާނެއެވެ. އަދި ދަތުރުވެރިންގެ މާރުކޭޓު ކައިރީގައި ގަވާއިދާ ހިލާފަށް ޕާކުކުރުން ހުއްޓުވުމަށްވެސް އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން ގެންދާނެއެވެ.

ހަމައެއާއެކު، ރަމަޟާންމަހު ހާއްސަ ސަމާލުކަމެއް ދީގެން ނަމާދު ވަގުތުތަކުގައި މިސްކިތްތައް ކައިރިއާއި ހަވީރުގެ ވަގުތުތަކާއި މަގުތަކުގެ ބާރުބޮޑުވާ ގަޑިތަކުގައި ކަފިހިހުރަސްތައް ކައިރި ބަލަހައްޓަމުންދާނެއެވެ. އަދި ދުވާރުމައްޗަށް ވެހިކަލް އަރުވައި ޕާކުކުރުން މަނާކުރުމާއި އެގޮތަށް ޕާކުކުރާ އުޅަނދުތައް ނެގުމާއި، މަގުތަކުގެ ކަންމަތި، ސްކޫލުތައް ހިމެނޭ ސަރަހައްދު، ހޮސްޕިޓަލް، ކްލިނިކުތައް، ބެންކުތަކާއި އޮފީސްތައް ކުރިމަތި، މައިޒާންތައް، ހާއްސަ ޕާކިން ޒޯނުތައް، ހުރިހާ ފެރީޓާމިނަލްތައް އަދި އުޅަނދު ޕާކުކުރުންމަނާ ސަރަހައްދުތައް ބަލަހައްޓަމުންދާނެއެވެ. އަދި އެކި ސަރަހައްދުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކުރުން މަނާކުރުމަށް ފުލުހުން ހަރަކާތްތެރިވަމުންދާނެއެވެ.

އޭގެއިތުރުން، ރަމަޟާންމަހު ބާޒާރުމަތީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފަސޭހަކުރުމުގެ ގޮތުން ހާއްސަ ސަމާލުކަމެއް ދީގެން އެ ސަރަހައްދު ބަލަހައްޓަމުން ގެންދާނެއެވެ. އެގޮތުން ބޯޓު ފަހަރުތަކަށް މުދާ އަރުވައި ބޭލުމަށް މަޑުކޮށްގެން އޮންނަ އުޅަނދުތަކަށް އަވަސްކުރުމަށް އެންގުމާއި ބާލާފައި ހުންނަ މުދާތައް އަވަހަށް އެތަނުން ހުސްކުރަން އެންގުމާއި ބާޒާރުމަތީ ފިހާރަތަކަށް މުދާ އަރުވާ ބޭލުމަށް އަންނަ އުޅަނދުތައް އުތުރުފަޅީގައި މަޑުކުރަން އެންގުމުގެ އިތުރުން ޕޭވްމަންޓް އަދި ޕާކިން ޒޯނުތަކުގައި މީހުންނަށް ދަތިވާގޮތަށް ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުންނަ މުދާތައް ނެގުމަށް އަންގަމުންދާނެއެވެ. އަދި މާލެތެރޭގައި ހުރި އެކި މާރުކޭޓްތައް ކައިރީގައިވެސް ޓްރެފިކް ބެލެހެއްޓުމުގައި ފުލުހުން ހަރަކާތްތެރިވަމުން ދާނެއެވެ.

ހަވީރުގެ ވަގުތުތަކަކީ ގިނަ އަދަދެއްގެ މީހުން މާލޭގެ މަގުތަކަށް ނުކުމެ އުޅޭ ވަގުތުތަކަކަށްވުމުން މާލޭގެ މަގުތަކާއި ބުރިޖު ހައިވޭގެ ޓްރެފިކަށް ހާއްސަ ސަމާލުކަމެއް ދީގެން ބަލަހައްޓަމުންދާނެއެވެ. އެގޮތުން، ބުރިޖާއި ހައިވޭގައި 24 ގަޑިއިރު ޓްރެފިކު ބެލެހެއްޓުމާއި ބުރިޖުގެ ހަތަރު ލޭން ބައްދަލުވާހިސާބުން ދުއްވާ އުޅަނދުތަކުގެ ސްޕީޑު މަޑުކުރުމަށްޓަކައި ބެރިކޭޑު ޖެހުމާއި ދުވެލި މަޑުކުރުމަށާއި ގަވާއިދާ ހިލާފުވާ ފަރާތްތައް މަދުކުރުމަށް ފުލުހުން ހަރަކާތްތެރިވަމުންދާނެއެވެ. އަދި ބަސް ސްޓޮޕްތައް ކައިރިވެސް ހާއްސަ ސަމާލުކަމެއް ދީގެން ފުލުހުން ބަލަހައްޓަމުންދާނެއެވެ.

މާލެ ސިޓީމޯލްޑިވްސް ޕޮލިސް ސަރވިސްޓްރެފިކްރަމަޟާން 1444

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
05 ޑިސެމްބަރު 2025

މާފަންނުގެ ކަންކަން އިސްލާހު ނުވާތީ އާއްމު ރައްޔިތެއްގެ ވަރުގަދަ މެސެޖެއް ރައީސަށް: ހުރިހާ ކަމެއް ދަނީ ތޮޅިއަށް!

05 ޑިސެމްބަރު 2025
މާފަންނުގެ ކަންކަން އިސްލާހު ނުވާތީ އާއްމު ރައްޔިތެއްގެ ވަރުގަދަ މެސެޖެއް ރައީސަށް: ހުރިހާ ކަމެއް ދަނީ ތޮޅިއަށް!
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
28 ނޮވެމްބަރު 2025

ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް

28 ނޮވެމްބަރު 2025
ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް
24 ނޮވެމްބަރު 2025

12 އަހަރު ވިލިމާލޭގައި ބަގުޑި ބައްދައިގެން އޮތުމަށްފަހު ވިލިމާލެއަށް އިހުމާލުވި ކަމަށް ރައީސް އެއްބަސްވެވަޑައިގެންފި

24 ނޮވެމްބަރު 2025
12 އަހަރު ވިލިމާލޭގައި ބަގުޑި ބައްދައިގެން އޮތުމަށްފަހު ވިލިމާލެއަށް އިހުމާލުވި ކަމަށް ރައީސް އެއްބަސްވެވަޑައިގެންފި
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
19 ނޮވެމްބަރު 2025

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި
16 ނޮވެމްބަރު 2025

"ރަނި އެވޯޑް 2025" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

16 ނޮވެމްބަރު 2025
"ރަނި އެވޯޑް 2025" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ނޮވެމްބަރު 2025

ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ

14 ނޮވެމްބަރު 2025
ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް