Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސްގެ މޮޓޯކޭޑު ހުއްޓުވި މައްސަލަ

ރައީސްގެ މޮޓޯކޭޑު ހުއްޓުވި މައްސަލަ: "އަންހެނަކަށްވުމުން ފާޑުކިޔާ މީހުން ގިނަ" - މާރިޔާ

ޕްރެޒިޑެންސަލް ގާޑްސްގެ ކޮމާންޑިންގ އޮފިސަރުގެ މަގާމުގައި ހުންނެވި ކާނަލް އަބްދުﷲ އިބްރާހީމް މަގާމުގެ މަސްއޫލިއްޔަތުތާއި ޒިންމާތަކުން އެކަހެރިކޮށްފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 22 މާރިޗު 2023 | ބުދަ 08:00
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ

ދިފާއީ ވުޒާރާ އާއި އެމްއެންޑީއެފްއާ ގުޅުން ހުރި ކަންކަމުގައި ފާޑުކިޔާއިރު އަންހެނަކަށް ވުމުން ފާޑުކިޔުން އިތުރުވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެކަމަނާ އެފަދައިން ވިދާޅުވެފައި ވަނީ ހޯމަ ދުވަހު ރައީސްގެ މޮޓޯކޭޑު ހުއްޓުވި ހާދިސާއާ ގުޅިގެން ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވާ ވަގުތެއްގައެވެ. މާރިޔާ ވަނީ އެކަމާއި ގުޅިގެން ޓްވީޓެއްވެސް ކުރައްވާފައެވެ. އެ ޓްވީޓުގައި މާރިޔާ ވިދާޅުވީ އައިޖީއެމްއެޗްގައި ޑޮކްޓަރަކު ކުރާ އޮޕަރޭޝަނެއް ގޯސްކޮށް ގޮސްގެން ހެލްތު މިނިސްޓަރު ކުށްވެރިކޮށް ވާހަކަ ނުދައްކާ ކަަމަށެވެ. އަދި ފުލުހުން ކަންކަމާމެދު އިހުމާލުވެގެން ހޯމް މިނިސްޓަރު ކުށްވެރި ނުކުރާ ކަމަށެވެ. އެހެންނަމަވެސް އެމްއެންޑީއެފްގެ އޮޕަރޭޝަނެއްގައި ގޯހެއް ހިނގައިފި ނަމަ ޑިފެންސް މިނިސްޓަރު ކުށްވެރި ކުރާ ކަމަށެވެ. މާރިޔާ ވިދާޅުވީ އެ ވުޒާރާގެ ކަންކަމުގައި މިނިސްޓަރު ކުށްވެރި ކުރަނީ އަންހެނަކަށް ވުމުން ކަމަށެވެ.

Advertisement - newsAdvertisement

ރާއްޖެ އެމްވީއާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ވަރަށް ގިނަ ފަހަރު އެފަދަ ފާޑުކިޔުންތައް އަމާޒުކުރަނީ އަންހެނަކަށް ވުމުން ކަމަށެވެ. އަދިވެސް އަންހެނުންނަށްވީތީ މަތީ މަޤާމުތަކުގައި ތިބޭ މީހުންނަށް ސުވާލުކުރާ މިންވަރާއި ގޮންޖެހުންތައް ދިމާވާ މިންވަރު ގިނަކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސްގެ މޮޓޯކޭޑު ހުއްޓުވި މައްސަލައިގައި ކަން ހިނގައި ދިޔަ ގޮތް ބެލުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ބަލަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން އެ މައްސަލައިގައި މީޑިއާތަކާއި އެހެން ފަރާތްތަކަށް މައުލޫމާތުދީފައިވާނީ ސާފުކުރަން ޖެހޭ ހުރިހާ ކަމެއް ސާފުކޮށް ބެލުމަށް ފަހުގައި ކަމަށް ވެސް ވިދާޅުވިއެވެ.

ހޯމަ ދުވަހުގެ ރޭ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ އިބްރާހީމް މުހައްމަދު ޞާލިހު ދަތުރުކުރެއްވި މޮޓޯކޭޑަށް ބަޔަކު ހުރަސްއެޅުމާއި ގުޅިގެން ހިނގާދިޔަ ކަންކަން ބެލުމަށް ގައުމީ ދިފާއީ ބާރުން ޚާއްސަ ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ. ވީޑިއޯތަކުން ފެންނަ ގޮތުގައި އެމަނިކުފާނުގެ މޮޓޯކޭޑަށް ހުރަސް އަޅާފައިވަނީ އިދިކޮޅު މުޒާހަރާގެ ބައިވެރިންނެވެ. މޮޓޯކޭޑަށް ހުރަސްް އަޅާފައި ވަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ޗީބޯ ރެސްޓޯރެންޓާ އަރާ ހަމަވާ ހިސާބުންނެވެ. އެމަނިކުފާނަށް އެ ސަރަހައްދުން ދަތުރުނުކުރެވިގެން މޮޓޯ ކޭޑު އަނބުރާލަން ޖެހުނެވެ.

އެކަމާއި ގުޅޭގޮތުން ގައުމީ ދިފާއީ ބާރުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މި ކޮމިޓީއަކީ ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ލީޑަރޝިޕްގެ މަޝްވަރާގެ މަތިން ދިފާއީ ވަޒީރު މާރިޔާ އަހުމަދު ދީދީ އުފައްދަވާފައިވާ ޚާއްސަ ކޮމިޓީއެއްކަމަށެވެ. އަދި މިމައްސަލައާ ގުޅިގެން މިހާރު ވަނީ މިފަދަ ކަމެއް ދިމާވުމުން އެމްއެންޑީއެފްގައި އަމަލުކުރަމުން އަންނަ ޕްރޮސީޖަރުތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ޕްރެޒިޑެންސަލް ގާޑްސްގެ ކޮމާންޑިންގ އޮފިސަރުގެ މަގާމުގައި ހުންނެވި ކާނަލް އަބްދުﷲ އިބްރާހީމް މަގާމުގެ މަސްއޫލިއްޔަތުތާއި ޒިންމާތަކުން އެކަހެރިކޮށްފައިވާކަމަށެވެ.

އެހެންކަމުން ޕްރެޒިޑެންޝަލް ގާޑްސް ވަގުތީ ގޮތުން ހިންގެވުން މިހާރު ހަވާލުކުރައްވާފައިވަނީ މޭޖަރު އިބްރާހީމް ހަލީމް އާއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު