Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން ކޮންފަރެންސް

ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން ކޮންފަރެންސުން އެއްވަނަ ދިރާސާ ކަރުދާހަކަށް ހައުލާ ރަމީޒް ހުށަހެޅުއްވި ދިރާސާ ކަރުދާސް

22 މާރިޗު 2023 | ބުދަ 02:06

މިއީ ރާއްޖޭގައި މިކަހަލަ ކޮންފަރެންސެއް ބޭއްވި ފުރަތަމަ ފަހަރު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 22 މާރިޗު 2023 | ބުދަ 02:06
ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން 2023 ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ހައުލާ ރަމީޒަށް އިނާމު ހަވާލުކޮށްދެއްވަނީ

ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން 2023 ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ހައުލާ ރަމީޒަށް އިނާމު ހަވާލުކޮށްދެއްވަނީ | ރައީސް އޮފީސް

ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން ކޮންފަރެންސްގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މި ކޮންފަރެންސަކީ ފުލުހުންގެ މަސައްކަތާގުޅޭ މުހިންމު މައުލޫމާތުތައް ހޯދައި އެ މައުލޫމާތުތަކުގެ އަލީގައި ފުލުހުންގެ މުއައްސަސާއިން ދެމުންގެންދާ ޚިދުމަތް ހަރުދަނާކުރެވޭނެ މަގެއް ހޯދުމުގެގޮތުން، ޕޮލިސް ބޯޑާއި މިނިސްޓްރީ އޮފް ހޯމް އެފެއަރޒާއި އަދި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ކުރިއަށް ގެންދިޔަ ކޮންފަރެންސެކެވެ.

Advertisement - newsAdvertisement

ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން ކޮންފަރެންސްގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން ދިރާސާ ކަރުދާސް ހުށަހެޅުއްވި ފަރާތްތަކަށް އިނާމު ވަނީ ހަވާލުކޮށްދެއްވާފައެވެ. އިނާމުތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ.

އެގޮތުން ދިރާސާ ކަރުދާސް ހުށަހެޅުއްވި ފަރާތްތަކުގެ ތެރެއިން އެއްވަނައަށް ހޮވުނީ އިންޑަސްޓްރިއަލް ރިލޭޝަންސް ސައިކޮލޮޖިސްޓް ހައުލާ ރަމީޒް ހުށަހެޅުއްވި ދިރާސާ ކަރުދާހަށެވެ. އަދި ދެވަނައަށް ހޮވުނީ ޑރ. އަބްދުއް ސައްތާރު އަބްދުއްރަހްމާން ހުށަހެޅުއްވި ދިރާސާ ކަރުދާހަށެވެ.

މި ކޮންފަރެންސްގެ މަޤްޞަދުގެ ތެރޭގައި މަދަނީ ޖަމުޢިއްޔާތަކާއި ދިރާސާކުރާ ފަރާތްތަކާއި ކިޔަވާކުދިންނާއި ކޮމިއުނިޓީ ލީޑަރުންނާއި ސިޔާސަތުތައް ބައްޓަންކުރާ ފަރާތްތަކާއި ސަލާމަތާއި ރައްކާތެރިކަމުގެ ސިނާޢަތުގެ ތަޖުރިބާކާރުންނާއެކު ގުޅުން ބަދަހިކޮށް އަދި އެފަރާތްތަކުގެ ޢިލްމީ ހޯދުންތަކާއި ތަޖުރިބާތައް ޙިއްޞާކުރުން ހިމެނެއެވެ. ތަފާތު ދާއިރާތަކުގެ ތަޖުރިބާކާރުންގެ ދިރާސާ ކަރުދާސްތައް ހުށަހެޅިގެން ދިޔަ މި ކޮންފަރެންސް ބާއްވާފައި ވަނީ މި މާރިޗު މަހުގެ 18 އިން 20 އަށެވެ.

ތިން ދުވަހަށް ކުރިއަށްގެންދިޔަ މި ކޮންފަރެންސް ކުރިއަށް ގެންގޮސްފައިވަނީ މައިގަނޑު ތިން ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން ސަލާމާތާއި ރައްކާތެރިކަމާގުޅޭ ތަފާތު 10 ދާއިރާއިން ދިރާސާ ކަރުދާސް ހުށަހަޅާފައިވާއިރު މުޖުތަމައާ ގުޅިގެން ފުލުހުންގެ ޚިދުމަތް ދިނުމާއި ކުށްކުރުން ހުއްޓުވުމަށް ކުރެވިދާނެ މަސައްކަތާ ގުޅޭގޮތުން މަޝްވަރާކުރުން ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ސަލާމާތާއި ރައްކާތެރިކަމާގުޅޭ ތަކެއްޗާއި ޚިދުމަތާއި ތަމްރީން ދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް، އެފަރާތްތަކުގެ ޚިދުމަތް އާއްމު ރައްޔިތުންނާ ހިއްސާ ކުރެވޭނެ ފަސޭހަ މަގެއް ހޯދައި ދިނުމަށް ޚާއްޞަ އެކްސްޕޯއެއް ކުރިއަށް ގެންގޮސްފައިވާއިރު އެކްސްޕޯގެ ތެރެއިން މިދާއިރާގައި ހުރި ވަޒީފާގެ ފުރުސަތުގެ މައުލޫމާތު ވެސް ވަނީ ފޯރުކޮށްދީފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

30 މާރިޗު 2017

ރައުދާ މަރުވެފައިވަނީ ދަންޖެހިގެން ކަމަށް ޑޮކްޓަރުން ކަށަވަރުކޮށްދީފި: ބަންގްލަދޭޝް ޕޮލިސް

30 މާރިޗު 2017
ރައުދާ މަރުވެފައިވަނީ ދަންޖެހިގެން ކަމަށް ޑޮކްޓަރުން ކަށަވަރުކޮށްދީފި: ބަންގްލަދޭޝް ޕޮލިސް
29 މާރިޗު 2017

ބަތޫލަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ ފުލުސް މީހާގެ ޖިނާއީ ކުށެއް ނެތް: ޕޮލިސް

29 މާރިޗު 2017
ބަތޫލަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ ފުލުސް މީހާގެ ޖިނާއީ ކުށެއް ނެތް: ޕޮލިސް
22 މާރިޗު 2017

ރާއްޖެޓީވީއަށް އިންޒާރުދިން މައްސަލައަށް 20 ދުވަސް، ތަހުގީގު ދަނީ ކުރިއަށް: ޕޮލިސް

22 މާރިޗު 2017
ރާއްޖެޓީވީއަށް އިންޒާރުދިން މައްސަލައަށް 20 ދުވަސް، ތަހުގީގު ދަނީ ކުރިއަށް: ޕޮލިސް
14 މާރިޗު 2017

ފިލްމީތަރި ކޮމަންޑޫ އައްޔަ މަރުވި މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

14 މާރިޗު 2017
ފިލްމީތަރި ކޮމަންޑޫ އައްޔަ މަރުވި މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
02 މާރިޗު 2017

ކުއްލި ގޮތަކަށް މަރުވި ދެމަފިރިންގެ މައްސަލައިގެ ތަހުގީގު އަދިނުނިމޭ: ޕޮލިސް

02 މާރިޗު 2017
ކުއްލި ގޮތަކަށް މަރުވި ދެމަފިރިންގެ މައްސަލައިގެ ތަހުގީގު އަދިނުނިމޭ: ޕޮލިސް
22 ފެބުރުއަރީ 2017

އުމުރުން ދުވަސްވީ މީހެއްގެ މޫނަށް ކެމިކަލް ޖެހި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް

22 ފެބުރުއަރީ 2017
އުމުރުން ދުވަސްވީ މީހެއްގެ މޫނަށް ކެމިކަލް ޖެހި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް
21 ފެބުރުއަރީ 2017

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

21 ފެބުރުއަރީ 2017
އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް
21 ފެބުރުއަރީ 2017

ކޮމިޝަނަރ އޮފް ޕޮލިސް އަރީފް ޖަޕާނަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017
ކޮމިޝަނަރ އޮފް ޕޮލިސް އަރީފް ޖަޕާނަށް ފުރާވަޑައިގެންފި
09 ފެބުރުއަރީ 2017

ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

09 ފެބުރުއަރީ 2017
ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް