Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޝައްކުކުރެވޭ ފައިސާ

އެތެރެކޮށް ބޭރުކުރާ ފައިސާއަކީ ޓެރަރިޒަމާއި މަނީލޯންޑަރިންއަށް ޝައްކުކުރެވޭ ފައިސާނަމަ އެ ޖަމާކުރާނީ އެމްއެމްއޭގެ ޕަބްލިކް ބޭންކް އެކައުންޓަށް

ނަގުދު ފައިސާ ނުވަތަ ބެއަރަރ ނެގޯޝިއަބަލް އިންސްޓްރޫމަންޓް ދިވެހިރާއްޖެއަށް އެތެރެކުރާނަމަ ނުވަތަ ދިވެހި ރާއްޖެއިން ބޭރުކުރާނަމަ ކަސްޓަމްސް އަށް އަންގަންޖެހޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 21 މާރިޗު 2023 | އަންގާރަ 11:41
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)

ރާއްޖެއަށް އެތެރެކޮށް ބޭރުކުރާ ފައިސާއަކީ ޓެރަރިޒަމާއި މަނީލޯންޑަރިންއަށް ޝައްކުކުރެވޭ ފައިސާނަމަ އެ ޖަމާކުރާނީ އެމްއެމްއޭގެ ޕަބްލިކް ބޭންކް އެކައުންޓަށް ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ކުރެއްވި ސުވާލެއްގެ ޖަވާބުގައެވެ.

Advertisement - newsAdvertisement

މެންބަރު އިބްރާހިމް ރަޝީދު ކުރެއްވި ސުވާލަކީ، މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ގަވާއިދާ ހިލާފަށް އެކި ފަރާތްތަކުން ބޭރުކުރަން އުޅެނިކޮށް އެކި ފަހަރުމަތިން އަތުލެވިފައިވާ ގިނަ އަދަދެއްގެ ފައިސާ ހަވާލުކުރާނެ އިދާރާއެއް ކަނޑައެޅިފައި ނެތުމުގެ ސަބަބުން ކަސްޓަމްސްއަށް ދަތިތަކާއި ދިމާވަމުންދާކަމަށް އެ ފަރާތުން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި މިފަދައިން އަތުލެވޭ ފައިސާ ހަވާލުކުރަންޖެހޭ ވަކި އިދާރާއެއް ކަނޑައެޅިފައިނެތީ ކީއްވެތޯ؟ ކަނޑައެޅިފައިވާނަމަ އެއީ ކޮން އިދާރާއެއްތޯ؟

މެންބަރުގެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ލިޔުމުން ފޮނުއްވި ޖަވާބުގައި ވިދާޅުވީ މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 24 ވަނަ މާއްދާގެ (ހ) އަށް ރިއާޔަތްކުރާ އިރު، ދިވެހިރާއްޖެއަށް އަންނަ ނުވަތަ ދިވެހިރާއްޖެއިން ބޭރަށްދާ އެއްވެސް ފަރުދަކު، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި އެމްއެމްއޭއިން ކަނޑައަޅާ އަދަދެއްގެ ރުފިޔާ ނުވަތަ އެ އަދަދަށް ބޭރު ފައިސާ ނުވަތަ އެއަށްވުރެ މަތީ އަދަދެއްގެ ނަގުދު ފައިސާ ނުވަތަ ބެއަރަރ ނެގޯޝިއަބަލް އިންސްޓްރޫމަންޓް ދިވެހިރާއްޖެއަށް އެތެރެކުރާނަމަ ނުވަތަ ދިވެހި ރާއްޖެއިން ބޭރުކުރާނަމަ، އެ ފައިސާގެ އަދަދު، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ރިޕޯޓްކުރަންވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އަދި މި މާއްދާގެ (ހ) ގެ ދަށުން ރިޕޯޓްކުރަންޖެހޭ އެހެންނަމަވެސް ރިޕޯޓްކޮށްފައި ނުވާ ނަގުދު ފައިސާ ނުވަތަ ބެއަރަރ ނެގޯޝިއަބަލް އިންސްޓްރޫމަންޓެއް ކަމަށް ޝައްކުކުރެވޭނަމަ، ނުވަތަ ފައިސާގެ އަދަދު ރިޕޯޓްކުރުމުގައި ނުރަނގަޅު މައުލޫމާތު ދީފައިވާނަމަ، އެ ނަގުދު ފައިސާ ނުވަތަ ބެއަރަރ ނެގޯޝިއަބަލް އިންސްޓްރޫމަންޓް އެކުގައި ހިފެހެއްޓުމުގެ ބާރު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ލިބިގެންދާނެކަމަށް އެ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކަމަށެވެ.

މިނިސްޓަރުގެ ޖަވާބުގައި ވިދާޅުވެފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ހަވާލުކުރެވޭ ފައިސާ ބަލައިގަނެ ޖަމާކުރަންވާނީ ނުވަތަ ބަހައްޓަންވާނީ، އެމްއެމްއޭގައި ހުޅުވައި ބަލަހައްޓަމުންދާ ޕަބްލިކް ބޭންކް އެކައުންޓުގައިކަން، ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 5.10 ވަނަ މާއްދާގެ (ހ) އަށް ރިއާޔަތްކުރުމުން އެނގެން އޮންނަ ކަމަށެވެ.

އެހެންކަމުން، ރާއްޖެއަށް އެތެރެކުރާ ނުވަތަ ބޭރުކުރާ ނަގުދު ފައިސާ ރިޕޯޓްކުރުމުގެ ގަވާއިދަށް ބަލާއިރު، މަނީ ލޯންޑަރިންގެ އަމަލަކާ ނުވަތަ ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ އަމަލަކާ ގުޅުންހުރި ފައިސާއެއްކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ޝައްކުކުރެވިގެން ހިފެހެއްޓޭ ފައިސާ 24 ގަޑިއިރު ވަންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށްފަހު، ވެރިފަރާތާ އަނބުރާ ހަވާލުކުރާ ފައިސާ ފިޔަވައި، އިތުރަށް ތަހުގީގުކުރުމަށްޓަކައި ފުލުހުންނާ ހަވާލުކުރާ ފައިސާ ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން ޖަމާކުރަންވާނީ އެމްއެމްއޭގައި ހުޅުވާފައިވާ ޕަބްލިކް ބޭންކް އެކައުންޓަށްކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތޮއްޑޫއިން ރުއް ނަގައިގެން ބޭރުކުރާ މައްސަލަ ބޮޑުވެއްޖެ

ތޮއްޑޫއިން ރުއް ނަގައިގެން ބޭރުކުރާ މައްސަލަ ބޮޑުވެއްޖެ

26 ޖެނުއަރީ 2019
ދީނީ ކަންކަން ޙައްލުކުރުމާ ގުޅޭގޮތުން އުފެއްދި ކޮމިޓީން ކައުންޓަރ ޓެރަރިޒަމާއި ޕޮލިސް އިންޓެލިޖެންސްގެ އެހީ ހޯދަނީ

ދީނީ ކަންކަން ޙައްލުކުރުމާ ގުޅޭގޮތުން އުފެއްދި ކޮމިޓީން ކައުންޓަރ ޓެރަރިޒަމާއި ޕޮލިސް އިންޓެލިޖެންސްގެ އެހީ ހޯދަނީ

23 ޖެނުއަރީ 2019
ސަރުކާރުގެ އިސް ބޭފުޅުންތަކެއް ރާއްޖެ އިން ބޭރަށް ފައިސާތަކެއް ބޭރުކުރާ މައްސަލާގައި ފުލުހުން ހިމޭނުން!

ސަރުކާރުގެ އިސް ބޭފުޅުންތަކެއް ރާއްޖެ އިން ބޭރަށް ފައިސާތަކެއް ބޭރުކުރާ މައްސަލާގައި ފުލުހުން ހިމޭނުން!

16 އޮކްޓޯބަރު 2018
ސިޔާސީ ޕާޓީތަކުގެ ފައިސާއަކީ މުނައްވަރަށް ވާރުތަވި އެއްޗެއް ނޫން: ހަސަން ލަތީފް

ސިޔާސީ ޕާޓީތަކުގެ ފައިސާއަކީ މުނައްވަރަށް ވާރުތަވި އެއްޗެއް ނޫން: ހަސަން ލަތީފް

12 މެއި 2018
އަލީ ހަމީދުގެ އަނބިކަނބަލުންގެ މައްޗަށް ޓެރަރިޒަމާއި ރިޝްވަތު ހިމެނޭ ގޮތަށް ގިނަ ތުހުމަތުތަކެއް!

އަލީ ހަމީދުގެ އަނބިކަނބަލުންގެ މައްޗަށް ޓެރަރިޒަމާއި ރިޝްވަތު ހިމެނޭ ގޮތަށް ގިނަ ތުހުމަތުތަކެއް!

10 ފެބުރުއަރީ 2018

އަހަރުތަކުން މިއަދު

26 މެއި
ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް

 ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް
20224 އަހަރު ކުރިން
ރާއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!
20197 އަހަރު ކުރިން
ރާއްޖެ

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!

ބީފް ސަބްމެރިން
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ބީފް ސަބްމެރިން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު