Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާ

އިންޑިއާގެ ރިލަޔަންސް ކޮމިއުނިކޭޝަންސް ކުންފުނީގެ ވެރިޔާ އަނިލް އަމްބާނީގެ މައްޗަށް ޚިޔާނާތުގެ ޖިނާއީ ތަހުގީގެއް ހިންގަނީ

އިންޑިއާގެ އެންމެ ބޮޑު ބޭންކަށް 344 މިލިއަން ޑޮލަރުގެ ގެއްލުން ދިނުމުގެ ތުހުމަތުގައި ރިލަޔަންސް ކޮމިއުނިކޭޝަންސްއާއި އަނިލް އަމްބާނީގެ މައްޗަށް ސީބީއައި އިން ތަޙުޤީޤެއް ފަށައިފި. މި މައްސަލައިގައި އަނިލްގެ ގެއާއި ކުންފުނީގެ އޮފީސްތައް ބަލައި ފާސްކުރުމަށްފަހު، ބޭންކުގެ ފައިސާ އެއްބަސްވެފައިވާ ގޮތާ ޚިލާފަށް ބޭނުންކޮށްފައިވާކަން ފާހަގަކުރެވިފައިވޭ.

ރާއްޖެ އެމްވީ | 24 އޯގަސްޓު 2025 | އާދީއްތަ 01:23
އަނިލް އަމްބާނީ

އަނިލް އަމްބާނީ

އިންޑިއާގެ ރިލަޔަންސް ކޮމިއުނިކޭޝަންސް ކުންފުނީގެ ވެރިޔާ އަނިލް އަމްބާނީގެ މައްޗަށާއި ކުންފުނީގެ މައްޗަށް ޚިޔާނާތުގެ ޖިނާއީ ތަހުގީގެއް ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން ފަށައިފިއެވެ.

އިންޑިއާގެ ފެޑެރަލް ތަޙުޤީޤު އޭޖެންސީން ހޮނިހިރު ދުވަހު ބުނެފައި ވަނީ، އިންޑިއާގެ އެންމެ ބޮޑު ބޭންކުން ހުށަހަޅާފައިވާ މަކަރާއި ހީލަތުގެ ޝަކުވާއަކާ ގުޅިގެން، ވިޔަފާރިވެރިޔާ އަނިލް އަމްބާނީ އާއި އޭނާގެ ކުންފުނި ރިލަޔަންސް ކޮމިއުނިކޭޝަންސް ލިމިޓެޑްގެ މައްޗަށް ޖިނާއީ ތަހުގީގެއް ފަށާފައިވާ ކަމަށެވެ.

ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން ތުހުމަތު ކޮށްފައި ވަނީ، މިލިއަނަރު މުކޭޝް އަމްބާނީގެ ކޮއްކޮ އަނިލް އަމްބާނީ އާއި ރިލަޔަންސް ކޮމިއުނިކޭޝަންސް އިން ބޭންކަށް މަކަރު ހެދުމުގެ ސަބަބުން 30 ބިލިއަން އިންޑިއަން ރުޕީސް (344 މިލިއަން އެމެރިކާ ޑޮލަރު) ގެ ގެއްލުން ވެފައިވާ ކަމަށެވެ.

އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަނުން މުންބާއީ ގައި ހުރި އަނިލް އަމްބާނީގެ ގެއާއި މިހާރު އުވާލާފައިވާ ރިލަޔަންސް ކޮމިއުނިކޭޝަންސްގެ އޮފީސްތައް ތަހުގީގަށް ބަލައި ފާސްކޮށްފައިވާ ކަމަށް އެ އޭޖެންސީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވެއެވެ.

އަނިލް އަމްބާނީ އާއި އޭނާގެ ކުންފުނިން ބޭންކުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށް، އެއްބަސްވެފައިވާ ކަންކަން ނޫން އެހެން ކަންކަމަށް އެ ފައިސާ ބަދަލުކޮށްފައިވާ ކަމަށް އެ އޭޖެންސީން ބުނެފައިވެއެވެ.

މީގެ ކުރީ މަހު، އިންޑިއާގެ އެންފޯސްމަންޓް ޑައިރެކްޓަރޭޓުން ވެސް ރިލަޔަންސް ގްރޫޕާ ގުޅުންހުރި 35 ތަނެއް ބަލައި ފާސްކޮށްފައިވެއެވެ. މިއީ މަނީ ލޯންޑަރިންގ އާއި ސަރުކާރުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރިކަމުގެ ތުހުމަތުތަކާ ގުޅިގެން ކުރެވުނު ތަޙުޤީޤެއްގެ ބައެއްގެ ގޮތުގައި ކަމަށް ސަރުކާރުގެ މަސްދަރަކުން ރޮއިޓަރސް އަށް މަޢުލޫމާތު ދީފައިވެއެވެ.

މަސްދަރު: ރޮއިޓަރސް

އިތުރަށް ކިޔާލަން

02 މެއި 2017

އިންޑިއާގެ ހިންދޫންތަކެއް މުސްލިމުން ދެ ޒުވާނުން މަރާލައިފި

02 މެއި 2017
އިންޑިއާގެ ހިންދޫންތަކެއް މުސްލިމުން ދެ ޒުވާނުން މަރާލައިފި
24 އެޕްރީލު 2017

އަފްޣާނިސްތާނު ސިފައިންގެ އިސްވެރިޔާ އިސްތިއުފާ ދެއްވައިފި

24 އެޕްރީލު 2017
އަފްޣާނިސްތާނު ސިފައިންގެ އިސްވެރިޔާ އިސްތިއުފާ ދެއްވައިފި
18 މާރިޗު 2017

އިނގިރޭސި ވިލާތުގެ ކޮމިއުނިކޭޝަންސް އިންޓެލިޖެންސް އޭޖެންސީން ޓްރަމްޕްގެ ތުހުމަތު ދޮގުކޮށްފި

18 މާރިޗު 2017
އިނގިރޭސި ވިލާތުގެ ކޮމިއުނިކޭޝަންސް އިންޓެލިޖެންސް އޭޖެންސީން ޓްރަމްޕްގެ ތުހުމަތު ދޮގުކޮށްފި
11 މާރިޗު 2017

އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި

11 މާރިޗު 2017
އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި
06 މާރިޗު 2017

އިންޑިޔާގެ މުސްލިމުންގެ ވެރިޔާ އަވަހާރަ ވެއްޖެ

06 މާރިޗު 2017
އިންޑިޔާގެ މުސްލިމުންގެ ވެރިޔާ އަވަހާރަ ވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު