Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކްރޮޕް ތަކާފުލް ތައާރަފުކުރުން

އަޔާދީން، ދަނޑުވެރިންނަށް ޚާއްޞަކޮށް "ކްރޮޕް ތަކާފުލް" ތައާރަފުކޮށްފި

އޮންލައިންކޮށް މި ތަކާފުލްއަށް ރަޖިސްޓްރީވެވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 20 މާރިޗު 2023 | ހޯމަ 12:32
އއ. ރަސްދޫގެ ދަނޑެއް

އއ. ރަސްދޫގެ ދަނޑެއް

އެލައިޑް އިންޝުއަރަންސްގެ އިސްލާމިކް ވިންޑޯ, އަޔާދީ ތަކާފުލްއިން ރާއްޖެއަށް މުޅިން އަލަށް ތައާރަފުކުރާ "ކްރޮޕް ތަކާފުލް" ޚިދުމަތް ދިނުމަށް ތައްޔާރުވެއްޖެއެވެ.

ދަނޑުވެރިންނަށް ޚާއްޞަކޮށްގެން ފަރުމާކޮށްފައިވާ މި ޚިދުމަތް ތައާރަފުކޮށްފައިވަނީ އެލައިޑް އިންޝުއަރަންސްގެ މައި އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

"ކްރޮޕް ތަކާފުލް"އަކީ ދަނޑުވެރިންގެ އާމްދަނީއަށް ކުރިމަތިވެދާނެ ހުރަސްތަކަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދީ، އެކަމުން އަރައިގަތުމަށް އެހީތެރިވެދިނުމުގެ މަގުސަދުގައި އުފައްދާފައިވާ ޕްރޮޑަކްޓެކެވެ. އެގޮތުން އޮންލައިންކޮށް ވަގުތުން ނެގޭ މި ޚިދުމަތުގައި ރަޖިސްޓްރީވުމަށް އެއްވެސް ލިޔެކިޔުމެއް ބޭނުން ނުވާއިރު، މިވަގުތު މި ޚިދުމަތުގެ ކަވަރޭޖު ހަމަޖެހިފައިވަނީ ގުދުރަތީ ހާދިސާއެއްގެ ސަބަބުން ދަނޑުތަކަށް ލިބިދާނެ ގެއްލުންތަކަށް ބަދަލު ހޯދައިދިނުމަށެވެ.

އެހެންކަމުން "ކްރޮޕް ތަކާފުލް" ނަގާފައިވާ ދަނޑުވެރިއަކަށް، ޕްލޭންގެ މުއްދަތުގައި މިފަދަ ގެއްލުމަކާ ކުރިމަތިވެއްޖެނަމަ، ހާދިސާ ހިނގާފައިވާ ކަމުގެ ރިޕޯޓަކާއެކު ފޮޓޯ ހުށައެޅުމުން ބަދަލު ހަމަޖެހިގެންދާނެއެވެ. ބަދަލުގެ ގޮތުގައި ކަނޑައެޅިފައިވަނީ ދަނޑު ހެއްދުމަށް ކޮށްފައިވާ ޚަރަދުތަކާއި އެއިން ލިބޭނެކަމަށް އަންދާޒާކުރެވޭ ފައިދާވެސް ހިމެނޭގޮތަށެވެ.

މިހާރުވެސް ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަލައި، ބާރުވެރިވެރިކޮށްދޭ ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދެމުން އަންނަ އެލައިޑް އިންޝުއަރަންސްއިން ބުނީ "ކްރޮޕް ތަކާފުލް"އަކީ ވެސް ދަނޑުވެރިންނަށް މޫސުމީ ބަދަލުތަކުގެ ސަބަބުން އަމްދަނީއަށް ކުރާ އަސަރު ކުޑަކޮށް، ކޮލިޓީ އޮފް ލައިފް އިތުރު ކޮށްދޭން ޚިދުމަތަކަށް ވެގެންދާނެކަމަށް އުންމީދުކުރާކަމަށެވެ. މިކަމަށް ހިނގާނެ ޚަރަދު ބަލައިލަން ބޭނުންވެއްޖެ ހާލަތެއްގައި މައި އެލައިޑް މެދުވެރިކޮށް އަގު ބަލައިލެވޭނެ ކަމުގައި އެކުންފުނިން ބުނެއެވެ.

އިތުރަށް ކިޔާލަން

20 އޮކްޓޯބަރު 2021

އެގްރޯނެޓް ނުވަތަ އެސްޓީއޯއިން ދަނޑުވެރިކަމަށް ބޭނުންވާ ތަކެތި އެތެރެކޮށް ދަނޑުވެރިންނަށް ލިބޭނެގޮތް ހެދުމުގެ ވިސްނުމެއް ގެންގުޅުއްވާކަމަށް ރައީސް ވިދާޅުވެއްޖެ

20 އޮކްޓޯބަރު 2021
އެގްރޯނެޓް ނުވަތަ އެސްޓީއޯއިން ދަނޑުވެރިކަމަށް ބޭނުންވާ ތަކެތި އެތެރެކޮށް ދަނޑުވެރިންނަށް ލިބޭނެގޮތް ހެދުމުގެ ވިސްނުމެއް ގެންގުޅުއްވާކަމަށް ރައީސް ވިދާޅުވެއްޖެ
20 ޖޫން 2021

ހިމާޔަތްކުރެވިފައިވާ ސަރަޙައްދުތަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޚާއްޞަކޮށްގެން މަސައްކަތު ބައްދަލުވުމެއް ފަށައިފި

20 ޖޫން 2021
ހިމާޔަތްކުރެވިފައިވާ ސަރަޙައްދުތަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޚާއްޞަކޮށްގެން މަސައްކަތު ބައްދަލުވުމެއް ފަށައިފި
04 އެޕްރީލު 2021

ލޯފަން ކުދިންނަށް ޚާއްޞަކޮށްގެން އައިޔޫއެމުން ޤުރްއާން ހިތުދަސްކޮށްދިނުމުގެ ކިލާސްތަކެއް

04 އެޕްރީލު 2021
ލޯފަން ކުދިންނަށް ޚާއްޞަކޮށްގެން އައިޔޫއެމުން ޤުރްއާން ހިތުދަސްކޮށްދިނުމުގެ ކިލާސްތަކެއް
26 ޖެނުއަރީ 2021

އެސް.ޑީ.އެފް.ސީ. މެދުވެރިކޮށް ދަނޑުވެރިންނަށް މާލީ އެހީ ހޯދުމަށް މަޝްވަރާކޮށްފި

26 ޖެނުއަރީ 2021
އެސް.ޑީ.އެފް.ސީ. މެދުވެރިކޮށް ދަނޑުވެރިންނަށް މާލީ އެހީ ހޯދުމަށް މަޝްވަރާކޮށްފި
19 ޖެނުއަރީ 2021

ފަތުރުވެރިންނަށް ޚާއްޞަކޮށްގެން ޓޫރިސްޓް ބީޗެއް އައްޑޫގައި ޤާއިމުކުރަނީ

19 ޖެނުއަރީ 2021
ފަތުރުވެރިންނަށް ޚާއްޞަކޮށްގެން ޓޫރިސްޓް ބީޗެއް އައްޑޫގައި ޤާއިމުކުރަނީ
17 ފެބުރުއަރީ 2020

ރައްޔިތުންގެ މަޖިލީހުން ގަސްކާނާ އުފައްދާ ދަނޑުވެރިންނަށް ބަހަނީ

17 ފެބުރުއަރީ 2020
ރައްޔިތުންގެ މަޖިލީހުން ގަސްކާނާ އުފައްދާ ދަނޑުވެރިންނަށް ބަހަނީ
14 ޖެނުއަރީ 2019

ޓްރީޓޮޕު ހޮސްޕިޓަލަށް އަމާނާ ތަކާފުލްގެ އިންޝުއަރެންސް ކާޑު ތައާރަފުކޮށްފި

14 ޖެނުއަރީ 2019
ޓްރީޓޮޕު ހޮސްޕިޓަލަށް އަމާނާ ތަކާފުލްގެ އިންޝުއަރެންސް ކާޑު ތައާރަފުކޮށްފި
29 ޖުލައި 2018

އިބޫގެ ވައުދު: މަސްވެރިންނާއި ދަނޑުވެރިންނަށް ޕެންޝަން

29 ޖުލައި 2018
އިބޫގެ ވައުދު: މަސްވެރިންނާއި ދަނޑުވެރިންނަށް ޕެންޝަން
14 މެއި 2018

ރިޔާސީ އިންތިޚާބަށް ޚާއްޞަކޮށް ޤައުމީ ލަފާދޭ ކޮމެޓީ އެކުލަވާލައިފި

14 މެއި 2018
ރިޔާސީ އިންތިޚާބަށް ޚާއްޞަކޮށް ޤައުމީ ލަފާދޭ ކޮމެޓީ އެކުލަވާލައިފި
30 މެއި 2017

ތޮއްޑޫ ކަރާ ދަނޑުތަކަށް ބަލި ޖެހި، ތޮއްޑޫ ދަނޑުވެރިންނަށް ގެއްލުން!

30 މެއި 2017
ތޮއްޑޫ ކަރާ ދަނޑުތަކަށް ބަލި ޖެހި، ތޮއްޑޫ ދަނޑުވެރިންނަށް ގެއްލުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު