Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުދިންނަށް ނަމޫނާ ދެއްކުން

ބެލެނިވެރިން ކުދިންނަށް އިސްލާމީ ރިވެތި އުސޫލުން ނަމޫނާ ދައްކަންޖެހޭ: ކޮމިޝަނަރު

20 މާރިޗު 2023 | ހޯމަ 12:23

ތައުލީމަކީ ނިމުމެއް ނެތް މަސައްކަތެއް

އަމްނާ އިމާދު
އަމްނާ އިމާދު | 20 މާރިޗު 2023 | ހޯމަ 12:23
މާފުށީ ސްކޫލްގެ ޕްރައިޒް ގިވިންގ ޑޭ ގެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވާހަކަދައްކަވަނީ

މާފުށީ ސްކޫލްގެ ޕްރައިޒް ގިވިންގ ޑޭ ގެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވާހަކަދައްކަވަނީ

ބެލެނިވެރިން ކުޑަކުދިން ބެލެހެއްޓުމުގައި އެކުދިންގެ ހައްގުތަކަށް ރައްކާތެރިވެ، އިސްލާމީ ރިވެތި އުސޫލުން ނަމޫނާ ދެއްކުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް, ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ.

މާފުށީ ސްކޫލުގެ ޕްރައިޒް ގިވިންގ ޑޭ ޝަރަފްކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރ ވިދާޅުވީ، ތައުލީމަކީ ނިމުމެއް ނެތް މަސައްކަތެއް ކަމަށާއި، ކޮންމެ ދުވަހަކީ އައު އިލްމެއް ނުވަތަ ހުނަރެއް ދަސްކުރަންޖެހޭ ދުވަހަކަށް ހަދަންޖެހޭކަމަށެވެ. ރިވެތި އަޚުލާޤާއި ސުލޫކު ދެއްކުމަށާއި، ތައުލީމު އުގެނުމުގެ އިތުރުން ދިރިއުޅުމުގެ ހުނަރުތައް ދަސްކުރަން މަސައްކަތް ކުރުމަށް ދަރިވަރުންނަށް އޭނާ ނަސޭހަތްތެރިވެވަޑައިގަތެވެ. މީގެ އިތުރުން ބެލެނިވެރިން ކުޑަ ކުދިން ބެލެހެއްޓުމުގައި އެކުދިންގެ ހައްގުތަކަށް މިހާރަށްވުރެ ބޮޑަށް ރައްކާތެރިވުމަށާއި، ކުދިންނަށް އިސްލާމީ ރިވެތި އުސޫލުން ނަމޫނާ ދެއްކުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

ކުދިން ކަންކަން ދަސްކުރަނީ އެކުދިންގެ ވަށައިގެންވާ މާހައުލުންކަން ފާހަގަކުރައްވައި ކޮމިޝަނަރ ވިދާޅުވީ، ފުރަތަމަ ނަމޫނާ ދައްކާ ބަޔަކަށް ބެލެނިވެރިން ވާންޖެހޭ ކަމަށެވެ.

ކޮމިޝަނަރ ވިދާޅުވީ ފުރަތަމަ މުވައްސަސާއަކީ އިންސާނާކަމަށާއި އަމިއްލަ މީހާގެ ސިފަތައް އިސްލާހުކުރުމަށް މަސައްކަތްކޮށް އަމިއްލަ ނަފްސަށް ތެދުވެރި މީހަކަށް ވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އެއަށްފަހު އާއިލާގެ ތެރޭގައި އެކަކު އަނެއްކަށް އިހްތިރާމްކޮށް އެހީތެރިވާންޖެހޭ ކަމަށާއި، ރަސްމީ ތައުލީމު ފެށޭ ހިސާބުން ސުކޫލް މަދަރުސާއިން ރަސްމީ ތައުލީމު ދަރިވަރުންނަށް ފުރިހަމައަށް އުގަންނައިދިނުމަށް މަސައްކަތްކުރަން ޖެހޭކަމަށް ވިދާޅުވިއެވެ.

މުދައްރިސުން ކުރަމުންދާ މަސައްކަތްތަކަށް އިޝާރާތްކުރައްވައި ކޮމިޝަނަރ ވިދާޅުވީ، މުދައްރިސުން ކުރާ ބުރަ މަސައްކަތުން ގައުމުގައި ހަރުދަނާ މަސައްކަތްތެރިން އުފެދެމުންދާ ކަމަށާއި، އަދުގެ ޖީލު ބިނާކުރުމުގައި މުދައްރިސުން ކުރާ މަސައްކަތް ނިމުމެއް ނެތް ޝުކުރު ހައްގުކަމަށެވެ.

މީގެ އިތުރުން ކޮމިޝަނަރ ވަނީ މާފުށީ ސްކޫލުގެ ދަރިވަރުންގެ ތެރެއިން އޯލެވަލް އިމްތިހާނުން އެކިވަނަތައް ހޯދި ދަރިވަރުންނަށް މަރުހަބާ ވިދާޅުވެފައެވެ. އޯލެވެލްއިން އެކަށީގެންވާ ނަތީޖާއެއް ނުލިބުނު ދަރިވަރުން މާޔޫސް ނުވުމަށާއި، ހިތްވަރާއެކު މަސައްކަތް ކުރުމަށް ހިތްވަރު ދެއްވިއެވެ. އަދި ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފައި ހުނަރުވެރި ތައުލީމީ މީހަކަށް ވުމަށް ގަދައަޅައި މަސައްކަތްކުރަން ޖެހޭކަމަށް ވިދާޅުވިއެވެ.

ކޮމިޝަނަރ ވިދާޅުވީ ލީޑަރަކަށްވުމަށް ކޮންމެ ކުއްޖަކުވެސް މަސައްކަތްކުރަން ޖެހޭކަމަށާއި، ކްލާހެއް ލީޑުކުރެވޭނަމަ އެކުއްޖަކަށް ސްކޫލެއްގެ ލީޑަރަކަށް ވެވިދާނެކަމަށެވެ. އަދި ސްކޫލެއްގެ ލީޑަރަކަށްވެވޭނަމަ ރަށެއްގެ ލީޑަރަކަށް ވެވިދާނެ ކަމަށާއި، ރަށެއް ލީޑަރަކަށް ވެވޭމީހަކަށް ގައުމުގެ ލީޑަރަކަށް ނުވެވޭ ސަބަބެއް ނެތްކަމަށެވެ.

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

އިސްކަންދަރު ސުކޫލުގެ އެކި މަޤާމުތަކަށް ހޮވުނު ކުދިންނަށް މަޤާމުތައް ހަވާލު ކޮށްފި

28 ފެބުރުއަރީ 2017
އިސްކަންދަރު ސުކޫލުގެ އެކި މަޤާމުތަކަށް ހޮވުނު ކުދިންނަށް މަޤާމުތައް ހަވާލު ކޮށްފި
25 ފެބުރުއަރީ 2017

ފްރީހޯލްޑް އުސޫލުންކަމަށް ބުނެ ގަންނަ ފަރާތަށް ބިން މިލްކުކޮށްދެނީ: ހުސްނުއް ސުއޫދު

25 ފެބުރުއަރީ 2017
ފްރީހޯލްޑް އުސޫލުންކަމަށް ބުނެ ގަންނަ ފަރާތަށް ބިން މިލްކުކޮށްދެނީ: ހުސްނުއް ސުއޫދު
06 ފެބުރުއަރީ 2017

އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން

06 ފެބުރުއަރީ 2017
އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން
01 ފެބުރުއަރީ 2017

ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި

01 ފެބުރުއަރީ 2017
ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
24 ޖެނުއަރީ 2017

ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ

24 ޖެނުއަރީ 2017
ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ
23 ޖެނުއަރީ 2017

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
16 ޖެނުއަރީ 2017

ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި

16 ޖެނުއަރީ 2017
ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް