Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ10 މިލިއަން ރުފިޔާގެ މަސްތުވާތަކެތީގެ މައްސަލަ

10 މިލިއަން ރުފިޔާގެ މަސްތުވާތަކެތީގެ މައްސަލަ: ދައުވާ ނުކޮށް، ލިއިލާ ޑީޕޯޓްކޮށްލަނީ

އޭނާ ފުރުވާލެވެންދެން ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ބަހައްޓާނެ ގާނޫނީ ހަމައެއް ނެތްކަމަށް ޝަރީއަތުން ވަނީ ނިންމާފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 20 މާރިޗު 2023 | ހޯމަ 11:49
ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓް

ރާއްޖެއަށް ވައިގެ މަގުން ގިނަ އަަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި އެމެރިކާގެ ރައްޔިތެއްކަމަށްވާ ލިއިލާ ލެއިން ކްލާކްގެ މައްޗަށް ދައުވާ ނުކޮށް، އޭނާ ޑީޕޯޓްކޮށްލުމަށް ދައުލަތުން ނިންމައިފިއެވެ.

ލިއިލާ ލެއިން ކްލާކް ހައްޔަރުކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ 11 ވަނަ ދުވަހުއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅޭކަމަށް ޝައްކުކުރެވިގެން، ކަސްޓަމްސްއިން އޭނާގެ ލަގެޖް ބަލައި ފާސްކުރިއިރު، ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ފެނުނު މައްސަލައާ ގުޅިގެންނެވެ. އޭނާގެ ދަބަހުގެ ތެރެއިން 2.64 ކިލޯގްރާމްގެ ކޮކެއިން ފެނިފައިވެއެވެ. އަދި އެ ތަކެތީގެ މަގުމަތީ އަގު 10 މިލިއަން ރުފިޔާއަށް އަރާކަަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

އޭނާ ބަންދުގެ މުއްދަތު ޖެހުމަށް ހާޒިރުކުރިއިރު އޭނާއާ ދެކޮޅަށް ހުރި ހެތްކާ ގުޅޭގޮތުން ބަންދު އަމުރުގައި ބުނެފައިވަނީ، ކުށުގެ ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާކަމަށެވެ. އެގޮތުން ފުލުހުންގެ ބަޔާނާއި އޭނާގެ މޯބައިލް ފޯނުން ފެނުނު ޗެޓް ލޮގުތަކުން، އޭނާގެ މައްޗަށް ކުރާ ތުހުމަތަށް ބާރު ލިބޭ ކަމަށް ބުނެފައިވެއެވެ. ލިއިލާ ހުރީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާފައެވެ.

އެހެންނަމަވެސް ހޯމަ ދުވަހުގެ ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ލިއިލާގެ ބަލި ހާލަތު ރަނގަޅު ނޫންކަން ފާހަގަކޮށްފައެވެ. އަދި އޭނާއަށް ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ފަރުވާދެވެން ނެތްކަން ކަރެކްޝަންސްއިން އަންގާފައިވާކަަމަށް ދައުލަތުން ވަނީ ބުނެފައެވެ. އެހެންކަމުން އެކަންކަމަށް ބެލުމަށްފަހު، އޭނާގެ މައްޗަށް ދައުވާ ނުކުރުމަށާއި އޭނާ ޑީޕޯޓްކުރުމަށް ނިންމާފައިވާކަމަށް ދައުލަތުން ވަނީ ބުނެފައެވެ. އެގޮތުން މި ހިނގާ މާޗް މަހުގެ 22 ވަނަ ދުވަހު 01:22ގައި ރާއްޖެއިން ފޮނުވާލުމަށް އިންތިޒާމް ހަމަޖައްސާފައިވާކަމަށާއި އޭނާގެ ޓިކެޓްވެސް ހަމަޖައްސާފައިވާކަމަށް ދައުލަތުން ބުނެއެވެ.

ދައުލަތުން އިތުރަށް ބުނީ އޭނާ ރާއްޖެއިން ފޮނުވާލެވެންދެން ބަހައްޓަން ޖެހެނީ ޑިޓެންޝަން ސެންޓަރެއްގައި ކަމަށްވާއިރު، އަންހެނުން ބައިތިއްބޭނެ ގޮތެއް މިވަގުތު ނެތްކަމަށް އިމިގްރޭޝަނާއި ފުލުހުންވެސް ބުނެފައިވާ ކަމަށެވެ. އަދި ސުޕްރީމްކޯޓުން ކުރިން ނެރުނު އަމުރެއްގައި، ދައުލަތުގެ ބެލުމުގެ ދަށުގައި ހުންނަ މީހަކަށް ޒިންމާވާނެ އަދި ފާރަވެރި ފަރާތެއް ނެތި ދޫކޮށްލުމަކީ އޭގެ ޒާތުގައި ގާނޫނާއި ޚިލާފު ކަމެއްކަން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން އޭނާ ރިމާންޑް ޖަލެއްގައި ބަހަައްޓައިދިނުމަށް ވަނީ އެދިފައެވެ.

އެކަމާ ގުޅިގެން ޝަރީއަތުން ވަނީ ކަރެކްޝަންސްގެ ބެލުމުގެދަށުގައި އޭނާ ބެހެއްޓުމަށް ދައުލަތުން އެދެނީ، ގާނޫނީގޮތުން އެކަމަށް ކޮން ބާރެއް ލިބިގެންތޯ ސުވާލު އުފައްދާފައެވެ. އަދި ދިފާއީ ވަކީލު ވަނީ، އެކަން އެގޮތަށް ނުކުރެވޭނެކަން ފާހަގަކޮށްފައެވެ. މައްސަަލަ ބައްލަވާ ގާޒީ ނިންމެވީ، މި މައްސަލާގައި ދައުލަތުން ދައުވާ ނުކުރުމަށް ނިންމާފައިވާތީ، ދައުވާ ލިބޭ ލިއިލާ ބަންދުން މިނިވަން ވެއްޖެ ކަމަށާއި، ނަމަވެސް އޭނާ ފުރުވާލެވެންދެން ކަރެކްޝަންސްގެ ބެލުމުގެދަށުގައި ބަހައްޓާނެ ގާނޫނީ ހަމައެއް ނެތްކަމަށެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު