Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2023

ނިހާޔާ، ނަބާހާ، ހުޒާމް، މާޖިދާ، އަޒްމީން، ދީމާ، އަދި ރާހިލް ވެސް އެވޯޑް ހޯދައިފި

އެންމެ ރަނގަޅަށް ކުޅިވަރު ބްރޯޑްކާސްޓް ކުރުމުގެ އެވޯޑް ލިބުނީ ރާއްޖެޓީވީއަށް

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 18 މާރިޗު 2023 | ހޮނިހިރު 01:20
ސްޕޯޓްސް އެވޯޑް ހޯދި ބައެއް މީހުން

ސްޕޯޓްސް އެވޯޑް ހޯދި ބައެއް މީހުން

މިދިޔަ އަހަރުގެ އެކިއެކި ކުޅިވަރުތަކުން އެންމެ މޮޅު ކުޅުންތެރިންނަށް މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި އެވޯޑް ދީފިއެވެ.

ކުޅިވަރު އެކުވެނީގައި ހުކުރު ދުވަހުގެ ރޭ ބޭއްވި, މިދިޔަ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއަކީ މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު)އެވެ.

އެންމެ މޮޅު އެސޯސިއޭޝަނަކަށް ހޮވުނީ ބެޑްމިންޓަން އެސޯސިއޭޝަނެވެ. އެންމެ ރަނގަޅަށް ކުޅިވަރު ކަވަރުކުރި އޮންލައިނަކީ އަދަދު އޮންލައިނެވެ. ބްރޯޑްކާސްޓިންގ އެވޯޑް ލިބުނީ ރާއްޖެޓީވީއަށެވެ.

އެންމެ މޮޅު އަންހެން ވޮލީބޯޅަ ކުޅުންތެރިއަކީ އާއިޝަތު މާޖިދާއެވެ. ފިރިހެން ކުޅުންތެރިއަކީ ގައުމީ ކެޕްޓަން އަލީ ހުޒާމެވެ. އެންމެ މޮޅު އަންހެން ބާސްކެޓް ކުޅުންތެރިއަކީ އާމިނަތު އިޝްރާ އަބްދުއްޝުކޫރެވެ. ފިރިހެން އެންމެ މޮޅު ކުޅުންތެރިއަކީ އަބްދުﷲ އަމްޒަރު މުހައްމަދެވެ. އެންމެ މޮޅު އަންހެން ހޭންޑްބޯޅަ ކުޅުންތެރިއަކީ ޒުލައިޚާ އިބްރާހީމެވެ. ފިރިހެން ކުޅުންތެރިއަކީ މުހައްމަދު ފިރްނާޒް އަބްދުﷲއެވެ. ޗެސްގެ އެންމެ މޮޅު ކުޅުންތެރިންނަކީ ނިހާޔާ އަހުމަދެވެ.

ޕޫލްބިލިއާޑްގެ އެންމެ މޮޅު ކުޅުންތެރިއަކީ އާމިނަތު ފަތުހީއެވެ. ފިރިހެން ކުޅުންތެރިއަކީ މުހައްމަދު ޝަރީފެވެ. އެންމެ މޮޅު ކެރަމް ކުޅުންތެރިންނަކީ އާމިނަތު ވިދާދާއި ކުޅިވަރު ނޫސްވެރިޔާ އިސްމާއީލް އަޒްމީނެވެ. މިއީ އަޒްމީން ވިދިވިދގެން މި އެވޯޑް ހާސިލްކުރި ދެވަނަ ފަހަރެވެ. އެންމެ މޮޅު ނެޓްބޯޅަ ކުޅުންތެރިންނަކީ މަރިޔަމް ޝިނާތެވެ.

އެންމެ މޮޅު އަންހެން ދުވުންތެރިއަކީ އާމިނަތު ޖައިޝާ ޖުނައިދެވެ. ފިރިހެން ދުވުންތެރިއަކީ ބާރު ދުވުންތެރިޔާ ހަސަން ސާއިދެވެ. އެންމެ މޮޅު ފެތުންތެރިއަކީ އާއިޝަތު ސައުސަންއާއި މުހައްމަދު އާން ހުސައިނެވެ. އެންމެ މޮޅު އަންހެން ސަރފަރަކީ މަރިޔަމް ރާހިލް ނަސީރެވެ. ފިރިހެން ސަރފަރަކީ އަހުމަދު އާދިލެވެ. ބޮޑީބޯޑިންގ އެވޯޑް ލިބުނީ އަލީ ހުޝްރުވާން އަހުމަދަށެވެ.

އަންހެން އެންމެ މޮޅު ޓެނިސް ކުޅުންތެރިއަކީ އާރާ އާސަލް އާޒިމެވެ. ފިރިހެން ކުޅުންތެރިޔާގެ އެވޯޑް ލިބުނީ އަބްދުﷲ ފާއިހް ފަޒީލަށެވެ. ޓޭބަލް ޓެނިސްގެ އެންމެ މޮޅު އަންހެން ކުޅުންތެރިއަކީ ފާތިމަތު ދީމާ އަލީއެވެ. މިދިޔަ އަހަރުވެސް މި އެވޯޑް ހޯދީ އޭނާއެވެ. ފިރިހެން ކުޅުންތެރިއަކީ މޫސާ މުންސިފް އަހުމަދެވެ. އެންމެ މޮޅު އަންހެން ބެޑްމިންޓަން ކުޅުންތެރިއަކީ ފާތިމަތު ނަބާހާ އަބްދުއްރައްޒާގެވެ. ފިރިހެން ކުޅުންތެރިއަކީ ނިބާލް އަހުމަދެވެ.

އެންމެ މޮޅު އަންހެން ޓެކްނިކަލް އޮފިޝަލުންނަކީ ވޮލީބޯޅަ ރެފްރީ އަހުމަދު ނަޝީދާއި އާއިޝަތު އަހުމިއްޔާއެވެ. އެންމެ މޮޅު އަންހެން ކޯޗަކީ ނީޝާ ހަލީމެވެ. ފިރިހެން ކޯޗުގެ މަގާމު ލިބުނީ އަބްދުލް ހަސީބް ހުސައިނަށެވެ. އެންމެ މޮޅު ކުޅިވަރު ނޫސްވެރިއަކީ އަދަދުގެ އައްޒާމް އަލިފުޅެވެ. އެންމެ މޮޅު ކުޅިވަރު ފޮޓޯގްރާފަރަކީ މުހައްމަދު ޝާބިން އިލްހާމް ރަޝީދެވެ. ޕެރަލިމްޕިކް އެވޯޑް ލިބުނީ ފާތިމަތު އިބްރާހީމަށެވެ.

ކުޅިވަރާ ބެހޭ ވުޒާރާމޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2023

އިތުރަށް ކިޔާލަން

18 ނޮވެމްބަރު 2024

މުލިއާގޭ ވެހިކަލް ގަރާޖު ހުރި ބިމުގައި ޒުވާނުންގެ މަރުކަޒެއް އަޅަނީ

18 ނޮވެމްބަރު 2024
މުލިއާގޭ ވެހިކަލް ގަރާޖު ހުރި ބިމުގައި ޒުވާނުންގެ މަރުކަޒެއް އަޅަނީ
21 ޖުލައި 2024

ވަރަށް އަވަހަށް ނޭޝަނަލް އާޓް ކަލެކްޝަން އެއް ފަތުރުވެރިންނަށް ހުޅުވާލާނަން: އަސްވަރޑް

21 ޖުލައި 2024
ވަރަށް އަވަހަށް ނޭޝަނަލް އާޓް ކަލެކްޝަން އެއް ފަތުރުވެރިންނަށް ހުޅުވާލާނަން: އަސްވަރޑް
01 ސެޕްޓެމްބަރު 2023

ތިލަފުށީގައި މޮޓޯރ ސްޕޯރްޓްސް އެރީނާއެއް ތަރައްޤީކުރުމަށް ބިން ހަމަޖައްސާ އެއްބަސްވުމުގައި ސޮއިކޮށްފި

01 ސެޕްޓެމްބަރު 2023
ތިލަފުށީގައި މޮޓޯރ ސްޕޯރްޓްސް އެރީނާއެއް ތަރައްޤީކުރުމަށް ބިން ހަމަޖައްސާ އެއްބަސްވުމުގައި ސޮއިކޮށްފި
18 ޖުލައި 2023

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ އިންޑަސްޓްރީތަކުން ބޭނުންވާ ގޮތަށް ޑިޒައިންކޮށްގެން ހިންގޭ ޕްރޮގްރާމެއް: ނިޝާމް

18 ޖުލައި 2023
ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ އިންޑަސްޓްރީތަކުން ބޭނުންވާ ގޮތަށް ޑިޒައިންކޮށްގެން ހިންގޭ ޕްރޮގްރާމެއް: ނިޝާމް
09 މެއި 2023

ސިޔާސަތަކީ ތަފާތު ދާއިރާތަކުގެ ހުނަރާއި ފަންނުވެރިކަން ހުރި ޒުވާނުން އެ ދާއިރާތަކުން ކުރިއަރައި ދިޔުމަށް މަގު ކޮށައިދީ އުފެއްދުންތެރި ޒުވާނުން ބިނާކުރުން - ރައީސް

09 މެއި 2023
ސިޔާސަތަކީ ތަފާތު ދާއިރާތަކުގެ ހުނަރާއި ފަންނުވެރިކަން ހުރި ޒުވާނުން އެ ދާއިރާތަކުން ކުރިއަރައި ދިޔުމަށް މަގު ކޮށައިދީ އުފެއްދުންތެރި ޒުވާނުން ބިނާކުރުން - ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު