Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެންޑޯމާޗް ޑޭ

ރާއްޖޭގައި އަލަށް "އެންޑޯމާޗް ޑޭ" ފާހަގަކުރަނީ

ފަހުގެ ދިރާސާތައް ދައްކާގޮތުން ކޮންމެ 10 އަންހެނެއްގެ ތެރެއިން އެކަކު އެންޑޯމީޓްރިއޯސިސް ތަހައްމަލު ކުރޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 17 މާރިޗު 2023 | ހުކުރު 03:23
އެޗްޑީސީ

އެޗްޑީސީ

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެންޑޯ މޯލްޑިވްސް ގުޅިގެން ރާއްޖޭގައި އަލަށް "އެންޑޯމާޗް ޑޭ" ފާހަގަކުރަން ނިންމައިފިއެވެ

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އެންޑޯމީޓްރިއޯސިސް ޑޭ އަކީ ކޮންމެ އަހަރެއްގެ ވެސް މާޗު މަހުގެ 18 ވަނަ ދުވަހެވެ. މި ދުވަހު މުޅި ދުނިޔޭގެ 50 އަށް ވުރެ ގިނަ ގައުމުގައި ހޭލުންތެރިކުރުމުގެ ހަރަކާތްތައް ބާއްވައެވެ.

Advertisement - newsAdvertisement

ފަހުގެ ދިރާސާތައް ދައްކާގޮތުން ކޮންމެ 10 އަންހެނެއްގެ ތެރެއިން އެކަކު މި ބަލި ތަހައްމަލުކުރަމުންދެއެވެ. އެހެންކަމުން މި ބައްޔާ މެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ރާއްޖޭގައި އަލަށް މި ދުވަސް ފާހަގަކުރުމަށް ވަނީ ނިންމާފައެވެ.

މި އަހަރުގެ އެންޑޯ މާޗް ޑޭ ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދަން ނިންމާފައި ވަނީ އެންޑޯމީޓްރިއޯސިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ގުޅިގެންނެވެ. ގައިންގަޔަށް ނާރާ ބަލިތަކަށް ހޭލުންތެރިކަން އިތުރުކުރުމަކީ އެޗްޑީސީގެ މި އަހަރުގެ އަމާޒުތައް ތެރޭގައި ހިމެނޭ ކަމެކެވެ.

އެޗްޑީސީން ބުނިގޮތުގައި މި މަހުގެ 18 ވަނަ ދުވަހުގެ ހަވީރު ޚާއްސަ ހިނގާލުމެއް ބާއްވާނެއެވެ. މި ހިނގާލުން ފެށޭނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ރުއްގަނޑު 1 ސަރަހައްދުންނެވެ. ހަވީރު 16:00 އިން 18:00 އަށް ކުރިއަށްދާ މި ހިނގާލުމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމައް އެޗްޑީސީން އެދެއެވެ.

އެންޑޯމީޓްރިއޯސިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ގުޅިގެން މިފަދަ ހަރަކާތެއް ރާވާ އިންތިޒާމުކުރުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި މި ބައްޔާ މެދު ހޭލުންތެރިކަން އިތުރުކުރުން ކަމަށް އެޗްޑީސީން ބުނެއެވެ. އަދި ރާއްޖޭގައި ވެސް މި ބަލި ތަހައްމަލުކުރަމުންދާ އެތައް ބަޔަކު މިހާރު ވެސް ތިބި އިރު، އަދިވެސް މި ބައްޔާ މެދު އާންމުންގެ މެދުގައި މައުލޫމާތު ހުރި މިންވަރާއި، އެ ވާހަކަތަކަކީ ދައްކަން ނުކެރޭ ލަދުވެތި ވާހަކަތަކަކަށް ވެފައިވާކަމީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

މިފަދަ ބަލި ބައްޔާ މެދު ހޭލުންތެރިވެ މި ބަލި ތަހައްމަލުކުރަމުންދާ މީހުންނާ މެދު އޯގާތެރިވެ އެހީތެރިވެދިނުމަށް އެޗްޑީސީން އިލްތިމާސްކުރެއެވެ. އެގޮތުން،ންމެން އެކުގައި، އެތައް ސަތޭކަ އަހަރެއްގެ ހިމޭންކަމާއި ހިތާމައާއި ލަދުވެތިކަން ނިމުމަކަށް ގެނެސްދޭ ޖީލަކަށް ވުމަށް އެ ކުންފުނިން ވަނީ ގޮވާލާފައެވެ.

އެޗްޑީސީ

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

ނިމިދިޔަ އަހަރު 109 މިލިއަން ރުފިޔާގެ ގެއްލުމުގައި ނިންމާލި، އެޗްޑީސީ ގެ މުވައްޒަފުންނަށް 18600 ރުފިޔާ ގެ އަހަރީ ބޯނަސް

15 ޑިސެމްބަރު 2025
 ނިމިދިޔަ އަހަރު 109 މިލިއަން ރުފިޔާގެ ގެއްލުމުގައި ނިންމާލި، އެޗްޑީސީ ގެ މުވައްޒަފުންނަށް 18600 ރުފިޔާ ގެ އަހަރީ ބޯނަސް
14 ޑިސެމްބަރު 2025

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް
13 ޑިސެމްބަރު 2025

ހުޅުމާލޭ ގެ ބައެއް މަގުތައް މަރާމާތު ކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލު ކުރީ 91.8 މިލިއަން ރުފިޔާ އަށް

13 ޑިސެމްބަރު 2025
ހުޅުމާލޭ ގެ ބައެއް މަގުތައް މަރާމާތު ކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލު ކުރީ 91.8 މިލިއަން ރުފިޔާ އަށް
12 ޑިސެމްބަރު 2025

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

12 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި
10 ޑިސެމްބަރު 2025

ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

10 ޑިސެމްބަރު 2025
ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު