Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގައިން ގަޔަށް ނާރާ ބަލިތައް

ގައިން ގަޔަށް ނާރާ ބަލިތަކުގެ މައުލޫމާތު ފޯރުކޮށްދޭ ނިޒާމް ހަރުދަނާކުރަނީ

މިދިޔަ އަހަރު އާންމުކުރެވުނު ސްޓެޕް ސަރވޭއިން، ސިއްހީ ނިޒާމުގައި ވަރަށް ގިނަ މައްސަލަ އުޅޭކަން ފާހަގަކުރެވުނު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 16 މާރިޗު 2023 | ބުރާސްފަތި 18:04
ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު، ސަފިއްޔާ މުހައްމަދު ސައީދު

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު، ސަފިއްޔާ މުހައްމަދު ސައީދު

ގައިން ގަޔަށް ނާރާ ބަލިތަކުގެ މައުލޫމާތު ފޯރުކޮށްދޭ ނިޒާމް ހަރުދަނީ ކުރަން ނިންމާފައިވާ ކަމަށް، ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ސަފިއްޔާ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ސަފިއްޔާ ވިދާޅުވީ، މިދިޔަ އަހަރު އާންމު ކުރެވުނު ސްޓެޕް ސަރވޭއިން، ސިއްހީ ނިޒާމުގައި ވަރަށް ގިނަ މައްސަލަ އުޅޭކަން ފާހަގަކުރެވުނު ކަމަށެވެ.

އެގޮތުން ސަފިއްޔާ ވިދާޅުވީ އެ ސަރވޭއިން ފާހަގަވެގެންދިޔައީ އުމުރުން 18 އަހަރާއި 69 އަހަރުގެ މީހުންގެ ތެރެއިން 100 މީހުން ނަގައިފިނަމަ 16 އިންސައްތަ މީހުން ހަކުރު ބަލި ހުރި ކަމަށާއި، 27 އިންސައްތަ މީހުން ލޭ މައްޗަށް ދާ ކަމަށެވެ. އަދި ކޮލެސްޓްރޯލް ވެސް މައްޗަށް ދާ ކަމަށެވެ. އެމީހުންގެ ތެރެއިން ބަލި ކޮންޓްރޯލްކޮށް ފަރުވާ ހޯދަމުންދަނީ ފަސް މީހުން ކަމަށާއި އެ މައްސަލަ ހައްލުކުރާނެ ގޮތަކާމެދު މިނިސްޓްރީން ވިސްނި ކަމަށެވެ.

އެގޮތުން ޕްރައިމަރީ ހެލްތު ކެއަރ ކުރިއެރުވުމަށް ފ. އަތޮޅު މޮޑެލްއެއް ގޮތަށް ނަގައިގެން، ކޮމިއުނިޓީ ލެވެލްގައި ރައްޔިތުންނަށް ސަޕޯޓް ދެވޭނެ ނިޒާމެއް ގާއިމުކުރެވޭނީ ކިހިނެއްތޯ ބަލަމުންދާ ކަމަށް ވިދާޅުވިއެވެ. މިހާރު މުޅި ފ. އަތޮޅުގައި މިނިސްޓްރީން ޕޮޕިއުލޭޝަން ސްކްރީނެއް ހިންގާކަމަށާއި، މިކަމުން އެ އަތޮޅުގެ ރަށްތަކުގެ ރައްޔިތުންގެ ހާލަތު ދެނެގަނެވިގެންދާނެ ކަމަށް ސަފިއްޔާ ވިދާޅުވިއެވެ. އަދި މި މަސައްކަތަށްފަހު އެންސީޑީ ކްލިނިކުތައް ފެށުމަށްފަހު ހަރަކާތެއް ހިންގާނެ ކަމަށްވެސް ވިދާޅުވިއެވެ.

ސަފިއްޔާ ވިދާޅުވީ މިދިޔަ އަހަރު 8 އަތޮޅެއްގައި އެ ޕްރޮގްރާމް ހިންގާފައިވާ ކަމަށެވެ. ފ. އަތޮޅުގައި ވެސް މި ޕްރޮގްރާމް ހިންގުމަށްފަހު، އެންސީޑީ ކްލިނިކް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ މީހުން ހޯދައި އެމީހުން ގާތަށް ގޮސް ވާހަކަ ދައްކައި، މައުލޫމާތު ފޯރުކޮށްދޭނެ ކަމަށެވެ. އަދި އެކި މުއައްސަސާތައް ގުޅިގެން މި މަސައްކަތް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާކަމަށް ސަފިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ ގާތްގަނޑަކަށް 84 އިންސައްތަ ހިއްސާކުރާ ބަލިތަކަކީ ސިއްހަތަށް ނުރަނގަޅު އާދަތަކާ ގުޅިފައިވާ ބަލިތައް ކަމަށް ސްޓެޕް ސަރވޭއިން ވަނީ ދައްކާފައެވެ. މީގެތެރޭގައި ހިމެނޭ މައިގަނޑު ބަލިތަކަކީ; ކެންސަރު، ހިތުގެބަލި، ސްޓްރޯކް، ފުއްޕާމޭގެ ދާއިމީ ބަލިތައް، ހަކުރުބަލި، ކިޑްނީ ބަލި އަދި ނަފްސާނީ ބަލިތަކެވެ. މިފަދަ ބަލިތަކަށް ހުށަހެޅޭ އެންމެ މުހިއްމު ހިރާސްތައް ނުވަތަ ރިސްކު ފެކްޓަރސްތަކަކީ; ކެއިންބުއިމުގެ ނުރަނގަޅު އާދަތަކާއި، ދުންފަތުގެ އިސްތިއުމާލުކުރުމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި، އެކަށީގެންވާ މިންވަރަށް ހެލިފެލިވެ ކަސްރަތު ނުކުރުމާއި، ވައިގެ ނުސާފުކަމާއި އަދި މިނޫން ވެސް ސިއްހަތާ ބީރައްޓެހި އެހެނިހެން ކަންކަމެވެ.

ހެލްތު މިނިސްޓްރީ

އިތުރަށް ކިޔާލަން

26 ނޮވެމްބަރު 2025

އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް

26 ނޮވެމްބަރު 2025
އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް
17 ނޮވެމްބަރު 2025

ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

17 ނޮވެމްބަރު 2025
ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ
17 ނޮވެމްބަރު 2025

އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

17 ނޮވެމްބަރު 2025
އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި
15 ނޮވެމްބަރު 2025

މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ

15 ނޮވެމްބަރު 2025
މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ
08 އޮކްޓޯބަރު 2025

ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ޑުބާއީ ކުންފުނިން 37 މިލިއަން ރުފިޔާ ދައްކަން ދުބާއީގެ ކޯޓަކުން އަމުރުކޮށްފި

08 އޮކްޓޯބަރު 2025
ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ޑުބާއީ ކުންފުނިން 37 މިލިއަން ރުފިޔާ ދައްކަން ދުބާއީގެ ކޯޓަކުން އަމުރުކޮށްފި
20 އޯގަސްޓު 2025

ރާއްޖޭގައި މަސައްކަތް ކުރާ ނަރުހުން ރަޖިސްޓްރީ ނުވެ، ލައިސެންސް ނެތި މަސައްކަތް ކުރޭ: ހެލްތް މިނިސްޓްރީ

20 އޯގަސްޓު 2025
ރާއްޖޭގައި މަސައްކަތް ކުރާ ނަރުހުން ރަޖިސްޓްރީ ނުވެ، ލައިސެންސް ނެތި މަސައްކަތް ކުރޭ: ހެލްތް މިނިސްޓްރީ
07 އޯގަސްޓު 2025

ފީއަލީގައި އެމްބިއުލާންސް ހަލާކުވެ ޚިދުމަތް ހުއްޓިފައި އޮންނަތާ ތިން މަހަށް ވުރެ ގިނަ ދުވަސް

07 އޯގަސްޓު 2025
ފީއަލީގައި އެމްބިއުލާންސް ހަލާކުވެ ޚިދުމަތް ހުއްޓިފައި އޮންނަތާ ތިން މަހަށް ވުރެ ގިނަ ދުވަސް
07 އޯގަސްޓު 2025

ޔުމްނު ވެއްޓުނު ހާދިސާ - ރިޕޯޓުގައި ހުރި ފިޔަވަޅުތައް އެޅިތޯ ބެލުމަށް އިހުސާން މަޖިލީހަށް ހާޒިރުކުރަނީ

07 އޯގަސްޓު 2025
ޔުމްނު ވެއްޓުނު ހާދިސާ - ރިޕޯޓުގައި ހުރި ފިޔަވަޅުތައް އެޅިތޯ ބެލުމަށް އިހުސާން މަޖިލީހަށް ހާޒިރުކުރަނީ
19 އެޕްރީލު 2025

ދުންފަތުގެ ވިޔަފާރިކުރަން ބޭނުންވާ ލައިސަންސް ހޯދަން ހުޅުވާލައިފި

19 އެޕްރީލު 2025
ދުންފަތުގެ ވިޔަފާރިކުރަން ބޭނުންވާ ލައިސަންސް ހޯދަން ހުޅުވާލައިފި
17 އެޕްރީލު 2025

ފިހުނު ތުއްތު ކުއްޖަކަށް އިހުމާލުވި ކަމަށް ބުނާ މައްސަލަ ސަމާލުކަމަށް އައުމުން ބަލަން ޖެހޭ ކަންކަން ބަލާނެ: ހެލްތް މިނިސްޓްރީ

17 އެޕްރީލު 2025
ފިހުނު ތުއްތު ކުއްޖަކަށް އިހުމާލުވި ކަމަށް ބުނާ މައްސަލަ ސަމާލުކަމަށް އައުމުން ބަލަން ޖެހޭ ކަންކަން ބަލާނެ: ހެލްތް މިނިސްޓްރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު