Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
"ރަން ތާޖު" ޤުރުއާން މުބާރާތް

"ރަން ތާޖު" ޤުރުއާން މުބާރާތުގެ ބައިވެރިން މާލެ އަތުވެއްޖެ

ރާއްޖޭގެ 6 ސަރަހައްދެއްގައި މި މުބާރާތުގެ އޮޑިޝަންތައް ވަނީ ބާއްވާފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 16 މާރިޗު 2023 | ބުރާސްފަތި 13:48
"ރަން ތާޖު" ޤުރުއާން މުބާރާތުގެ މައުލޫމާތު ސެޝަންގެ ތެރެއިން

"ރަން ތާޖު" ޤުރުއާން މުބާރާތުގެ މައުލޫމާތު ސެޝަންގެ ތެރެއިން

ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ އަގު ބޮޑު ޤުރުއާން މުބާރާތްކަމަށްވާ "ރަން ތާޖު" ޤުރުއާން މުބާރާތުގެ ހުރިހާ ބައިވެރިން މާލެއަށް އަތުވެއްޖެއެވެ.

އެ ބައިވެރިން މާލެ އައިސްފައިވާއިރު، ބައިވެރިންގެ ހުރިހާ ކަމެއް ބަލަހައްޓަމުން ދަނީ "ރަން ތާޖު" ޤުރުއާން މުބާރާތުގެ ޓީމުންނެވެ. މީގެ އިތުރުން މުބާރާތުގެ އޮޑިޝަނުން ހޮވުނު 20 ބައިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ބުރާސްފަތި ދުވަހު ވަނީ ބާއްވާފައެވެ. މީގެ ކުރިންވެސް މި މުބާރާތުގެ ބައިވެރިންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން ޚާއްޞަ ސެޝަނެއް ވަނީ ބާއްވާފައެވެ. އެހެންނަމަވެސް އޭރު ބައެއް ބައިވެރިން ސެޝަންގައި ބައިވެރިވެފައިވަނީ އޮންލައިންކޮށެވެ.

Advertisement - newsAdvertisement

ނަމަވެސް ބުރާސްފަތި ދުވަހުގެ ސެޝަންގައި ހުރިހާ ބައިވެރިން ތައާރަފްވެ، ބައިވެރިންނަށް މުބާރާތުގެ ތަފްސީލްތައް ވަނީ ހިއްސާކޮށްފައެވެ. އެގޮތުން ބައިވެރިންނާއި ހިއްސާކުރި މައުލޫމާތުތަކުގެ ތެރޭގައި; މުބާރާތް ކުރިއަށްދާނެ ގޮތާއި، މުބާރާތުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތާއި، މުބާރާތުގެ މުގައްރަރާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އެ މައުލޫމާތުތައް ހިއްސާކޮށްފައިވަނީ ރާއްޖެ ޓީވީއާއި ޔޫތު މިނިސްޓްރީގެ އިތުރުން އިސްލާމިކް މިނިސްޓްރީންނެވެ. ބުރާސްފަތި ދުވަހުގެ ސެޝަނުގައި މުބާރާތުގެ ބައިވެރިން އޮޅުން ފިލުވަން ބޭނުންވާ ކަންކަމަށް ވަނީ ޖަވާބުދީފައެވެ.

ރާއްޖެ ޓީވީއާއި ޔޫތު މިނިސްޓްރީއާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން މިއަހަރުގެ ރޯދަ މަހު ކުރިއަށްގެންދާ މި މުބަރާތުގެ އޮޑިޝަންގައި 111 މީހުން ވަނީ ބައިވެރިވެފައެވެ. ރާއްޖޭގެ 6 ސަރަހައްދެއްގައި މި މުބާރާތުގެ އޮޑިޝަންތައް ވަނީ ބާއްވާފައެވެ. މުބާރާތުގެ ފައިނަލަށް 20 ބައިވެރިން ހޮވާފައި ވަނީ އެއަށްފަހުގައެވެ. މި ބައިވެރިން ހޮވާފައި ވަނިކޮށް އޭގެ ތެރެއިން ދ. ކުޑަހުވަދޫ އީލަފް އަހުމަދު ސަލާހު މުބާރާތުން އަމިއްލައަށް ވަކިވުމާ ގުޅިގެން އެ ޖާގައަށް އޮޑިޝަންގައި 21 ވަނައަށް އެންމެ މަތިން މާކްސް ލިބުނު ބައިވެރިޔާ ވަނީ ހޮވާފައެވެ. އެއީ ހއ. ހޯރަފުށީ އައިޝަތު ޝަރުފާއެވެ. އީލަފް މުބާރާތުން ވަކިވުމަށް އެދިފައިވަނީ މުބާރާތާ އޯލެވެލްގެ ދުވަސްވަރާ ދިމާވާތީ، އެ ދުވަސްވަރު މާލޭގައި ހުންނަން ދަތިވުމާ ގުޅިގެންނެވެ.

މި މުބާރާތުގެ އޮޑިޝަންގައި ފަނޑިޔާރުންގެގޮތުގައި ރާއްޖޭގެ ފުންނާބު އުސް 10 ގާރީން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. 3 ލައްކަ ރުފިޔާގެ އިނާމަކާއެކު ކުރިއަށްގެންދާ މި މުބާރާތުގެ ފަނޑިޔާރުންނަކީ އަލްގާރީ އިބްރާހިމް ޝިފާއުއާއި އަލްގާރީ މުހައްމަދު ތައުފީގާއި އަލްގާރީ އަބްދުލް ވާހިދު އަބްދުﷲ، އަދި އައްޝައިޚް ނަސްރުﷲ އަލީއެވެ.

16 އަހަރާއި 45 އަހަރާ ދެމެދުގެ އުމުރުފުރާގެ ފަރާތްތަކަށް ހުޅުވާލެވިފައިވާ މި މުބާރާތަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބޮޑު މުބާރާތެވެ. މި މުބާރާތަކީ ރާއްޖެ ޓީވީ، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި އަދި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ.

ރާއްޖެއެމްވީރާއްޖެ ޓީވީރަންތާޖު ޤުރުއާން މުބާރާތްއިސްލާމިކް މިނިސްޓްރީޔޫތު މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025
ޕީއެސްއެމްގެ ކުރީގެ އެމްޑީ ނަސްރީން ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް

ޕީއެސްއެމްގެ ކުރީގެ އެމްޑީ ނަސްރީން ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް

02 ޑިސެމްބަރު 2025
އަނެއްކާވެސް ޔޫތު މިނިސްޓްރީ އަށް ޑެޕިއުޓީ މިނިސްޓަރަކު އައްޔަނު ކޮށްފި

އަނެއްކާވެސް ޔޫތު މިނިސްޓްރީ އަށް ޑެޕިއުޓީ މިނިސްޓަރަކު އައްޔަނު ކޮށްފި

29 ނޮވެމްބަރު 2025
އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

25 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު