Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތިލަފުށިން ބިން ވިއްކަން އުޅުން

މުވައްޒަފުގެ އެކައުންޓަށް ފައިސާ ޖަމާވެފައިވޭ، ބިން ވިއްކަން ފުރުސަތު ނުލިބުނު - އެޗްޑީސީ

މުވައްޒަފު ވަނީ ވަގުތުން ސަސްޕެންޑް ކުރެވިފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 16 މާރިޗު 2023 | ބުރާސްފަތި 09:21
ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން

ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން

އެޗްޑީސީގެ މުވައްޒަފުގެ އެކައުންޓަށް ފައިސާ ޖަމާވެފައިވާ ކަމަށާއި، އެހެންމަވެސް ބިން ވިއްކުމުގެ ފުރުސަތު ލިބިފައި ނުވާކަމަށް ހައުސިންގ ޑިވަލަޕްމަންޓް ކޯޕަރޭޝަނުން ބުނެފިއެވެ.

އެޗްޑީސީން ބުނީ ބިމެއް އޮޅުވާލައިގެން ވިއްކާފައެއް ނުވާ ކަމަށާއި، ހިޔާނާތްތެރިވި މުވައްޒަފު ހިންގާފައިވަނީ ރިޝްވަތުގެ މުޢާމަލާތެއް ކަމަށެވެ. އެގޮތުން މި ކޯޕަރޭޝަންގެ މުވައްޒަފަކު ހެދިފައިވާ އުސޫލުތަކާއި ހިލާފަށް އޮޅުވާލައިގެން އަމިއްލަ ފަރާތަކަށް ބިމެއް ދޭނެކަމަށްބުނެ މަންފާއެއް ހޯދުމަށް މަސައްކަތް ކުރާކަން ފާހަގަކުރެވުނު ހިސާބުން އެ މައްސަލަ ބަލާ، އެ މުވައްޒަފު ވަނީ ވަގުތުން ސަސްޕެންޑް ކުރެވިފައި ކަމަށެވެ.

Advertisement - newsAdvertisement

އަދި ކަސްޓަމަރަށް އޮޅުވާލައިގެން ފައިސާގެ މުޢާމާލާތެއްކޮށް މި މުވައްޒަފުގެ އަމިއްލަ ބޭންކް އެކައުންޓަށް ފައިސާޖަމާކޮށްފައިވާކަން އެ މައްސަލައިގެ ތަހުޤީޤުގައި އެ ކޯރޕަރޭޝަންއަށް ފާހަގަކުރެވިފައިވާކަމަށް ބުނެފައިވެއެވެ.

އެޗްޑީސީން ބުނީ އެ ކޯޕަރެޝަނުގެ ފަރާތުން ފައިސާގެ އެއްވެސް މުޢާމާލާތެއް އަމިއްލަ މުވައްޒަފެއްގެ ބޭންކް އެކައުންޓެއް މެދުވެރިކޮށް ނުކުރާނެ ކަމަށެވެ. މި ކަމަށް އާއްމު ރައްޔިތުން ސަމާލުވުމަށް އެ ކުންފުނިން ވަނީ ނަސޭހަތްތެރިވެފައެވެ. އަދި މި މައްސަލާގައި އެ މުވައްޒަފަށް ބިމެއް ވިއްކުމުގެ ފުރުސަތެއް އެ ކޯރޕަރޭޝަންގެ އުސޫލުތަކުގެ ތެރެއިން ލިބިފައެއްނުވާ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން އެ ކޯޕަރޭޝަންގެ ބިންވިއްކުމުގެ އުސޫލުތަކާއި ހަމަތައް ކަނޑައެޅިފައި ވަނީ ހަރުދަނާ ދެފުއް ފެންނަ ހަމަހަމަ އުސޫލުތަކަށް ކަމަށާއި، އާއްމުކޮށް ހުޅުވާލައިގެން ގެޒެޓުގައި އިޢުލާންކުރުމަކާ ނުލާ، އަދި އެޗްޑީސީގެ ބިޑް ޕޯރޓަލްގައި ރެޖިސްޓަރ ނުވާ އެއްވެސް ފަރާތަކަށް ބިމެއް ނުވިއްކާނެކަމާއި އަދި ބިން ވިއްކުމަށް ހުޅުވާނުލާނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

އެޗްޑީސީން ވަނީ ބިން ވިއްކަން އުޅުނު އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ބުނެފައެވެ. އަދި މިފަދަ އަމަލުތައް ހިންގާ މުވައްޒަފުންނާ މެދުގައި ވަގުތުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި، މިގޮތަށް ޤައިރުޤާނޫނީ ގޮތުން، އާންމުކޮށް އިޢުލާން ކުރުމަކާއި ނުލާ އަދި އަމިއްލަ އެކައުންޓް ބޭނުންކޮށް ހިންގޭ މުޢާމާލާތުތަކަށް އާއްމުން ސަމާލުވެ، މިފަދަ އަމަލެއް ހިންގާކަން ފާހަގަކުރެވިއްޖެ ނަމަ ލަސްނުކޮށް އެ ކޯޕަރޭޝަނަށް އެންގުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.

ހަސަން އަބްދުއްރަހްމާން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންއެޗްޑީސީ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

10 ޑިސެމްބަރު 2025
ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
07 ޑިސެމްބަރު 2025

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން
05 ޑިސެމްބަރު 2025

ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!

05 ޑިސެމްބަރު 2025
ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު