Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރޯދައާއި މާހެފުން

ދިވެހިންގެ ތެރެއިން ފަނޑުނުވާ މާހެފުން

މިހާރުގެ މާހެފުމުގައި ދިވެހި ކެއުންތަކާއެކު ވެސް ޒަމާނީ ފަހުގެ ކެއުންތައް ހިމެނޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 16 މާރިޗު 2023 | ބުރާސްފަތި 06:40
ދިވެހިންގެ ތެރޭގައި މާހެފުންތައް ބާއްވަމުން ދަނީ އެކި ގޮތްގޮތަށް

ދިވެހިންގެ ތެރޭގައި މާހެފުންތައް ބާއްވަމުން ދަނީ އެކި ގޮތްގޮތަށް

ދިވެހިން ޒަމާނުއްސުރެ ރޯދަ މަހަށް ކުރީބައިގައި ތައްޔާރުވާން ފަށައެވެ. ބައެއް އާއިލާތަކުން ރޯދައަށް މަސް ދުވަހަށް ކުރުވުމުން ގޭތެރެ ސާފުކޮށް، ގޭތެރޭގެ އެއްޗެހި އައު ހަދައެވެ. ބައެއް ރަށްރަށުގެ ގެތަކުގައި މިކަންކޮށް އުޅެނީ އަވަށްޓެރިންގެ ގެތަކާއި ވާދައަށް ކަމަށް އެމީހުން ބުނެ އުޅެއެވެ. މީގެ އިތުރުން އެންމެ ބޮޑު ޚާއްސަ ކަމެއް ދެވޭ އެއްކަމަކީ ރޯދަމާއި ގުޅިގެން ބާއްވާ އެކިއެކި މާހެފުންތަކެވެ. މާހެފުމަކީ ރޯދައަށް ކުރިމަތިކޮށް އެ މަސް ފެށުމުގެ ކުރިން އެ މަހުގެ ފުރަތަމަ ދުވަހާއި ގާތްދުވަހެއްގައި ޖަމާއަތް ހަދައިގެން މާހެފުމުގެ ނަމުގައި ކާ ކެއުމެވެ. އިހުޒަމާނުގައި މި ކަން ކޮށް އުޅެނީ ޝަޢުބާން މަހު ނަވާވީސް ވަނަދުވަހުއެވެ.

ޒަމާނަށް އަންނަ ބަދަލާއެކު މާހެފުމަށް މިވަނީ ވަރަށް ބޮޑެތި ބަދަލުތައް އައިސްފައެވެ. ޒަމާނީ ކެއުންތަކާއެކު މިހާރު މާހެފުން ބޭއްވި ނަމަވެސް ދިވެހި ތާރީޚަށް ބަލާއިރު ރޯދަމަހާ ކައިރިކޮށް ބާއްވާ ކެއުމަކީ “ބޮނޑިމަސްކާށި” ގެ ނަމުގައި، ރަސްރަސްކަލުންގެ ގަނޑުވަރުތެރެއިން ފެށިގެން އައި އާދައެއް ކަމުގައި ތާރީޚު އިލްމުވެރިން ލިޔުއްވައެވެ.

މާހެފުން ފެށިގެން އައި ގޮތާއި ގުޅޭގޮތުން ދިވެހި ތާރީޚު ދިރާސާ ކުރައްވާ ހޯރަފުށީ މުހައްމަދު ސަލީމު ލިޔުއްވާފައިވަނީ އެޒަމާނުގައި ރޯދަޔަށް ހަނދުބަލާރޭ ހަނގުބޭކަލުން (ރަސްގެފާނުގެ ސިފައިން)، ރަދުންގެ ފައިންފުޅު ހިފައި ނިމޭއިރަށް ދާލަބޮޑުއަށި ކައިރީގައި، ހަނގުބޭކަލުންނަށް ތައްޔާރުކޮށްފައި ހުންނަ ބޮޑު ކެއުމެއްގައި ނުވަތަ މާހެފުމެއްގައި އެބޭކަލުން ބައިވެރިވާންޖެހޭ ކަމަށެވެ. އަދި އޭގައި ހުންނާނީ އާރުހާއި ބޮނޑި، މަހާއި ކާށި ކަމަށެވެ.

ސަގާފަތުގެ ތެރެއިން އައިސްފައިވާ މިހާރުގެ މާހެފުމުގައި ދިވެހި ކެއުންތަކާއެކު ވެސް ޒަމާނީ ފަހުގެ ކެއުންތައް ހިމެނެއެވެ. ދިވެހި ކެއުންތަކުގެ ތެރޭގައި ހުނި ރޮށި، ރިހާކުރު ދިޔަ، ކައްޓަލަ، ފޮނި ފާރޮށި، ކުޅި ފާރޮޅި، އަލަ، ބަބުކޮޔޮ ބަތް ފަދަ ބާވަތްތައް ބޭނުން ކުރެއެވެ. އަދި ފަހުގެ ކެއުންތަކުގެ ތެރޭގައި ޕިއްޒާ، ސަބްމެރިން، ކޭކު ފަދަ އެއްޗެހިން ސުފުރާ މަތި ފުރާލައެވެ.

އާއިލާއިން، އޮފީހުން، ސްކޫލުން އަދި ކޮލެޖު ޔުނިވަރސިޓީތަކުންނާއި އަވައްޓެރިން ގުޅިގެން އެކި ފެންވަރުގައި މާހެފުންތައް ބާއްވަމުންދާއިރު، މިކަމަކީ ބައެއް ރަށްރަށުގައި އެއްވެލައިގެން ބޮޑު ކެއުމެއް ބޭއްވުމަށްވުރެ ބޮޑުކޮށް ކުރާ ކަމެކެވެ. އެގޮތުން ބައެއް ރަށްރަށުގައި މާހެފުމަށް ދަނީ ބޮޑެތި ޕިކްނިކްތަކަށް ދާ އުސޫލުންނެވެ. ފަތިސް ނަމާދަށްފަހު، މުޅި ރަށް ގުގުމާލަނީ މާހެފުމާއެކުއެވެ. އާއިލާތަކުން ހޭޅިފަށުގައި ޓެންޓްތައް ޖަހައި އެދުވަސް އެއްކޮށް ހޭދަކުރަނީ މޫދުގައެވެ. އެކިއެކި ކެއްކުންތައް ކައްކާ، ތަފާތު ކުޅިވަރުތައް ކުޅުމުގައެވެ. މޫދުގައި ބާއްވާ މި މާހެފުންތަކަށް އެކިއެކި ސަބަބުތަކާއެކު ވެސް ނުދެވޭ މީހަކު ހުރިނަމަ އެގެއަކަށް ގޮސް ކޮންމެ ވެސް ސިފައެއްގަ އެމީހަކު އެ މާހެފުމުގައި ބައިވެރިކުރެއެވެ.

ރޯދަ ކައިރިވާވަރަކަށް މާހެފުމުގެ ހަރަކާތްތަކުގެ ފޯރިގަދަވެގެންދާއިރު، މިކަމުގެ ސަބަބުން ދޭދޭ ގުޅުންތައް ބަދަހިވެގެންދެއެވެ. ގިނަ ދުވަހު ދިމާނުވާ ރައްޓެހިން ދިމާވެ، އާއިލާތަކުގެ ގުޅުން ބަދަހިވެގެންދެއެވެ. އައު އެކުވެރިން ލިބެއެވެ. އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކޮށްލަން ލިބުމަކީ ވެސް އެމީހަކަށް ނުވަތަ އެއާއިލާއަކަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއްމެއެވެ. ހަގީގަތުގައި ވެސް ސަގާފަތުގެ ތެރެއިން ދިވެހިންގެ ތެރެއަށް އައިސްފައިވާ މާހެފުމަކީ ހިތްތަކަށް އުފާވެރިކަން ގެނެސްދޭ ހަރަކާތެކެވެ. ބައެއް މީހުން ބުނާ ގޮތުންނަމަ މާހެފުން ނުބާއްވާނަމަ ރޯދަ ކައިރިވާކަމުގެ އުފާވެރިކަމެއް އިހުސާސު ނުކުރެވެއެވެ.

ނަމަވެސް މިފަހުން މާހެފުން ބޭއްވުމާމެދު ބައެއްގެ މީހުން ހިޔާލުތަފާތުވެ ބައެއް ނުރަނގަޅު މައުލޫމާތު ސޯޝަލް މީޑިއާގައި ދައުރުވެފައިވެއެވެ. އެއީ ބިދުއައެއް ކަމަށް ބުނެ ބައެއް މީހުން އެކަން ހުއްޓާލި ކަަމަށްވެސްވެއެވެ. މިމައްސަލައާ ގުޅޭގޮތުން ދީނީ އިލްމުވެރިޔާ ޝެއިހް އަލީ ޒައިދު ވިދާޅުވެފައިވަނީ ރޯދަޔާ ދިމާކޮށް ހިތްތަކަށް އުފާވެރިކަން ގެނައުމަށް ގެޔަށް ދޮންވެލި ލުމާ މާހެފުން ބޭއްވުމަކީ އިސްލާމްދީނާ ފުށުއަރާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނާ ބުނުމަކީ ސައްހަ ބުނުމެއް ނޫން ކަމަށެވެ. ޝެއިހް ވިދާޅުވީ މިކަންކަމަކީ ދިވެހިންގެ ސަގާފީ ކަމެއްކަމަށާއި މިއީ ބިދުއައެއް ނޫންކަމަށެވެ.

މާހެފުން

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމްގެ އެތެރެއިން ރައީސް ޔާމީނަށް އޮތް ބިރުވެރިކަން މާބޮޑު!

ޕީޕީއެމްގެ އެތެރެއިން ރައީސް ޔާމީނަށް އޮތް ބިރުވެރިކަން މާބޮޑު!

04 ޖޫން 2018
ފަސް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކަށް ރިޝްވަތުދީގެން އަމުރު ނެރުން، ބޮޑު ޖޯކެއް؟

ފަސް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކަށް ރިޝްވަތުދީގެން އަމުރު ނެރުން، ބޮޑު ޖޯކެއް؟

17 އެޕްރީލު 2018
ސިޔާސީ އަމިއްލަ އެނދުމުގެ ތެރެއިން ހަލާކުވެގެންދަނީ ގައުމުގެ އިގްތިސާދު

ސިޔާސީ އަމިއްލަ އެނދުމުގެ ތެރެއިން ހަލާކުވެގެންދަނީ ގައުމުގެ އިގްތިސާދު

15 ފެބުރުއަރީ 2018
ބޭރު ދުނިޔޭގެ ކުރިމަތީގައި އަނެއްކާ ވެސް ދިވެހިންގެ އަގު ވެއްޓުނީ!

ބޭރު ދުނިޔޭގެ ކުރިމަތީގައި އަނެއްކާ ވެސް ދިވެހިންގެ އަގު ވެއްޓުނީ!

12 ޑިސެމްބަރު 2017
 މަސްވެރިކަމަކީ ދިވެހިންގެ ލޭނާރު: އަގައިން ބުނެލާ ބަހަކަށްވެފައި

މަސްވެރިކަމަކީ ދިވެހިންގެ ލޭނާރު: އަގައިން ބުނެލާ ބަހަކަށްވެފައި

10 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

6 މެއި
"ޕްރިންސް އޮފް މަޑަގަސްކަރަ"!
20251 އަހަރު ކުރިން
ރިޕޯޓު

"ޕްރިންސް އޮފް މަޑަގަސްކަރަ"!

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!
20242 އަހަރު ކުރިން
ރިޕޯޓު

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް
20233 އަހަރު ކުރިން
މީހުން

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"
20224 އަހަރު ކުރިން
ރާއްޖެ

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް

ބިލެތުގެ ސިއްހީ ބައެއް ފައިދާ!
20197 އަހަރު ކުރިން
ސިއްހަތު

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު