Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޞިއްޙީ ދާއިރާއަށް 75 އަހަރު ފުރުން

މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ސިއްހަތަށް ރަނގަޅުވާ ކަހަލަ ދިރިއުޅުމެއް އުޅުން: މިނިސްޓަރ ނަސީމް

ޑޮކްޓަރުންގެ ލަފަޔާ އެއްގޮތަށް ދިރިއުޅުން ބައްޓަން ކުރަން ޖެހޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 15 މާރިޗު 2023 | ބުދަ 12:05
ޞިއްޙީ ދާއިރާއަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ މުނާސަބަތުގައި ބޭއްވި ހަފުލާގެ ތެރެއިން

ޞިއްޙީ ދާއިރާއަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ މުނާސަބަތުގައި ބޭއްވި ހަފުލާގެ ތެރެއިން

މިހާރު ދިމާވެފައި އޮތީ ގައިން ގަޔަށް ނާރާ ބަލިތައް ކަމަށާއި ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުވުމުގެ ސަބަބުން މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ސިއްހަތަށް ރަނގަޅުވާ ކަހަލަ ދިރިއުޅުމެއް އުޅުން ކަމަށް ހެލްތް މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގައި ސަރުކާރު ހޮސްޕިޓަލްތައް ހިންގަން ފެށިތާ 75 އަހަރު ފުރުން ފާހަގަކުރުމަށް އަންގާރަ ދުވަހުގެރޭ ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ނަސީމް ވިދާޅުވީ ރާއްޖެ ވަރަށް ގިނަ ބަލިތަކުން ސަލަމާތްވެއްޖެ ކަމަށާއި ގައިން ގަޔަށް އަރާ ބަލިތައް މަދު ކުރެވިއްޖެ ކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން، ކާން އެކަށީގެން ނުވާކަހަލަ ވަރަށް ގިނަ އެއްޗެހި ކެވޭ ކަމަށާއި ޑޮކްޓަރުންގެ ލަފަޔާ އެއްގޮތަށް ދިރިއުޅުން ބައްޓަން ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރ ނަސީމް ވިދާޅުވީ މީގެ 75 އަހަރު ކުރިން ޤާއިމުކުރި ހޮސްޕިޓަލުން ދޭން ފެށި ސިއްހީ ފަރުވާ ފުޅާވަމުން ގޮސް ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ހޮސްޕިޓަލެއް ޤާއިމުކުރެވިފައިވާ ކަމަށެވެ. އަދި ޒަމާނީ ވަސީލަތްތަކުގެ އެހީގައި ޓާޝިއަރީ ފެންވަރަށް ހޮސްޕިޓަލުތައް ތަރައްޤީވަމުން އަންނަ ކަމަށެވެ.

ސިއްހީ ދާއިރާއަކީ އަބަދުވެސް ބަލަހައްޓަން ޖެހޭ ދާއިރާއެއް ކަމަށާއި ސިއްހީ ދާއިރާ ހަރުދަނާ ކުރުމަށް ސަރުކާރުން ވޭތުވެދިޔަ 4 އަހަރު ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭއިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މެމްބަރަކަށް ނުވަނީސް އެމީހުން ރާއްޖޭގައި ހަރަކާތްތެރިވިކަން ފާހަގަކުރައްވާ މިނިސްޓަރ ނަސީމް ވިދާޅުވީ 1963ގައި ރާއްޖޭގެ އެކި ރަށްތަކުގައި މަދިރި ގިނަވެގެން، މަދިރި ނައްތާލުމުގެ ޕްރޮގްރާމެއް ހިންގި ކަމަށެވެ. އޭރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ބޭފުޅުން މަސައްކަތް ކުރެއްވީ ރޯޝަނީ ބިލްޑިންގ ގެ ގްރައުންޑް ފްލޯގައި ކަމަށް ވިދާޅުވިއެވެ.

ހެލްތު މިނިސްޓްރީ

އިތުރަށް ކިޔާލަން

26 ނޮވެމްބަރު 2025

އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް

26 ނޮވެމްބަރު 2025
އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް
17 ނޮވެމްބަރު 2025

ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

17 ނޮވެމްބަރު 2025
ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ
17 ނޮވެމްބަރު 2025

އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

17 ނޮވެމްބަރު 2025
އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި
15 ނޮވެމްބަރު 2025

މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ

15 ނޮވެމްބަރު 2025
މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ
08 އޮކްޓޯބަރު 2025

ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ޑުބާއީ ކުންފުނިން 37 މިލިއަން ރުފިޔާ ދައްކަން ދުބާއީގެ ކޯޓަކުން އަމުރުކޮށްފި

08 އޮކްޓޯބަރު 2025
ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ޑުބާއީ ކުންފުނިން 37 މިލިއަން ރުފިޔާ ދައްކަން ދުބާއީގެ ކޯޓަކުން އަމުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު