Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތިލަފުށި ބިން ހިއްކަން ފެށުން

ތިލަފުށި ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި

ތިލަފުށި ފޭސް 2 ގެ އޭރިއާ ސީ ގެ 20 ހެކްޓަރު ބިން ހިއްކުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 15 މާރިޗު 2023 | ބުދަ 11:32
ތިލަފުށި ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ

ތިލަފުށި ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ

ތިލަފުށި ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ސިނާއީ ދާއިރާގައި މިހާރު ހުރި މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ތިލަފުށި ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު ދެވަނަ ފިޔަވަހީގެ ބިންހިއްކުމުގެ ދަށުން މިހާރު ކުރަމުންދަނީ ބަންޑްވޯލް ހެދުމުގެ މަސައްތެވެ. އެގޮތުން ތިލަފުށި ފޭސް 2 ގެ އޭރިއާ ސީ ގެ 20 ހެކްޓަރު ބިން ހިއްކުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އެޗްޑީސީން މައުލޫމާތު ދެއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ތިލަފުށީ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ހަވާލު ކުރީ ޗައިނާގެ ހާބަރ ކުންފުންޏާއެވެ. އެޗްޑީސީން ވަނީ ތިލަފުށި ޒަމާނީ އިގްތިސާދީ ހަބެއްގެ ގޮތުގައި ތަރައްޤީކުރުމަށް ނިންމާ، ތިލަފުށީގެ މާސްޓަރ ޕްލޭން އެކުލަވާލާފައެވެ.

ތިލަފުށި މާސްޓަރ ޕްލޭންގެ އެންމެ ފުރަތަމަ މަސައްކަތެއްގެ ގޮތުގައި ހިމެނެނީ، ތިލަފަޅު ހިއްކުމުގެ މަސައްކަތެވެ. މާސްޓަރ ޕްލޭންގެދަށުން ތިލަފަޅުން 150 ހެކްޓަރު ހިއްކުމަށް ވަނީ ނިންމާފައެވެ. ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާނީ 3 ފިޔަވަށްސަކަށް ބަހާލައިގެންކަމަށް އެޗްޑީސީން މީގެކުރިން ވަނީ ބުނެފައެވެ.

މާލޭގެ ޖާގައިގެ ދަތިކަމުގެ ސަބަބުން މަސައްކަތް ކުރުމަށާއި ވިޔަފާރިތައް ހިނގުމުގަށް ދަތިތައް ކުރިމަތިވަމުންދާ ކަމަށް އެޗްޑީސީން ބުންޏެވެ. އަދި އާންމުން ދިރިއުޅޭ ސަރަހައްދުގައި ގަރާޖުތަކާއި ވެއާހައުސްތައް ހުރުމުން ނުރައްކާތެރި އެކްސިޑެންޓުތައް އިތުރުވެފައިވާ ކަމަށާއި އެހެންވެ މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ބިނާކުރުމަށް ސަރުކާރާއި ގުޅިގެން އެކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.

މީގެ އިތުރުން ރާއްޖޭގެ ވިޔަފާރި ސިނާއަތްތަކަށް ބޭނުންވާ އެންމެ ޒަމާނީ އަދި ފުރިހަމަ ވަސީލަތްތަކާއި އެކަމަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ގާއިމު ކުރުމަކީ ސަރުކާރުން ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

ހަސަން އަބްދުއްރަހްމާން އެޗްޑީސީ

އިތުރަށް ކިޔާލަން

19 ޑިސެމްބަރު 2025

ރިޔާސީ އިންތިޚާބުގައި ހިޔާ ފްލެޓުގެ ވެރިންނަށް މުއިއްޒު ދެއްވަން ވިދާޅުވި ދެ ލައްކަ ރުފިޔާގެ ވާހަކަ އަނެއްކާ ވެސް ފެންމަތިވެއްޖެ، މިފަހަރު ވެސް އެ ދެއްވީ ޔަގީން ކަން

މުޢިއްޒުގެ ހިޔާ ފުލެޓު ސްކޭމް: ދެ ލައްކަ އުނިކުރާނެ ކަމަށް ބުނެ ބޮލުގަ އެޅުވީ 7 އަހަރު ދުވަހުގެ ބޮޑު ދަރަންޏެއް

19 ޑިސެމްބަރު 2025
މުޢިއްޒުގެ ހިޔާ ފުލެޓު ސްކޭމް: ދެ ލައްކަ އުނިކުރާނެ ކަމަށް ބުނެ ބޮލުގަ އެޅުވީ 7 އަހަރު ދުވަހުގެ ބޮޑު ދަރަންޏެއް
18 ޑިސެމްބަރު 2025

ހިޔާ ފްލެޓް ތަކަށް ދައްކަން ޖެހޭ ޖުރިމަނާ ފައިސާ މުއިއްޒު މާފު ކޮށްދެއްވައިފި

18 ޑިސެމްބަރު 2025
ހިޔާ ފްލެޓް ތަކަށް ދައްކަން ޖެހޭ ޖުރިމަނާ ފައިސާ މުއިއްޒު މާފު ކޮށްދެއްވައިފި
15 ޑިސެމްބަރު 2025

ނިމިދިޔަ އަހަރު 109 މިލިއަން ރުފިޔާގެ ގެއްލުމުގައި ނިންމާލި، އެޗްޑީސީ ގެ މުވައްޒަފުންނަށް 18600 ރުފިޔާ ގެ އަހަރީ ބޯނަސް

15 ޑިސެމްބަރު 2025
 ނިމިދިޔަ އަހަރު 109 މިލިއަން ރުފިޔާގެ ގެއްލުމުގައި ނިންމާލި، އެޗްޑީސީ ގެ މުވައްޒަފުންނަށް 18600 ރުފިޔާ ގެ އަހަރީ ބޯނަސް
14 ޑިސެމްބަރު 2025

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް
13 ޑިސެމްބަރު 2025

ހުޅުމާލޭ ގެ ބައެއް މަގުތައް މަރާމާތު ކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލު ކުރީ 91.8 މިލިއަން ރުފިޔާ އަށް

13 ޑިސެމްބަރު 2025
ހުޅުމާލޭ ގެ ބައެއް މަގުތައް މަރާމާތު ކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލު ކުރީ 91.8 މިލިއަން ރުފިޔާ އަށް
12 ޑިސެމްބަރު 2025

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

12 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި
10 ޑިސެމްބަރު 2025

ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

10 ޑިސެމްބަރު 2025
ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު