Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހަށިވިއްކުމުގެ މައްސަލަ

ވިޔަފާރީގެ ނަމުގައި ހަށިވިއްކުން ފުލުހުންނަށް ގޮންޖެހުމަކަށް

15 މާރިޗު 2023 | ބުދަ 06:47

ހަށިވިއްކުމުގެ މައްސަލަތައް ހުއްޓުވަން ފާއިތުވި 4 އަހަރު 99 މީހުން ހައްޔަރު ކުރި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 15 މާރިޗު 2023 | ބުދަ 06:47
ފުލުހުންގެ މައި އިދާރާ --

ފުލުހުންގެ މައި އިދާރާ --

ހަށިވިއްކުމުގެ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރާ އިރު، ވިޔަފާރީގެ ނަމުގައި ހަށިވިއްކުމަކީ ފުލުހުންނަށް ދިމާވެފައިވާ ގޮންޖެހުމެއް ކަމަށް ފުލުހުން ބުނެފިއެވެ.

މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ)، މިނިސްޓަރ އޮފް ހޯމް އެފެއާޒަށް ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރައްވާފައިވާ ސުވާލަށް ޖަވާބުދެއްވަމުން، މިނިސްޓަރު ވަނީ އެކަމާއި ގުޅޭ ތަފްސީލް ލިޔުންތައް މަޖިލީހާއި ހިއްސާކުރައްވާފައެވެ. އޭނާ ސުވާލުކުރައްވާފައި ވަނީ މާލެ އާއި އަތޮޅުތެރޭގައި ވަރކްޕާމިޓާއި ވިސާ ނެތި ޤާނޫނާއި ގަވާއިދުތަކާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ ފަރާތުން ޢާންމު އިޖްތިމާޢީ މިންގަނޑުތަކީ ޚިލާފުވާ މައްސަލަތައް ހުއްޓުވުމަށާއި އަދި މިފަދަ ފަރާތްތަކުން ދިވެހިންނަށް ލިބިފައިވާ އިޖްތިމާޢީ އަދި އިޤްތިޞާދީ ޙައްޤުތަކަށް ހުރަސްއެޅޭ ގޮތަށް ކުރަމުންދާ ޤާނޫނާއި ޚިލާފު ކަންކަން ހުއްޓުވުމަށް ފާއިތުވި 3 އަހަރު ކުރައްވާފައިވާ މަސައްކަތަކީ ކޮބައިތޯ ސާފުކުރެއްވުމަށެވެ.

Advertisement - newsAdvertisement

މަޖިލީހާއި ހިއްސާކރުި ލިޔުންތަކުގައި ފާއިތުވި ހަތަރު އަހަރު ހަށިވިއްކުމުގެ މައްސަލަތައް ހައްލުކުރުމަށް ފުލުހުންކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް ވަނީ ހިއްސާކުރައްވާފައެވެ. އެ މަސައްކަތުގައި ފުލުހުންނަށް ދިމާވާ ގޮންޖެހުމާއި ގުޅޭގޮތުން ފުލުހުން ބުނެފައި ވަނީ ދުވަހު ކުއްޔަށް ދޭ ތަންތަން ހިންގުމުގައި ބިދޭސީން ހަރަކާތްތެރިވުމަކީ ގޮންޖެހުމެއް ކަމަށެވެ. އެ ފަދަ ތަންތަނުގައި ހަށި ވިއްކުމާއި ޖުވާ ކުޅުމުގެ ކަންކަން ވިޔަފާރީގެ އުސޫލުން ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ. އެކަން ރެގިއުލޭޓް ނުކުރެވޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެކަމަށް ދާއިމީ ހައްލެއް ނުލިބި ވަނީ އެހެންވެގެން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. އެފަދަ ކަންކަން ރެގިއުލޭޓް ނުވުމުގެ ނަތީޖާ އަކީ ފުލުހުން އެ ކުށްތައް ހުއްޓުވި ނަަމަވެސް އެކަންކަން ތަކުރާރުވެގެން ދިއުން ކަމަށް ފުލުހުން ވަނީ ބަޔާންކޮށްފައެވެ. ހަމައެހެންމެ ސޯޝާލް މީޑިއާ މެދުވެރިކޮށް ހަށިވިއްކުމުގެ އަމަލުތައް ހިންގާތީ ސައިބަރކްރައިމްގެ ތެރެއިން އެކަން ހައްލުކުރުމަށް މަސައްކަތް ކުރި ނަމަވެސް އެ މަސައްކަތަށް ވެސް ގޮންޖެހުންތައް ހުރިކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

އެ ލިޔުންތަކުގައި ހަށިވިއްކުމާއި ގުޅޭ ކަންކަން ދެނެގަނެ އެކަންކަން ހުއްޓުވުމަށްޓަކައި އެފަދަ އަމަލުތައް ހިންގާ ތަންތަނަށް ޓާގެޓްކޮށްގެން އޮޕަރޭޝަންތައް ހިންގާފައިވާ ކަމަށް ފާހަގަކޮށްފައިވެއެވެ. އެގޮތުން 2022 ވަނަ އަހަރު އެފަދަ 3 އޮޕަރޭޝަން ހިންގާފައިވާ ކަމަށާއި އެ އޮޕަރޭޝަންތަކުގައި 14 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ. 2021 އަހަރު 7 އޮޕަރޭޝަނެއް ހިންގާފައިވާއިރު އެ އޮޕަރޭޝަންތަކުގައި 28 މީހަކު ހައްޔަރުކޮށްފައިވެއެވެ. އަދި 2020 ވަނަ އަހަރު 9 އޮޕަރޭޝަނެއް ހިންގާ 25 މީހަކު ހައްޔަރު ކުރި އިރު، 2019 ވަނަ އަހަރު 14 އޮޕަރޭޝަނެއް ހިންގާ 32 މީހުން ވަނީ ހައްޔަރުކޮށްފައެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްރައްޔިތުންގެ މަޖިލިސްބިދޭސީން

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
19 ނޮވެމްބަރު 2025

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި
14 ނޮވެމްބަރު 2025

ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ

14 ނޮވެމްބަރު 2025
ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ
13 ނޮވެމްބަރު 2025

މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި

13 ނޮވެމްބަރު 2025
މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި
11 ނޮވެމްބަރު 2025

ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި

11 ނޮވެމްބަރު 2025
ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި
10 ނޮވެމްބަރު 2025

ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި

10 ނޮވެމްބަރު 2025
ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް