Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބްރެޒިލްގެ ކުރީގެ ރައީސް

ބްރެޒިލްގެ ކުރީގެ ރައީސްގެ އަތްޕުޅުގައި ހުރި، ޓެކްސް ޑިކްލެއަރ ނުކުރާކަމަށް ބެލެވޭ ޖަވާހިރުތަކެއް އިދާރާތަކާ ހަވާލުކުރަނީ

ރިޕޯޓްތަައް ބުނާގޮތުން، 2021ގައި ޓެކްސް އެޖެންޓުން ވަނީ ޖަވާހިރު ހުރި ޕެކޭޖެއް ސީލްކޮށްފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 14 މާރިޗު 2023 | އަންގާރަ 14:25
ބްރެޒިލްގެ ރައީސް ބޮލްސޮނާރޯ

ބްރެޒިލްގެ ރައީސް ބޮލްސޮނާރޯ

ބްރެޒިލްގެ ކުރީގެ ރައީސް ޖެއިރް ބޮލްސޮނާރޯގެ މައްޗަށް, ޓެކްސްއަށް މަކަރު ހެއްދެވިކަމުގެ ތުހުމަތު ކުރެވިފައި ވަނިކޮށް، ޓެކްސް ދެއްކުމަކާ ނުލައި އެ ގައުމަށް އެތެރެކުރެއްވިކަމަށް ބެލެވޭ ޖަވާހިރުތަކެއް ކަމާބެހޭ އިދާރާތަކާ ހަވާލުކުރެއްވުމަށް ނިންމަވައިފިއެވެ.

ޖެއިރް ބޮލްސޮނާރޯގެ ވަކީލުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން، އޭނާ އިދާރާތަކާ ހަވާލުކުރެއްވުމަށް ނިންމަވާފައިވާ ޖަވާހިރުތަކަކީ ސައޫދީ އަރަބިއްޔާއިން އޭނާއަށް ހަދިޔާގެގޮތުގައި ލިބިވަޑައިގެންފައިވާ ތަކެއްޗެވެ. އަދި އެ ތަކެތި ބްރެޒިލްއަށް އެތެރެކުރައްވާފައިވަނީ ޓެކްސް އޮތޯރިޓީތަކަށް ޑިކްލެއަރ ކުރުމަކާ ނުލައި ކަމަށް، ހޯމަ ދުވަހު އެ ގައުމުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ޖެއިރް ބޮލްސޮނާރޯގެ މައްޗަށް މި މައްސަލާގައި ތަހުގީގެއްވެސް ދަނީ ކުރަމުންނެވެ. ބްރެޒިލްގެ ޓެކްސް އެޖެންސީއާއި ފެޑެރަލް ފުލުހުން ދަނީ މި މައްސަލައާ ގުޅިގެން ޚާއްޞަ ތަހުގީގެއް ކުރަމުންނެވެ.

މި މައްސަލަ ފެންމަތިވީ އެ ގައުމުގެ ނޫހެއްކަމަށްވާ އެސްޓަޑޯ ޑި ސައޯ ޕައުލޯގައި އެ ވާހަކަ ރިޕޯޓްކުރުމާ އެކުގައެވެ. ރިޕޯޓްތަައް ބުނާގޮތުން 2021ގައި ޓެކްސް އެޖެންޓުން ވަނީ ޖަވާހިރު ހުރި ޕެކޭޖެއް ސީލްކޮށްފައެވެ. އެތަކެތީގެ އަގު 3.2 މިލިއަން ޑޮލަރަށް އަރާނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. މިތަކެތި ފެނިފައިވަނީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ރަސްމީ ދަތުރުފުޅެއްގައި މެދުއިރުމައްޗަށް ވަޑައިގަތުމަށްފަހު އެބުރި ވަޑައިގަތް އޮފިޝަލެއްގެ ދަބަހުންނެވެ. އެ އޮފިޝަލަކީ މިނިސްޓްރީ އޮފް މައިންސްގެ އޮފިޝަލެކެވެ.

އެއާއެކު ސަރުކަރުގެ އެހެން ޑެލިގޭޝަންތަކަށް ގަހަނާތައް ލިބުނުކަން ވަނީ ހާމަވެފައެވެ. ބްރެޒިލްގެ ކުރީގެ ރައީސް ޖެއިރް ބޮލްސޮނާރޯ ވަނީ ގަލަމަކާއި ގަޑިއެއްގެ އިތުރުން، އަގުބޮޑު އެހެން ސާމާނުވެސް ގެންގުޅުއްވާފައެވެ. އެ ތަކެއްޗަކީ މެދުއިރުމަތިން ލިބުނު ތަކެތިކަމަށް ތުހުމަތުކުރާއިރު، ކުރިން އެމަނިކުފާނު ވިދާޅުވެފައިވަނީ އެ ތަކެއްޗަކީ ހަދިޔާތައް ކަމަށާއި، އެތަކެތި ގެންގުޅުއްވީ ގާނޫނާ އެއްގޮތަށް ކަމަށެވެ. އޭގެ ފަހުން، ނިމިދިޔަ ހަފުތާގެ ތެރޭގައި ބްރެޒިލްގެ ފެޑެރަލް ކޯޓް އޮފް އެކައުންޓްސް (ޓީސީޔޫ)އިން ވަނީ އެފަދަ ތަކެތި ތަހުގީގުގެ ބޭނުމަށް ހަވާލުކުރުމަށް އަންގާފައެވެ. އަދި ޓެކްސް ޑިކްލެއަރޭޝަންއާ އެއްގޮތަށް ތަކެތި ޑިކްލެއަރ ނުކޮށް ވާތީ އެކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ.

ބްރެޒިލްޖައިރް ބޮލްސޮނާރޯ

އިތުރަށް ކިޔާލަން

26 ނޮވެމްބަރު 2025

27 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރުމަށް ބޮލްސޮނާރޯ ޖަލަށް ގެންދިޔުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

26 ނޮވެމްބަރު 2025
27 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރުމަށް ބޮލްސޮނާރޯ ޖަލަށް ގެންދިޔުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި
24 ނޮވެމްބަރު 2025

ބްރެޒިލްގެ ކުރީގެ ރައީސް ފައިގައި ހަރުކޮށްފައިވާ މޮނިޓަރަށް ގެއްލުންދީފައިވާތީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފި

24 ނޮވެމްބަރު 2025
ބްރެޒިލްގެ ކުރީގެ ރައީސް ފައިގައި ހަރުކޮށްފައިވާ މޮނިޓަރަށް ގެއްލުންދީފައިވާތީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފި
23 އޮކްޓޯބަރު 2025

ނިންމުން ބަދަލު ކުރައްވައި، ކޮޕް30 ސަމިޓުގައި ސްޓާމަރ ބައިވެރިވާނެ ކަމަށް ހާމަ ކޮށްފި

23 އޮކްޓޯބަރު 2025
ނިންމުން ބަދަލު ކުރައްވައި، ކޮޕް30 ސަމިޓުގައި ސްޓާމަރ ބައިވެރިވާނެ ކަމަށް ހާމަ ކޮށްފި
12 ސެޕްޓެމްބަރު 2025

އަސްކަރީ ބަޣާވާތެއް ރޭވުމުގެ ކުށް ސާބިތުވެ ބްރެޒިލްގެ ކުރީގެ ރައީސް ބޮލްސޮނާރޯ ޖަލަށް ލާން ހުކުމް ކޮށްފި

12 ސެޕްޓެމްބަރު 2025
އަސްކަރީ ބަޣާވާތެއް ރޭވުމުގެ ކުށް ސާބިތުވެ ބްރެޒިލްގެ ކުރީގެ ރައީސް ބޮލްސޮނާރޯ ޖަލަށް ލާން ހުކުމް ކޮށްފި
05 އޯގަސްޓު 2025

ބެރެޒިލް ގެ ކުރީގެ ރައީސް ބޮލްސޮނާރޯ ގޭގައި ބަންދު ކުރުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

05 އޯގަސްޓު 2025
ބެރެޒިލް ގެ ކުރީގެ ރައީސް ބޮލްސޮނާރޯ ގޭގައި ބަންދު ކުރުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު