Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުތުރު ކޮރެއާ މައްސަލަ

އުތުރު ކޮރެއާ އިން ޖަޕާނު ކަނޑުގެ ސަރަހައްދަށް މިސައިލެއް ފޮނުވާލައިފި

އުތުރު ކޮރެއާގެ މި އަމަލުގެ ސަބަބުން ޖަޕާނުން ވަނީ ވަރަށް ހިތްހަމަނުޖެހިފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 4 ޖުލައި 2017 | އަންގާރަ 05:05
އުތުރު ކޮރެއާ އިން ދަނީ ގިނަ މިސައިލްތަކެއް ފަހަކަށް އައިސް ކުރަމުން

އުތުރު ކޮރެއާ އިން ދަނީ ގިނަ މިސައިލްތަކެއް ފަހަކަށް އައިސް ކުރަމުން

އުތުރު ކޮރެއާ އިން މެދު ރާސްތާގެ ބެލިސްޓިކް މިސައިލެއް ޖަޕާނުގެ ކަނޑުގެ ސަރަހައްދަށް ފޮނުވާލާފައިވާ ކަމަށް އެމެރިކާގެ އަސްކަރީ އޮފިޝަލުން ބުނެފިއެވެ.

ރިޕޯޓްތައް ބުނާގޮތުން އުތުރު ކޮރެއާ އިން މި ބެލިސްޓިކް މިސައިލް ފޮނުވާލީ ޕެންހިއޮން ވައިގެ ސަރަހައްދުންނެވެ. އެމެރިކާ ޕެސިފިކް ކޮމާންޑުން ބުނީ އުތުރު ކޮރެއާ އިން އުދުއްސާލި މިސައިލް 37 މިނިޓަށް އުދުހުމަށްފަހު ވެއްޓިފައި ވަނީ ޖަޕާނު ކަނޑަށް ކަމަށެވެ.

އުތުރު ކޮރެއާ އިން ފޮނުވާލި މިސައިލް ޖަޕާނު ކަނޑަށް ވެއްޓުމާއި ގުޅިގެން ޖަޕާނުން ވަނީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. އެގޮތުން ޖަޕާނުގެ ބޮޑު ވަޒީރު ޝިންޒޯ އަބޭ ވިދާޅުވީ އުުުތުރު ކޮރެއާ އިން އުުދުއްސާލި މިސައިލުން " ސީދާ އެނގިގެން ދަނީ ބިރުވެރިކަން ބޮޑުވެފައިވާ" ކަން ކަމަށެވެ.

އުތުރު ކޮރެއާގެ އެންމެ ފަހުގެ ބެލިސްޓިކް މިސައިލް އުދުއްސާލުމާއި ބެހޭގޮތުން، ޖަޕާނުގެ އޮފިޝަލުން ވިދާުޅުވެފައި ވަނީ މިސައިލް ވެއްޓިފައި ވަނި އެގައުމުގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން އަށް ކަމަށެވެ.

އަންގާރަ ދުވަހު އުތުރު ކޮރެއާ އިން އުދުއްސާލި މެދު ރާސްތާގެ ބެލިސްޓިކް މިސައިލާއި ބެހޭގޮތުން އެމެރިކާ އިން ބުނެފައި ވަނީ އެ މިސައިލްގެ ސަބަބުން އުތުރު އެމެރިކާ ސަރަހައްދަށް ގެއްލުމެއް ނުފޯރާ ކަމަށެވެ.

އުތުރު ކޮރެއާ އިން ދަނީ ތަކުރާރުކޮށް މިސައިލް ޓެސްޓްތަކާއި އަދި ނިއުކްލިއާ ހަތިޔާރު ފައްކާ ކުރުމުގެ ޕްރޮގްރާމްތައް ހިންގަމުންނެވެ. އެކަމުގެ ސަބަބުން ދެކޮރެއާ ސަރަހައްދު ވަނީ ހަލަބޮލިވެފައެވެ. އަދި އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ވެސް ވަނީ ވަރަށް ގޯސްވެފައެވެ. އުތުރު ކޮރެއާ އިން ކުރާ މިސައިލް ޓެސްޓްތަކާއި އަދި ނިއުކްލިއާ ހަތިޔާރު ފައްކާ ކުރުމުގެ ޕްރޮގްރާމްތަކާއި ގުޅިގެން އދ އިން ދާދިފަހުން ވަނީ އުުތުރު ކޮރެއާ އާ ދެކޮޅަށް އާ ދަތިކުުރުމުގެ ފިޔަވަޅުތަކެއްް ވެސް އަޅާފައެވެ.

އިތުރަށް ކިޔާލަން

01 މާރިޗު 2017

އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި

01 މާރިޗު 2017
އދ. މެމްބަރު ކަމުން އުތުރު ކޮރެއާ ސަސްޕެންޑުކުރަން ޖެހޭ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި
28 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ

28 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
20 ފެބުރުއަރީ 2017

އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

20 ފެބުރުއަރީ 2017
އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި
14 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި

14 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު