Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާރާމާރީ ހިންގުން

އިތުރު މާރާމާރީތަކެއް ހިންގަން ގްރޫޕްތަކުން ދަނީ ރާވަމުން: ފުލުހުން

ޝަރީއަތް ނިމެންދެން ސިރުހާން ބަންދުގައި ބަހައްޓަން ވަނީ އަމުރުކޮށްފައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 14 މާރިޗު 2023 | އަންގާރަ 06:39
ފުލުހުން ކުރިޔަށްގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން

ފުލުހުން ކުރިޔަށްގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން

މިދިޔަ މަހު މީހެއްގެ ގަޔަށް ވަޅި ހަރައި މަރާލި މައްސަލަ އާއި ހިނގާދިޔަ ސިލްސިލާ މާރާމާރީތަކާ ގުޅިގެން އަދިވެސް އިތުރު މާރާމާރީތަކެއް ހިންގަން ގްރޫޕްތަކުން ރާވަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިހެން ބުނީ ފިހާރައެއްގެ ތެރޭ ވަޅިހަރައި މީހަކު މަރާލި މައްސަލާގައި ހިމެނޭ 20 އަހަރުގެ ސިރުހާން އަލީގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކޮށް ދެއްކި ވާހަކައިގައެވެ. ކޯޓުން ވަނީ ޝަރީއަތް ނިމެންދެން ސިރުހާން ބަންދުގައި ބަހައްޓަން އަމުރުކޮށްފަ އެވެ.

Advertisement - newsAdvertisement

ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ނެރުނު އަމުރުގައި ވަނީ ސިރުހާނަށް ތުހުމަތުކޮށްފައިވާ ކުށް ކުރި ކަމަށް ބެލެވޭ މިންވަރަށް ފުލުހުން ހެކި ހުށަހަޅާފައިވާ ކަމަށެވެ. އޭނާއާ ދެކޮޅަށް ފުލުހުން ވަނީ އިންޓެލިޖެންސް ރިޕޯޓަކާއި ކްރައިމް ސީންގެ ފޮޓޯތަކާއި ސީސީޓީވީ ފުޓޭޖް ވެސް ހުށަހަޅައިފަ އެވެ. އަދި މި ކަންކަމަށް ބަލައި، ބަންދުގައި ބަހައްޓަން ނިންމީ ބިރުދެއްކުމާއި ތޫނު ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.

ފެބުރުވަރީ 24 ވަނަ ދުވަހުގެރޭ، މާފަންނު ފިހާރައެއްގެ ތެރޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހަކަށް ހަމަލާދިނުމުގައި އަމަލީ ގޮތުން ބައިވެރިވުމާއި ގުޅިގެން ސިރުހާން ހައްޔަރުކުރީ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު އެވެ. އެ މާރާމާރީގައި ލިބުނު ޒަހަމްތަކަށް އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް އުމުރުން 30 އަހަރުގެ މުހައްމަދު އަހްމަދު ދީދީ (ނައުއްޓެ) ވަނީ ފެބްރުއަރީ 27 ވަނަ ދުވަހު މަރުވެފައެވެ.

މި މާރާމާރީތަކާއި ގުޅިގެން ފުލުހުން ވަނީ މާޗް 09 ވީ ބުރާސްފަތި ދުވަހުގެ ރޭ ވެސް ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ.

އިތުރު މާރާމާރީތަކެއް ހިންގަން ގްރޫޕްތަކުން ރާވަމުންދާ ކަމަށް ފުލުހުން ބުނެފައިވާއިރު، ގޭންގުތަކުގެ މީހުންގެ ނުފޫޒު ކޯޓުތަކުގައިވެސް އެބައޮތް ކަމަށާއި އެ މީހުން ގާޒީންނަށްވެސް ބިރުދައްކާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ މީގެކުރިން ވިދާޅުވެފައެވެ. ސީޕީ ވިދާޅުވީ، ގޭންގުތަކުގެ މީހުން ދޫވުމުގެ ސަބަބަކީ އެ މީހުންގެ ބާރުވެރިކަމާއި ނުފޫޒު ކަމަށެވެ. އަދި ކޯޓު ތެރެއަށްވެސް އެ މީހުން "އަތްބާނާ" ކަމަށާއި ކޯޓުތަކުުގެ ގާޒީންނަށްވެސް ބިރުދައްކާކަމަށް ސީޕީ ވިދާޅުވިއެވެ.

އެހެން ދައުލަތްތަކުގައި ވެސް، ކުށްކުރާ މީހުންނާއި ބިރުވެރިކަން ފަތުރާ މީހުންގެ ހުންނަ އާޑުފާޑު އެއީ ރާއްޖޭގައިވެސް ބީރައްޓެހި ކަންތައްތަކެއް ނޫންކަމަށް ހަމީދު ވިދާޅުވިއެވެ. އެ މީހުންގެ ބާރު ހުރިހާ ދިމަދިމާއަކަށް ވެސް ފޯރުވާ ކަމަށާއި، އެކަމުގެ އަސަރުވެސް އެބަ ފެންނަކަމަށް ވިދާޅުވިއެވެ. އެ ގޮތުން ބޮޑެތި ކުށްތަކަށް އަރައިގަންނަ މީހުންނާމެދު ފިޔަވަޅުއަޅަން ތަންފީޒީ އިދާރާތަކުން މަސައްކަތްތަކެއް ކުރިނަމަވެސް އެ ކަމުގެ ސަބަބުން އެކަމަށް ހުރަސްތަކެއް ހުންނަކަމަށް ސީޕީ ވިދާޅުވިއެވެ.

ސީޕީ އިތުރަށް ވިދާޅުވީ 2010 ވަނަ އަހަރު އެކުލަވައިލާފައިވާ ގޭންގު ކުށްތަކާބެހޭ ގާނޫނަކީ މިހާރު ބޭނުންކުރަން އެކަށީގެންވާ ގާނޫނެއް ނޫންކަމަށެވެ. އެ ގާނޫނަށްވެސް ބަދަލުތަކެއް ގެނެސް ތަންކޮޅެއް، ވަށާޖެހޭ ރަނގަޅު ނިޒާމެއްގެ ތެރެއިން ތަންފީޒުކުރެވޭ ގާނޫނަކަށް ހެދުމަށްވެސް މަސައްކަތް ކުރަމުންދާ ކަމަށް ސީޕީ ވިދާޅުވިއެވެ.

މާރާމާރީޕޮލިސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު