Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކްރެޑިޓް ކާޑު ބޭނުންކުރަން ފެށުން

ދައުލަތުގެ އޮފީސްތަކުން ކްރެޑިޓް ކާޑު ބޭނުންކުރުމާބެހޭ އުސޫލެއް އެކުލަވާލައި އަމަލުކުރަން ފަށައިފި

ކޯޕަރޭޓް ކްރެޑިޓް ކާޑު ހެއްދުމަށް އެދި މިނިސްޓަރުގެ ހުއްދައާއެކު ފައިނޭންޝަލް ކޮންޓްރޯލަރ، ފައިނޭންޝަލް އިންސްޓިޓިއުޓަށް ހުށަހަޅަންވާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 12 މާރިޗު 2023 | އާދީއްތަ 08:30
ދައުލަތުގެ އިދާރާތަކުން ކްރެޑިޓް ކާޑު ބޭނުންކުރާނެ އުސޫލެއް ވަނީ އާންމުކޮށްފައި

ދައުލަތުގެ އިދާރާތަކުން ކްރެޑިޓް ކާޑު ބޭނުންކުރާނެ އުސޫލެއް ވަނީ އާންމުކޮށްފައި

ދައުލަތުގެ އޮފީސްތަކުން ބަޖެޓްކޮށްފައިވާ ކަންތައްތަކާއި، އެ ގަވާއިދުގައި ހުއްދަކޮށްފައިވާ ޚަރަދުތައް ކުރުމަށް ކްރެޑިޓް ކާޑުގެ ބޭނުން ކޮންމެހެން ކުރަންޖެހޭ ހާލަތްތަކުގައި، ކްރެޑިޓް ކާޑުން ޚިދުމަތް ހޯދުމަށް މަގުފަހިކޮށްދީ، އެ ކާޑު ބޭނުންކުރުމުގައި ދައުލަތުގެ އޮފީސްތަކުން ޢަމަލުކުރަންޖެހޭ ގޮތް ބަޔާންކުރާ އުސޫލު އާންމުކޮށް އަމަލުކުރަން ފަށައިފިއެވެ.

މި އުސޫލުގެ މަގުސަދަކީ، ދައުލަތުގެ އޮފީސްތަކުން ކުރަންޖެހޭ މާލީ މުޢާމަލާތްތައް، އޮންލައިން ބޭންކިންގ ނުވަތަ އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ނޫން ގޮތަކަށް ހިންގެން ނުހުންނަ ހާލަތްތަކުގައި އެފަދަ ޚިދުމަތެއް ލިބިގަތުމުގެ ފުރުޞަތު ދައުލަތުގެ އޮފީސްތަކަށް ހޯދައިދިނުމަށް ޓަކައި، (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) ގެ 14.6 ވަނަ މާއްދާގެ (ރ) ގެ ދަށުން ފައިނޭންޝަލް އިންސްޓިޓިއުޓެއް މެދުވެރިކޮށް ކޯޕަރޭޓް ކްރެޑިޓް ކާޑު ހެއްދުމުގައި ޢަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމާއި، ކޯޕަރޭޓް ކްރެޑިޓް ކާޑުގެ ނޮމިނީގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް ބަޔާންކުރުމެވެ.

Advertisement - newsAdvertisement

ދައުލަތުގެ އޮފީހަކުން މާލީ މުޢާމަލާތްތައް އޮންލައިންކޮށް ނުވަތަ އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ނޫން ގޮތަކަށް ކުރެވެން ނެތް ހާލަތްތަކުގައި ބޭނުންކުރުމަށް ކޯޕަރޭޓް ކްރެޑިޓް ކާޑު ހެއްދުމަށް އެދި، ހުށަހަޅާނީ މި އުސޫލުގެ ޖަދުވަލު 1 ގައިވާ "ދައުލަތުގެ އޮފީސްތަކުން ކޯޕަރޭޓް ކްރެޑިޓް ކާޑަށް އެދި ހުށަހަޅާ ފޯމު" މެދުވެރިކޮށް މިނިސްޓްރީއަށެވެ.

ކައުންސިލްތަކުން ކޯޕަރޭޓް ކްރެޑިޓް ކާޑަށް އެދި ހުށަހަޅާނީ، ކޯޕަރޭޓް ކްރެޑިޓް ކާޑު ހެދުމަށް އެދި ހުށަހެޅުމާއި ބެހޭ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް ފުރިހަމަކުރުމަށްފަހު، ލޯކަލް ގަވަރމަންޓް އޮތޯރިޓީ މެދުވެރިކޮށް، ފިނޭންސް މިނިސްޓްރީއަށެވެ.

ދައުލަތުގެ އޮފީސްތަކުން ކޯޕަރޭޓް ކްރެޑިޓް ކާޑު ހެއްދުމަށް އެދި މިނިސްޓްރީއަށް ހުށަހެޅުމުން، ކޯޕަރޭޓް ކްރެޑިޓް ކާޑު ހެއްދުމަށް އެދި މިނިސްޓަރުގެ ހުއްދައާއެކު ފައިނޭންޝަލް ކޮންޓްރޯލަރ، ފައިނޭންޝަލް އިންސްޓިޓިއުޓަށް ހުށަހަޅަންވާނެ ކަމަށް މި ގަވާއިދުގައި ބުނެފައިވެއެވެ.

ކޯޕަރޭޓް ކްރެޑިޓް ކާޑު ބޭނުންކޮށްގެން ޚަރަދުކުރެވޭނީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު ހުއްދަކުރާ ޚަރަދުތައް ކުރުމަށް އެކަންޏެވެ. އަދި މި ޚަރަދުތަކަކީ ބަޖެޓް ކުރެވިފައިވާ ޚަރަދުތަކެއް ކަމުގައި ވާންވާނެއެވެ. މީގެ އިތުރުން ކޯޕަރޭޓް ކްރެޑިޓް ކާޑުން ކުރުމަށް ހުއްދަކޮށްފައިވާ ޚަރަދު ނޫން އެހެން ޚަރަދެއް ކުރަން ޖެހިއްޖެ ނަމަ އެ ކަމަކަށް ޚަރަދުކުރުމުގެ ކުރިން، އެ ކަމެއްގެ ތަފުސީލު މިނިސްޓްރީއަށް ހުށަހަޅައި، އެ ޚަރަދެއް ކުރުމަށް މިނިސްޓްރީގެ ހުއްދަ ލިޔުމުން ހޯދަންވާނެ ކަމަށް ބުނެފައިވެއެވެ.

ކޯޕަރޭޓް ކްރެޑިޓް ކާޑުގެ ނޮމިނީގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި 12 ކަމެއް ހިމެނެއެވެ. މީގެ އިތުރުން ކޯޕަރޭޓް ކްރެޑިޓް ކާޑުގެ ކްރެޑިޓް ލިމިޓް ކަނޑައަޅާނީ، ދައުލަތުގެ އޮފީހަކުން ހުށަހަޅާ ހުށަހެޅުމަށް ރިޢާޔަތްކޮށް މިނިސްޓްރީންނެވެ.

ކޯޕަރޭޓް ކްރެޑިޓް ކާޑަށް ކަނޑައަޅައިފައިވާ ކްރެޑިޓް ލިމިޓަށްވުރެ އިތުރަށް ޚަރަދުކުރަން ޖެހިއްޖެނަމަ އެ ކަމަކަށް މިނިސްޓްރީގެ ހުއްދަ ލިޔުމުން ހޯދަންވާނެއެވެ. މިގޮތުން ހާ ލަތަށް ރިޢާޔަތްކޮށް ކޯޕަރޭޓް ކްރެޑިޓް ކާޑުގެ ކްރެޑިޓް ލިމިޓް އިތުރުނުކޮށް ވަކި ޚަރަދެއް ކުރުމަށް ހުއްދަ ދިނުމާއި، އެ އޮފީހެއްގެ ހުށަހެޅުމަށް ރިޢާޔަތްކޮށް ކޯޕަރޭޓް ކްރެޑިޓް ކާޑުގެ ކްރެޑިޓް ލިމިޓް އިތުރުކޮށްދިނުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

އެއްކާޑަށްވުރެ ގިނަ ކާޑު ހެއްދުމާއި ގުޅޭގޮތުން މި އުސޫލުގައި ބުނެފައިވަނީ ދައުލަތުގެ އޮފީސްތަކުގެ ތެރެއިން އެއް ބިޒްނަސް އޭރިއާއަށް ވުރެ ގިނަ ބިޒްނަސް އޭރިއާ ހިމެނޭ އޮފީސްތަކަށް އެއް ކާޑަށް ވުރެ އިތުރަށް ކާޑު ހަދަން ބޭނުންވެއްޖެނަމަ އެފަދަ ކާޑެއް ހައްދައިދޭންވާނީ، އެ އޮފީހެއްގެ މާލީ ޒިންމާދާރުވެރިޔާ ހުއްދަ ދީފައިވާ އޮތޮރައިޒިންގ އޮފިސަރެއް ނުވަތަ އެ އޮފީހަކާ ހަވާލުވެހުރި އިސްވެރިޔެއްގެ ނަމުގައެވެ.

އިތުރަށް ކިޔާލަން

13 އެޕްރީލު 2017

ދައުލަތުގެ ލިބޭ ފާއިސާއަށް ވާ ގޮތެއް ހޯދާނަން: ޝިފާޒް

13 އެޕްރީލު 2017
ދައުލަތުގެ ލިބޭ ފާއިސާއަށް ވާ ގޮތެއް ހޯދާނަން: ޝިފާޒް
13 މާރިޗު 2017

އެއްމަސްދުވަހުގެ ކާޑު ގަންނާނެ ވަރުވެސް ދައުލަތުގެ ޚަޒާނާއަކު ނެތް:އަމީރު

13 މާރިޗު 2017
އެއްމަސްދުވަހުގެ ކާޑު ގަންނާނެ ވަރުވެސް ދައުލަތުގެ ޚަޒާނާއަކު ނެތް:އަމީރު
12 މާރިޗު 2017

ޕީޕީއެމުން ދައުލަތުގެ މީޑިއާ ބޭނުންކުރާ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނަށް

12 މާރިޗު 2017
ޕީޕީއެމުން ދައުލަތުގެ މީޑިއާ ބޭނުންކުރާ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނަށް
11 މާރިޗު 2017

ދިވެހި ދިދަ އަކީ ސަރުކާރުގެ ރަމްޒެއް ނޫން، ދައުލަތުގެ ރަމްޒެއް: އަދާލަތު ޕާޓީ

11 މާރިޗު 2017
ދިވެހި ދިދަ އަކީ ސަރުކާރުގެ ރަމްޒެއް ނޫން، ދައުލަތުގެ ރަމްޒެއް: އަދާލަތު ޕާޓީ
03 މާރިޗު 2017

ދައުލަތުގެ ލިޔެކިޔުންތަކާއި ރިކޯޑްތައް ނައްތާލުމުގައި އަމަލު ކުރަންޖެހޭ ގޮތުގެ ގަވާއިދެއް އެކުލަވާލައިފި

03 މާރިޗު 2017
ދައުލަތުގެ ލިޔެކިޔުންތަކާއި ރިކޯޑްތައް ނައްތާލުމުގައި އަމަލު ކުރަންޖެހޭ ގޮތުގެ ގަވާއިދެއް އެކުލަވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު