Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބަޑި މުބާރާތް

ސިފައިންގެ އަހަރީ ބަޑި މުބާރާތް ނިންމާލައިފި

ބަޑި މުބާރާތުގެ އިންޑިވިޖުއަލް ކެޓަގަރީން އެންމެ މޮޅު ބަޑިޖެހުންތެރިއާގެ މަގާމް ހާސިލްކޮށްފައިވަނީ ސްޕެޝަލް ފޯސްގެ ސާޖަންޓް ހަސަން ސުއައިދު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 11 މާރިޗު 2023 | ހޮނިހިރު 12:33
ބަޑިމުބާރާތުގެ އިންޑިވިޖުއަލް ކެޓަގަރީން އެންމެ މޮޅު ބަޑިޖެހުންތެރިއާ، ސްޕެޝަލް ފޯސްގެ ސާޖަންޓް ހަސަން ސުއައިދު

ބަޑިމުބާރާތުގެ އިންޑިވިޖުއަލް ކެޓަގަރީން އެންމެ މޮޅު ބަޑިޖެހުންތެރިއާ، ސްޕެޝަލް ފޯސްގެ ސާޖަންޓް ހަސަން ސުއައިދު

އަލްމަރްހޫމް މޭޖަރ އިނގިރޭސި އުމަރު މަނިކުގެ ހަނދާނީ ވާދައިގެ ތައްޓަށް ބޭއްވި ސިފައިންގެ އަހަރީ ބަޑި މުބާރާތް 2023، ނިންމާލައިފިއެވެ.

މި މުބާރާތް ނިންމުމުގެ ގޮތުން ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލެވެ. މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް ވަނީ މުބާރާތުގެ ބައިވެރިންނާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

Advertisement - newsAdvertisement

ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި ކުރިއަށް ގެންދިޔަ، މި އަހަރުގެ ބަޑިމުބާރާތުގެ އިންޑިވިޖުއަލް ކެޓަގަރީން އެންމެ މޮޅު ބަޑިޖެހުންތެރިއާގެ މަގާމް ހާސިލްކޮށްފައިވަނީ ސްޕެޝަލް ފޯސްގެ ސާޖަންޓް ހަސަން ސުއައިދުއެވެ. ދެވަނަ މަގާމް ހާސިލްކޮށްފައިވަނީ މެރިން ޑިޕްލޮއިމަންޓް ޔުނިޓް-3ގެ ލާންސް ކޯޕްރަލް އާދަމް މުފީދެވެ. އަދި ތިންވަނަ މަގާމް ހާސިލްކޮށްފައިވަނީ މެރިން ޑިޕްލޮއިމަންޓް ޔުނިޓް-2ގެ ސްޓާފް ސާޖަންޓް އަހުމަދު ނަދީމެވެ.

މި މުބާރާތުގެ ޓީމު އިވެންޓްތައް ކުރިއަށް ގެންދިޔައީ ދެ ގިންތިއަކަށް ބަހާލައިގެންނެވެ. މިގޮތުން ގިންތި އެކެއްގެ އެއްވަނަ ޓީމަކީ ސްޕެޝަލް ފޯސަސްގެ ޓީމެވެ. މި ގިންތީގެ ދެވަނަ މެރިންކޯރ ހެޑްކުއޯޓަރޒްއަށް ލިބުނުއިރު، ތިންވަނަ ލިބިފައިވަނީ މެރިން ޑިޕްލޮއިމަންޓް ޔުނިޓް-2ގެ ޓީމަށެވެ.

މި މުބާރާތުގެ ގިންތި ދޭއްގެ އެއްވަނަ ޓީމަކީ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕްގެ ޓީމެވެ. މި ގިންތީގެ ދެވަނަ މިލިޓަރީ ޕޮލިސްގެ ޓީމަށް ލިބުނުއިރު، ތިންވަނަ ލިބިފައިވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ހެޑްކުއާޓަރޒްގެ ޓީމަށެވެ.

މި ރަސްމިއްޔާތުގައި، އޯޑަނަންސް ސަރވިސްގެ ކޮމާންޑިންގ އޮފިސަރ ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޝަރީފް ބަޑި މުބާރާތްތަކުގައި ހޯއްދަވާފައިވާ ރަންވަނަތަކާއި، ބަޑި މުބާރާތްތައް ރާއްވަވައި ހިންގެވުމުގައާއި ވެޕަން އިންސްޓްރަކްޓަރެއްގެ ގޮތުގައި ކޮށްދެއްވާފައިވާ މަސައްކަތްޕުޅުގެ އަގުވަޒަންކުރުމުގެ ގޮތުން، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލްގެ ޚާއްޞަ ކޮއިނެއް ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޝަރީފަށް ވަނީ ދެއްވާފައެވެ.

ފެބުރުވަރީ މަހުގެ 25 ވަނަ ދުވަހުން ފެށިގެން މާރިޗު މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވި މިމުބާރާތުގެ ވަނަވަނައަށް ދިޔަ ފަރާތްތަކަށް ތައްޓާއި މެޑަލް އަދި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލާއި ސިފައިންގެ ޖެނެރަލް އޮފިސަރުންނެވެ.

ސިފައިންގެ އަހަރީ ބަޑިމުބާރާތަކީ މޭޖަރ އިނގިރޭސި އުމަރު މަނިކުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވަމުންގެންދާ، ސިފައިންގެ އެންމެ ފަޚުރުވެރި އެއް މުބާރާތެވެ. އަލްމަރްހޫމް މޭޖަރ އިނގިރޭސި އުމަރު މަނިކަކީ ސިފައިންގެ ޚިދުމަތުގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ، އިޚްލާޞްތެރިކަމާއި ވަފާތެރިކަންމަތީ ސިފައިންގެ ބަޑިގުދަން ބެލެހެއްޓެވުމުގައި އިސްކޮށް މަސައްކަތްކުރައްވާފައިވާ އޮފިސަރެކެވެ.

ސިފައިންގެ އަހަރީ ބަޑި މުބާރާތް ނިންމުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި ސީނިއަރ އޮފިސަރުންނާއި މުބާރާތުގައި ބައިވެރިވި ޓީމްތަކުގެ ސިފައިންނާއި އެހެނިހެން ރޭންކްތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެވަޑައިގަތެވެ.

މި ރަސްމިއްޔާތު ނިންމާލާފައިވަނީ ސިފައިންގެ ލަވައިންނެވެ.

އިތުރަށް ކިޔާލަން

04 މާރިޗު 2017

ސިފައިންގެ ތާއީދެއް ސަރުކާރަކަށް ނެތް، ސިފައިންނަށް ވޯޓުނުލެވޭ ގޮތް ހެދުމަށް ފުރުސަތެއް ނުދޭނަން: އިންތި

04 މާރިޗު 2017
ސިފައިންގެ ތާއީދެއް ސަރުކާރަކަށް ނެތް، ސިފައިންނަށް ވޯޓުނުލެވޭ ގޮތް ހެދުމަށް ފުރުސަތެއް ނުދޭނަން: އިންތި
02 މާރިޗު 2017

އަހަރީ ފީ ނުދައްކާ ތިން ހާހަށްވުރެ ގިނަ ކުންފުނި އުވާލުމަށް ކޯޓަށް ހުށަހަޅަނީ

02 މާރިޗު 2017
އަހަރީ ފީ ނުދައްކާ ތިން ހާހަށްވުރެ ގިނަ ކުންފުނި އުވާލުމަށް ކޯޓަށް ހުށަހަޅަނީ
01 މާރިޗު 2017

ސިފައިންގެ 12 ވަނަ ހެވިކަމުގެ މުބާރާތް ފަށައިފި

01 މާރިޗު 2017
 ސިފައިންގެ 12 ވަނަ ހެވިކަމުގެ މުބާރާތް ފަށައިފި
20 ފެބުރުއަރީ 2017

ގަދަ ބާރުން ބަޑިޖައްސާއިގެން ވެރިކަމެއް ނުކުރެވޭނެ: އާޒިމް

20 ފެބުރުއަރީ 2017
ގަދަ ބާރުން ބަޑިޖައްސާއިގެން ވެރިކަމެއް ނުކުރެވޭނެ: އާޒިމް
09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު