Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކޮވިޑްގެ އަސްލު ހޯދުން

ކޮވިޑް-19ގެ އަސްލު ދެނެގަތުމަށް އޮތް ހުރަހަކީ އެމެރިކާ

ކޮވިޑް-19ގެ ބަލިމަޑުކަމުގެ އަސްލު ދެނެގަތުމަށް ކުރަމުންދާ މަސައްކަތުގައި ޗައިނާގެ ރައުޔު ބަދަލެއްނުވޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 11 މާރިޗު 2023 | ހޮނިހިރު 11:19
ކޮވިޑް-19ގެ އަސްލު ދެނެގަތުމަށް އޮތް ހުރަހަކީ އެމެރިކާ

ކޮވިޑް-19ގެ އަސްލު ދެނެގަތުމަށް އޮތް ހުރަހަކީ އެމެރިކާ

މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ އަސްލު ދެނެގަތުމަށް ކުރިއަށް ގެންދާ ތަހުގީގުތައް ސިޔާސީކުރުމާ ދެކޮޅަށް ޗައިނާއިން ކުރަމުންދާ ވަކާލާތު، އަނެއްކާވެސް ތަކުރާރުކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެމެރިކާއިން ހިންގާ ލެބޯޓްރީތަކާމެދު ބައިނަލްއަގުވާމީ ފެންވަރުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް އެ ގައުމުން ޖަވާބުދާރީ ވުމަށް ޗައިނާއިން ގޮވާލައިފިއެވެ.

ޗައިނާގެ ވެރިރަށް ބެއިޖީންގްގައި، މާޗް 9 ވަނަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު، މާއޯ ނިންގް ވަނީ، އެމެރިކާގެ ސެނެޓުން ދާދި ފަހުން ފާސްކުރި "ކޮވިޑް އޮރިޖިންސް އެކްޓް އޮފް 2023"އަށް ފާޑުވިދާޅުވެފައެވެ. "ކޮވިޑް އޮރިޖިންސް އެކްޓް އޮފް 2023"އަކީ، ކޮވިޑް-19ގެ ބަލިމަޑުކަމުގެ އަސްލާ ބެހޭގޮތުން އެމެރިކާއަށް ލިބިފައިވާ ޖާސޫސީ މައުލޫމާތު ހާމަކުރުމަށް، އެމެރިކާގެ ސަރުކާރަށް ގޮވާލާ ބިލެކެވެ. އޭގެތެރޭގައި، ވައިރަހާ ޗައިނާގެ ލެބާ ދެމެދު އޮތްކަމަށް ތުހުމަތުކުރާ ގުޅުންތަކުގެ ވާހަކަވެސް ހިމެނެއެވެ.  

މި މޭރުމުން ވާހަކަ ކުރިއަށް ގެންދަވަމުން މާއޯ ވަނީ، ކޮވިޑް-19ގެ އަސްލު ދެނެގަތުމަށް ކުރަމުންދާ މަސައްކަތްތައް ސިޔާސީކުރުމަށް އެމެރިކާއިން މަސައްކަތް ކުރާތާ ދުވަސްތަކެއް ވެފައިވާކަމަށް ވިދާޅުވެފައެވެ.

މާއޯ އިތުރަށް ވިދާޅުވީ، ކޮވިޑް-19ގެ ބަލިމަޑުކަމުގެ އަސްލު ދެނެގަތުމަށް ކުރަމުންދާ މަސައްކަތުގައި ޗައިނާގެ ރައުޔު ބަދަލުނުވާކަމަށެވެ. އަދި މިވަގުތު މި ތަހުގީގުތަކަށް އެޅިފައި އޮތް އެންމެ ބޮޑު ހުރަހަކީވެސް އެމެރިކާކަމަށް މާއޯ ވަނީ ތުހުމަތު ކުރައްވާފައެވެ. އެގޮތުން، އެމެރިކާގެ އަސްކަރީ ބަޔޮލޮޖިކަލް ބޭސްތަކާމެދު ބައިނަލްއަގުވާމީ ފެންވަރުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް އެމެރިކާއިން ދެނީ ބީރު ކަންފަތެއް ކަމަށްވެސް މާއޯ ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19ގެ އަސްލު ދެނެގަތުމަށް ހިންގާ ތަހުގީގުތައް ސިޔާސީކުރުމުގެ ސަބަބުން އަސަރު ފޯރާނީ، ކޮވިޑް-19އާ ދެކޮޅަށް ހަނގުރާމަކުރުމަށް ދުނިޔޭގެ ފެންވަރުގައި އޮތް އެއްބައިވަންތަކަމަށް ކަން ވެސް ޗައިނާގެ ތަރުޖަމާނު ވަނީ ފާހަގަކުރައްވާފައެވެ.

ކޮވިޑް-19 ޖައްސާ ވައިރަހަކީ ޗައިނާގެ ލެބޯޓްރީއަކުން ލީކުވި ވައިރަހަކަށް ވުން ގާތްކަމަށް، އެމެރިކާގެ އެނަރޖީ މިނިސްޓްރީއިން ނިންމާފައި ވާކަމަށް ފެބުރުއަރީ 26 ވަނަ ދުވަހު އެންމެ ފުރަތަމަ ރިޕޯޓްކުރީ ވޯލް ސްޓްރީޓް ޖަރނަލްއިންނެވެ. އެމެރިކާގެ މި ދައުވާއަކީ، ޗައިނާގެ ސަރުކާރުން ސިލްސިލާގޮތެއްގައި ދެކޮޅު ހަދާ ދައުވާއެކެވެ.

ޑަބްލިއުއެޗްއޯގެ ފަރާތުން ކޮވިޑް-19ގެ ކަންކަމާ ހަވާލުވެސް އިސްކޮށް ހުންނަވާ ޓެކްނިކަލް ލީޑް، މާރިއާ ވެން ކެރްކޯފް ވަނީ، ކޮވިޑް-19ގެ ބަލިމަޑުކަމާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، ބައިނަލްއަގުވާމީ މުޖުތަމައާ އެކަން ހިއްސާކުރުމަށް ގޮވާލައްވާފައެވެ. އޭގެ ތެރޭގައި; ގައުމުތަކާއި މުއައްސަސާތަކުގެ އިތުރުން ދިރާސާކުރާ ގުރޫޕުތައްވެސް ހިމެނެއެވެ.

ކޮވިޑް-19ގެ އަސްލަކީ، ބަލީގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓް ކުރަން ފެށި ޗައިނާގެ ވޫހާން ސިޓީގައި ހުންނަ ވޫހާން އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީއިން ލީކު ކރި ވައިރަހެއް ކަމަށް ކުރި ދައުވާތަކެއް އަޑު ގަދަވި ދުވަސްވަރެއްވެސް ދިޔައެވެ.

ކޮވިޑް-19 ޖެހުމަށް މަގުފަހިކުރާ ސިވިއަރ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2)ގެ އަސްލު ދެނެގަތުމަށް ޑަބްލިއުއެޗްއޯއިން ވަނީ ތަހުގީގު ޓީމު އެކުލަވާލައިގެން ޗައިނާގައި ދިރާސާތަކެއްވެސް ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް، އެ ދިރާސާތަކުންވެސް ވަކި ކޮޅެއްގައި ޖެހޭ ނަތީޖާއެއް ނެރެވިފައެއް ނުވެއެވެ. ޑަބްލިއުއެޗްއޯގެ ތަހުގީގު ސިޔާސީ ނުކުރުމަށްވެސް ޗައިނާއިން ވަނީ ގޮވާލާފައެވެ.

ކޮވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ފެންމަތިވެގެން އައީ ވޫހާންގައި ގަވައިދާ ޚިލާފަށް ވަލުޖަނަވާރުގެ ވިޔަފާރި ކުރަމުންދިޔަ ސީފުޑް ބާޒާރަކުންނެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޓްރަމްޕް އިނގިރޭސިވިލާތަށް ކުރައްވަން އޮތް ދަތުރުފުޅަށް ބަދަލެއްނާދޭ!

ޓްރަމްޕް އިނގިރޭސިވިލާތަށް ކުރައްވަން އޮތް ދަތުރުފުޅަށް ބަދަލެއްނާދޭ!

11 ޖޫން 2017
ބޮމެއް އޮތް ކަމަށް ބުނެ މެލޭޝިއަން އެއާލައިންސް ފްލައިޓެއްގެ ކޮކްޕިޓަށް ވަންނަން މީހަކު މަސައްކަތްކޮށްފި

ބޮމެއް އޮތް ކަމަށް ބުނެ މެލޭޝިއަން އެއާލައިންސް ފްލައިޓެއްގެ ކޮކްޕިޓަށް ވަންނަން މީހަކު މަސައްކަތްކޮށްފި

01 ޖޫން 2017
ޒިކާ ވައިރަސް އާއި ގުޅިގެން އިއުލާންކޮށްފައި އޮތް އިމާޖެންސީ ބްރެޒިލް އިން އުވާލައިފި

ޒިކާ ވައިރަސް އާއި ގުޅިގެން އިއުލާންކޮށްފައި އޮތް އިމާޖެންސީ ބްރެޒިލް އިން އުވާލައިފި

12 މެއި 2017
މެދުއިރުމައްޗަށް ސުލްހަ ގެނެވޭނެ ރަނގަޅު  ފުރުސަތެއް އެބައޮތް:ޓްރަމްޕް

މެދުއިރުމައްޗަށް ސުލްހަ ގެނެވޭނެ ރަނގަޅު ފުރުސަތެއް އެބައޮތް:ޓްރަމްޕް

04 މެއި 2017
ނޭޓޯގެ ފައުޖުތައް ރަޝިއާ ބޯޑަރުކައިރީ އޮތް ޕޮލެންޑަށް

ނޭޓޯގެ ފައުޖުތައް ރަޝިއާ ބޯޑަރުކައިރީ އޮތް ޕޮލެންޑަށް

14 އެޕްރީލު 2017

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު