Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވ. އާރަށު މައްސަލަ

ޔާމީންގެ އިސްތިއުނާފް އިސްލާހުކުރަން އަންގައިފި

އެމަނިކުފާނުގެ ފަރާތުން ހައިކޯޓުގައި ހުކުމް އިސްތިއުނާފްކުރީ މިދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 10 މާރިޗު 2023 | ހުކުރު 03:13
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން

ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމުގެ އިސްތިއުނާފު އިސްލާހުކުރަން ހައި ކޯޓުން އަންގައިފިއެވެ.

ވ. އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ވަނީ ރިިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގ ދައުވާ ސާބިތުވެ، 11 އަހަރަށް ޖަލަށްލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ހުކުމްކޮށްފައެވެ. އެމަނިކުފާނުގެ މައްޗަށް މި ހުކުމް ކޮށްފައިވަނީ މިދިޔަ ޑިސެމްބަރުމަހުގެ 25 ވަނަ ދުވަހުއެވެ.

Advertisement - newsAdvertisement

އެ ހުކުމް އެމަނިކުފާނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފްކުރީ މިދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ.

ޔާމީންގެ ފަރާތުން އިސްތިއުނާފްކުރި މައްސަލައިގެ ލިޔެކިޔުންތަކުގައި ހުރި ބައެއް ކަންކަން އިސްލާހުކުރަން ހައިކޯޓުން ވަނީ އެމަނިކުފާނުގެ ވަކީލުންނަށް އަންގާފައެވެ. މިކަން ވަކީލުންނަށް އަންގާފައިވަނީ ބުރާސްފަތި ދުވަހުއެވެ. ނަމަވެސް އިސްލާހުކުރަން އެންގީ ކޮންކަމެއްކަމެއް އެ ކޯޓުން ހާމައެއް ނުކުރެއެވެ.

އާރަށު މައްސަލައިގައި ޔާމީނު ލޯންޑަރ ކުރި މިލިއަން ޑޮލަރާއި އެއާ އެއްކުރި 2 މިލިއަން ޑޮލަރުގެ އިތުރުން އޭގެން ހޯދި މަންފާ ދައުލަތަށް ދައްކަން ވެސް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ދައުލަތަށް ފައިސާ ނެގުމަށް އަމުރު ކުރި ސަބަބަށް ބަލާއިރު، ރައީސް ޔާމީން ރިޝްވަތުގެ ގޮތުގައި ޤަބޫލު ކުރެއްވި 1 މިލިއަން ޑޮލަރުގެ ޗެކު އެޗްއެސްބީސީ އެކައުންޓަށް ޖަމާކުރެއްވުމަށްފަހު، އެ އެކައުންޓުގައި ހުރި އިތުރު ފައިސާއާއެކު 1،001،409 (އެއް މިލިއަން އެއްހާސް ހަތަރުސަތޭކަ ނުވަ) އެމެރިކާ ޑޮލަރު ބީއެމްއެލް އެކައުންޓަށް ވަނީ ޖަމާކުރައްވާފައެވެ. އަދި އެ އެކައުންޓުގައި ހުރި އިތުރު ފައިސާއާއެކު ޖުމުލަ 1،295،000 (އެއް މިލިއަން ދެލައްކަ ނުވަދިހަ ފަސްހާސް) އެމެރިކާ ޑޮލަރު އިސްލާމިކް ބޭންކު އެކައުންޓަށް ވަނީ ޖަމާކުރައްވާފައެވެ.

މީގެ އިތުރުން އެ އެކައުންޓުގައި ހުރި އިތުރު ފައިސާއާއެކު 3،413،230 (ތިން މިލިއަން ހަތަރުލައްކަ ތޭރަހާސް ދުއިސައްތަ ތިރީސް) އެމެރިކާ ޑޮލަރު އެމްއައިބީގައި ރައީސް ޔާމީނުގެ ނަމުގައި ހުޅުއްވާފައިވާ އެހެން އެކައުންޓަކަށް ޖަމާކުރައްވާ، 36 މަސް ދުވަސް ވަންދެން ވަނީ ފައިދާ ހޯއްދަވާފައެވެ.

ވުމާއެކު، ޔާމީން ލޯންޑަރ ކޮށްފައިވާ އެއް މިލިއަން އެމެރިކާ ޑޮލަރާއި އެއާ އެއްކޮށްފައިވާ 2،413،230 (ދެމިލިއަން ހަތަރުލައްކަ ތޭރަހާސް ދުއިސައްތަ ތިރީސް) އެމެރިކާ ޑޮލަރުގެ އިތުރުން، ފައިސާ އިންވެސްޓުކޮށްގެން ހޯދާފައިވާ މަންފާ ދައުލަތަށް ނަގައިދޭން އެދި ކުރި މަނީލޯންޑަރިންގެ ދައުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވާތީ އެ ފައިސާ ދައުލަތަށް ނެގުމަށް ވަނީ އަމުރުކޮށްފައެވެ. މި ފައިސާ 6 މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ވަނީ އަމުރުކޮށްފައެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ފިނޭންސްގެ 40 މުވައްޒަފަކަށް ވަޒީފާ އުވިފައިވާ ކަން އަންގައިފި

22 ޖެނުއަރީ 2017
ފިނޭންސްގެ 40 މުވައްޒަފަކަށް ވަޒީފާ އުވިފައިވާ ކަން އަންގައިފި
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
16 ޖެނުއަރީ 2017

ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި

16 ޖެނުއަރީ 2017
ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު