Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސަވާދީއްތަ ދަތުރު

ސަވާދީއްތަ ދަތުރު: ގިނަ ހަރަކާތްތަކާއެކު ބައިވެރިންނަށް ރަސްދޫއިން ހޫނު މަރުހަބާއެއް

ޑައިވް ސެންޓަރުތައް ގުޅިގެން ބައިވެރިންނަށް ހިލޭ ޑައިވް ދަތުރުތައްވެސް ފޯރުކޮށްދޭނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 9 މާރިޗު 2023 | ބުރާސްފަތި 11:49
ސަވާދީއްތަ ދަތުރުގެ ތެރެއިން - އއ. ރަސްދޫއަށް ބައިވެރިން ދިޔުން

ސަވާދީއްތަ ދަތުރުގެ ތެރެއިން - އއ. ރަސްދޫއަށް ބައިވެރިން ދިޔުން

ސަވާދީއްތަ ދަތުރުގެ ދެވަނަ އެޑިޝަންގެ ބައިވެރިންނަށް، ގިނަ ހަރަކާތްތަކާއެކު އއ. ރަސްދޫއިން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ރާއިދު ވިދާޅުވީ، ރަށުގައި ހުރިހާ ރައްޔިތުން ކަހަލަ ގޮތަކަށް ބައިވެރިންނަށް މަރުހަބާ ކިޔަން ނުކުމެ ތިބިކަމަށެވެ. އަދި ސަގާފީ އެކި ހަރަކާތްތަކާއެކު މަރުހަބާ ކިޔާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ދަތުރުގެ ބައިވެރިން ރަސްދޫގައި މުހިންމު ތަންތަން ބެލުމަށްފަހު މެންދުރު ބޮޑު ކެއުމެއް އޮތް ކަމަށާއި، އެ ރަށުގެ ޑައިވް ސެންޓަރުތައް ގުޅިގެން ބައިވެރިންނަށް ހިލޭ ޑައިވް ދަތުރުތައް ވެސް ފޯރުކޮށްދޭނެ ކަމަށެވެ. މީގެއިތުރުން ރަށުގެ ރައްޔިތުންގެ ފަރާތުން ހުކުރު ދުވަހުގެ ރޭ ނައިޓް ފިޝިންގ ހަރަކާތެއް ބައިވެރިންނަށް ރާވާފައިވާކަމަށްވެސް ވިދާޅުވިއެވެ.

ރާއިދު ވިދާޅުވީ އާދިއްތަ ދުވަހުގެ ފަތިހު އދ. ދަނގެއްޗަށް ބައިވެރިން ފުރާނެ ކަމަށާއި، ހޮނިހިރު ދުވަހު އުކުޅަހަށް ވެސް ދާނެކަމަށެވެ. އަދި އާދިއްތަ ދުވަހަކީ ސެއިލް ޑޭ ކަންވެސް ފާހަގަކުރެއްވިއެވެ.

ސަވާދީއްތަ ދަތުރުގެ ބައިވެރިން ވަނީ ލަންދޫ، ފެލިވަރު، ޅ. ހިންނަވަރު، އަދި ބ. ގޮއިދޫއަށް ވެސް ޒިޔާރަތްކޮށްފައެވެ. ކުރިން ޒިޔާރަތްކުރި ރަށްރަށުންވެސް ފަތުރުވެރިން ވަނީ ތަފާތު އެތައް ކަމެއް ތަޖުރިބާކޮށްފައެވެ.

ޖުމްލަ 14 ޔޮޓާއެކު ކުރިއަށްގެންދާ ސަވާދީއްތަ ދަތުރުގައި 7 ނެޝަނަލިޓީއަކަށް ރެޖިސްޓަރ ކޮށްފައިވާ ޔޮޓްތައް ބައިވެރިވެއެވެ. ސަވާދިއްތަ ދަތުރުގައި މި ފަހަރު މުޅިން އަލަށް ރާއްޖެއަށް ރެޖިސްޓަރކޮށްފައިވާ އުޅަނދުތައް ވެސް ބައިވެރިވެއެވެ. މިފަހަރު 9 ރަށަކަށް ދަތުރުކުރެއެވެ. އެ އެރަށްތަކަކީ ނ. ލަންދޫ، ޅ. ހިންނަވަރު، ބ. ގޮއިދޫ، އއ. ތޮއްޑޫ، އއ. ރަސްދޫ، އއ. އުކުޅަސް، އދ. ދަނގެތި، އދ. ދިގުރަށް އަދި އދ. މާމިނގިއްޔެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

21 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު