Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ގޯލްޑަން ފުޓްސަލް ޗެލެންޖް

ކުއާޓާ ފައިނަލްގައި ވާދަކުރާނެ އަށް ޓީމު ޔަޤީންވެއްޖެ

މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 9 މާރިޗު 2023 | ބުރާސްފަތި 06:44
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ތެރެއިން

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ތެރެއިން

މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ކުއާޓާ ފައިނަލުން ގދ. ވާދޫ، ތ.ތިމަރަފުށި، ލ.ގަން، ބ.އޭދަފުށި، ހދ.ނައިވާދޫ، މާފަންނު، ރ.އިނގުރައިދޫ އަދި ދ.ކުޑަހުވަދޫ ޖާގަ ހޯދައިފި އެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު ގަދަ 16 ގެ މެޗުގައި އިނގުރައިދޫން ވަނީ ށ.ފޭދޫގެ މައްޗަށް 4-1 އިން ކުރި ހޯދައިފި އެވެ. މެޗުގައި އިނގުރައިދޫގެ އަޙުމަދު އައިހަމް ވަނީ ތިން ލަނޑު ޖަހައި ހެޓްރިކް ހަދައިފަ އެވެ. އެ ޓީމުގެ އަނެއް ލަނޑު ޖެހީ މުޙައްމަދު ޖުމާން އެވެ. މެޗުގައި ފޭދޫގެ ހަމައެކަނި ލަނޑު ޖެެހީ ޔޫސުފް ސިދާމް އަލީ އެވެ. ލ.ގަމުން މ.ދިއްގަރު ބަލިކޮށްފައި ވަނީ 3-2 އިންނެވެ. މެޗުގައި ގަމުގެ ލަނޑުތައް ޖެހީ އަޙުމަދު ހަލީމް އާއި ޢަބްދުﷲ ޖުނައިދު އެވެ. ޙަލީމް ވަނީ ދެ ލަނޑު ޖަހައިފަ އެވެ. ދިއްގަރުގެ ދެ ލަނޑު ޖެހީ ޙުސެއިން ފާރިޝް އާއި މުޙައްމަދު އަލީ އެވެ. ގާފަރާއި ތިމަރަފުށި ބައްދަލު ކުރި މެޗު ތިމަރަފުށިން ކާމިޔާބު ކުރީ ޕެނަލްޓީގައި 5-3 އިންނެވެ. ތިމަރަފުށީގެ ފަސް ޕެނަލްޓީ ވަނީ ކާމިޔާބުކޮށްފަ އެވެ. އެއީ އިބްރާހީމް ސިނާހް، އިބްރާހީމް އަސްވަދު، ޢަބްދުﷲ ޒިޔާން، އާދަމް ނާސިހް އަދި އަޙުމަދު ހައިލަމް އެވެ. ގާފަރަށް ކާމިޔާބު ކުރެވުނީ ތިން ޕެނަލްޓީ އެވެ. އެއީ އަލީ މާއިސް، ޝަނާން ރަޝާދު އަދި އިބްރާހީމް ރިމާހުގެ ޕެނަލްޓީ އެވެ. ހދ.ނައިވާދޫ އިން ވިލިމާލޭގެ މައްޗަށް ކުރި ހޯދީ 3-2 އިންނެވެ. މެޗުގައި ނައިވާދޫގެ ލަނޑުތައް ޖެހީ ޙުސެއިން މައިޝަން އަދި މުޙައްމަދު އަލްސަން އެވެ. އަލްސަން ވަނީ ދެ ލަނޑު ޖަހައިފަ އެވެ. ވިލިމާލާގެ ލަނޑުތައް ޖެހީ އިސްމާއީލް ވިފާގް އަދި އަލީ ޝިޔާހް އެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު ގަދަ 16 މެޗުގައި ވާދޫ އިން ވަނީ 3-0 އިން މާމިގިލި ބަލިކޮށްފަ އެވެ. މެޗުގައި ވާދޫގެ ތިން ލަނޑު ވެސް ޖެހީ މުޙައްމަދު އިޔާދު އަލީ އެވެ. މާފަންނުން އއ.ބޮޑުފޮޅުދޫގެ މައްޗަށް ކުރި ހޯދީ ފަސޭހަކަމާއެކު 5-0 އިންނެވެ. މެޗުގައި މާފަންނުގެ ލަނޑުތައް ޖެހީ މުޙައްމަދު ލިޔާހް، މުޙައްމަދު އިމްރާން، ޙުސެއިން ސުހެއިލް އަދި މުޙައްމަދު ވަފާއު އެވެ. މީގެ ތެރެއިން އިމްރާން ވަނީ ދެ ލަނޑު ޖަހައިފަ އެވެ. ދ.ކުޑަހުވަދޫ އިން ށ.ކަނޑިތީމުގެ މައްޗަށް ކުރި ހޯދީ 3-0 އިންނެވެ. ކުޑަހުވަދޫގެ ލަނޑުތައް ޖެހީ ހާރޫން އިބްރާހީމް އަދި ޢަބްދުލް މުޤްސިދު އެވެ. އަނެއް ލަނޑަކީ ކަނޑިތީމުގެ އަޙުމަދު ރިޒާން އަތުން ބައި ކޮޅަށް ވަން ލަނޑެކެވެ. އޭދަފުށިން ދަނޑިގަމުގެ މައްޗަށް ކުރި ހޯދީ 2-0 އިންނެވެ. މެޗުގައި އޭދަފުށިން ޖެހި ދެ ލަނޑަކީ ވެސް ދަނޑިގަމުގެ އިސްމާއީލް އަލީފް އަޙުމަދުގެ އަތުން ބައިކޮޅަށް ވަން ދެ ލަނޑެވެ.

މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހު އެވެ. ކުއާޓާ ގައި ވާދޫ ނިކުންނާނީ މާފަންނާ ދެކޮޅަށެވެ. އޭދަފުށި ނިކުންނާނީ ކުޑަހުވަދޫއާ ދެކޮޅަށެވެ. ތިމަރަފުށި ނިކުންނާނީ ގަމާ ދެކޮޅަށެވެ. އަދި އިނގުރައިދޫ ނިކުންނާނީ ނައިވާދޫ އާ ދެކޮޅަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި

ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު