Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރުއްގަސްތަކަށް ޖެހޭ ބަލި

ނުރައްކާތެރި އައު ބައްޔެއް ހަލުވިކަމާއެކު ފެތުރެމުންދާތީ ސަމާލުވާން އެދިއްޖެ

މިއީ ދިރޭ ސޫތްޕެއްގެ ސަބަބުން ރުއްތަކާއި ގަސްތަކަށް ޖެހޭ ބައްޔެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 9 މާރިޗު 2023 | ބުރާސްފަތި 05:34
ބަލީގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެކަން މިނިސްޓްރީއަށް އެންގުމަށް ވަނީ އެދިފައި

ބަލީގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެކަން މިނިސްޓްރީއަށް އެންގުމަށް ވަނީ އެދިފައި

ރާއްޖޭގައި ރުއްރުކާއި ގަސްތަކުގައި އަށަގަންނަ ނުރައްކާތެރި އައު ބައްޔެއް ހަލުވިކަމާއެކު ފެތުރެމުންދާތީ ސަމާލުވާން އެދިއްޖެއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ބުނީ، ރާއްޖޭގެ ރުއްރުކާއި ގަސްތަކުގައި އަށަގަންނަ ނުރައްކާތެރި އައު ބައެއް ހަލުވިކަމާއެކު ފެތުރެމުންދާކަމުގައި ފާހަގަކުރެވިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓްރީން ބުނީ މިއީ ދިރޭ ސޫތްޕެއްގެ ސަބަބުން ރުއްތަކާއި ގަސްތަކަށް ޖެހޭ ބައްޔެއްކަމުގައި ފާހަގަކުރެވިފައިވާ ކަމަށެވެ. މި ބަލިޖައްސާ ފަނިފަކުސާ ރުކުގެ ފަނާއި ގަސްގަހުގެ ފެހިބައިތަކަށް ހަމަލާދިނުމުން ސޫޓީމޯލްޑް ކިޔާ ކަޅުކުލައިގެ ފަންގަސްއެއް ފެތުރި ގަސްތައް ނިކަމެތިވެ، ބައެއް ގަސްތައް މަރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން މި ބަލި ޖައްސާ ފަނިފަކުސާ ނުވަތަ ޖަރާސީމު ދެނެގަނެ، ބަލި ކޮންޓްރޯލްކުރުމަށް ކުރަންޖެހޭ ހާއްސަ މަަަސައްކަތްތައް ދެނެގަތުމުގެ މަަސައްކަތް މިނިސްޓްރީން ކުރަމުންގެންދާ ކަމަށް ބުނެފައިވެއެވެ.

އަދި މި ބައްޔާމެދު ގަސްވިއްކާ ފަރާތްތަކުންނާއި، ގަސް ގަންނަ ފަރާތްތަކުން މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. މިގޮތުން ގަހާއި ގަހުގެ ބައިތައް އެއްރަށުން އަނެއްރަށަށް ގެންދާނަމަ، ދަނޑުތަކާއި ދުރުގައި ވަކިތަނެއްގައި ގަސްތައް ބަހައްޓާ، މި ބަލީގެ އަލާމާތެއް ނެތްކަން ކަށަވަރު ވަންދެން ބެހެއްޓުމަކީ ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ކުރެވިދާނެ ކަމެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން މި ބަލި އުޅޭކަމުގެ އެއްވެސް އަލާމާތެއް ގަސްގަހާގެހިން ފެނިއްޖެނަމަ ނުވަތަ ޝައްކު ކުރެވިއްޖެނަމަ، އެ ރަށެއްގެ ކައުންސިލް މެދުވެރިކޮށް މިނިސްޓްރީއަށް އެކަން އެންގުމަށް ވަނީ އެދިފައެވެ. އަދި މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާނަމަ މިނިސްޓްރީގެ ޕްލާންޓް ޕްރޮޓެކްޝަން އެންޑް ކަރަންޓީން ސަރވިސް ސެކްޝަންގެ ނަންބަރު 3339209 ފޯނަށް ގުޅައިގެން މައުލޫމާތު ސާފުކުރުމަށް އެދިފައިވެއެވެ.

އިތުރަށް ކިޔާލަން

04 އެޕްރީލު 2017

ބެރިކޭޑެއްގައި ޖެހި އައްޑޫ ސިޓީ ލިންކު ރޯޑްގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

04 އެޕްރީލު 2017
ބެރިކޭޑެއްގައި ޖެހި އައްޑޫ ސިޓީ ލިންކު ރޯޑްގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
30 މާރިޗު 2017

ކެރެންޏާ މަޝްވަރާތަކަށް އައުމަށް އިދިކޮޅު ފަރާތްތަކަށް ސަރުކާރުން ގޮވާލައިފި

30 މާރިޗު 2017
ކެރެންޏާ މަޝްވަރާތަކަށް އައުމަށް އިދިކޮޅު ފަރާތްތަކަށް ސަރުކާރުން ގޮވާލައިފި
26 މާރިޗު 2017

މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

26 މާރިޗު 2017
މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
18 މާރިޗު 2017

އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ސީރިއަސް ހާލަތުގައި

18 މާރިޗު 2017
އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ސީރިއަސް ހާލަތުގައި
14 މާރިޗު 2017

ނުރައްކާތެރި ސްވައިން ފްލޫ ފެތުރޭކަން ސިއްރުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: ޑރ. ޑީޑީ

14 މާރިޗު 2017
ނުރައްކާތެރި ސްވައިން ފްލޫ ފެތުރޭކަން ސިއްރުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: ޑރ. ޑީޑީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު