Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމްއެޗް-370 ގެއްލުނުތާ 9 އަހަރު

އެމްއެޗް-370 ގެއްލުނުތާ 9 އަހަރު: އާއިލާތަކުން އެދެނީ އަލުން ސަރޗް އޮޕަރޭޝަން ފެށުމަށް

މަތިންދާބޯޓު ހޯދުމަށް މެލޭޝިޔާ، ޗައިނާ އަދި އޮސްޓްރޭލިއާއިން ކުރިޔަށްގެންދިޔަ ދެ އަހަރު ދުވަހުގެ އޮޕަރޭޝަން ނިންމާލީ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހު އެއްވެސް ނަތީޖާއެއް ނުފެނި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 9 މާރިޗު 2023 | ބުރާސްފަތި 02:31
އެމްއެޗް370 ގެއްލުނުތާ 6 އަހަރު ފުރުން ފާހަގަކުރުމަށް 2020 ވަނަ އަހަރު ބޭއްވި ހަފްލާގައި ބޭނުންކުރި ބެޖްތަކެއް

އެމްއެޗް370 ގެއްލުނުތާ 6 އަހަރު ފުރުން ފާހަގަކުރުމަށް 2020 ވަނަ އަހަރު ބޭއްވި ހަފްލާގައި ބޭނުންކުރި ބެޖްތަކެއް

ވީނުވީއެއް ނޭންގި ގެއްލިފައިވާ މެލޭޝިޔާ އެއާރލައިންގެ މަތިންދާބޯޓު އެމްއެޗް370 އިން ދަތުރުކުރި މީހުންގެ އާއިލާތަކުން އަލުން ސަރޗް އޮޕަރޭޝަން ފެށުމަށް މެލޭޝިޔާ ސަރުކާރަށް ގޮވާލައިފިއެވެ.

އެމްއެޗް370 ގެއްލުނުތާ 9 އަހަރު ވެފައިވާއިރު އާއިލާތަކުން މެލޭޝިޔާ ސަރުކާރަށް ގޮވާލާފައިވަނީ އެމެރިކާގެ ފަރމެއް ކަމުގައިވާ އޯޝަން އިންފިނިޓީއާއެކު އަލުން އައު ސަރޗް އޮޕަރޭޝަނެއް ފެށުމަށެވެ.

އޭވިއޭޝަން ދާއިރާގައި މިހާތަނަށް ހިނގާފައިވާ އެންމެ ބޮޑު އެއް މިސްޓްރީ ނުވަތަ ވާނުވާ ނޭންގިފައިވާ ހާދިސާއަކީ 2014 ވަނަ އަހަރުގެ މަރޗް މަހުގެ 8 ވަނަ ދުވަހު މެލޭޝިޔާގެ ކުއާލަލަމްޕޫރުން ފުރައިގެން ޗައިނާގެ ބެއިޖިންގ އަށް ދަތުރުކުރި އެމްއެޗް370ށް ވީނުވީއެއް ނޭންގުމެވެ. މަތިންދާބޯޓު ހޯދުމަށް މެލޭޝިޔާ، ޗައިނާ އަދި އޮސްޓްރޭލިއާއިން ކުރިޔަށްގެންދިޔަ ދެ އަހަރު ދުވަހުގެ ސަރޗް ނިންމާލީ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހު އެއްވެސް ނަތީޖާއެއް ނުފެނިއެވެ. ބޯޓުގެ އެއްވެސް ނިޝާނެއް ނުފެނި އެއޮޕަރޭޝަން ނިންމާލިއިރު މޫދުއަޑިއާއި ވައިގެ މަގުންނާއި ކަނޑުމަތި ބަލާފައިވާ މިއޮޕަރޭޝަނަށް 135.36 މިލިއަން ޑޮލަރު ހޭދަކޮށްފައިވެއެވެ.

އޭގެފަހުން ބޯޓު ހޯދުމުގެ މަސައްކަތް 2018 ވަނަ އަހަރު އޯޝަން އިންފިނިޓީން ވަނީ ކޮށްފައެވެ. އެ ފަރމުން ވަނީ އިންޑިއަން އޯޝަންގެ ދެކުނު ސަރަހައްދު ބަލާފައެވެ. އެމީހުން ސަރޗް އޮޕަރޭޝަން ކުރިޔަށްގެންދިޔައީ ބޯޓު ފެނިއްޖެނަމަ މެލޭޝިޔާ ސަރުކާރުން 70 މިލިއަން ޑޮލަރު އެމީހުންނަށް ދައްކާގޮތަށެވެ. ނަމަވެސް އެއޮޕަރޭޝަން ވަނީ ފުރިހަމަނުކުރެވިފައެވެ.

ބޯޓު ގެއްލުނުތާ 9 އަހަރުވާން ދުވަސްކޮޅަކަށްވެފައިވަނިކޮށް މަރޗް 5 ވީ އާދިއްތަ ދުވަހު ބޯޓުން ދަތުރުކުރި މީހުންގެ އާއިލާތައް އެކުވެގެން ހަދާފައިވާ ވޮއިސް370 ން ވަނީ އޯޝަން އިންފިނިޓީން އަލުން ސަރޗް އޮޕަރޭޝަން ފަށަން ބޭނުންވާކަން ހާމަކޮށްފައެވެ. އަދި އެ މީހުން ވަނީ މެލޭޝިޔާ ސަރުކާރުން އޯޝަން އިންފިނިޓީގެ ޕްރޮޕޯސަލް ގަބޫލުކުރުމަށް އެދިފައެވެ. ވޮއިސް370ން އެދިފައިވަނީ އޮޕަރޭޝަން ކާމިޔާބުވެއްޖެނަމަ ފަރމަށް ފައިސާ ދައްކާގޮތަށް އެއްބަސްވުމަކާ ހަމައަށް އައުމަށެވެ.

ވޮއިސް370ން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފާއިތުވި 12 މަސް ދުވަސްތެރޭގައި އޯޝަން އިންފިނިޓީން ވަނީ އިތުރު މީހުންނާއެކު އެހާދިސާގެ ކަންކަން ރަނގަޅަށް ދެނެގަތުމަށް މަސައްކަތްކޮށް ކުރިއެރުންތަކެއް ހޯދާފައެވެ. އަދި މިކުރިއެރުންތަކާއެކު ސަރޗް އޮޕަރޭޝަނަކީ ކާމިޔާބު އޮޕަރޭޝަނަކަށްވުމުގެ ފުރުސަތު ބޮޑުކަމަށްވެސް ވޮއިސް370ން ބުނެއެވެ.

ނަމަވެސް މިކަމާއި ގުޅޭގޮތުން އަދި މެލޭޝިޔާ ސަރުކާރުންވެސް އޯޝަން އިންފިނިޓީންވެސް ވަކި އެއްޗެއް ނުބުނެއެވެ.

ބޯޓުން ދަތުރުކުރި މީހުންގެ ހަނދާނުގައި ބޭއްވި ހަފްލާއެއްގައި އާއިލާތަކަށް ދެއްވި މެސެޖެއްގައި މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު އެންތަނީ ލޮކް ވަނީ އެމްއެޗް370ށް ވީ ގޮތް ބެލޭނެ އައު އަދި އިތުބާރުކުރެވޭ މައުލޫމާތެއް ލިބޭނަމަ ބޯޓު ހޯދުމުގެ މަސައްކަތް ފަށާނެކަމަށް ވިދާޅުވެފައެވެ. އެމްއެޗް370ގެ ބައިތަކެއް ކަމަށް ގަބޫލުކުރެވޭ ބައިތަކެއް އެފްރިކާ ބައްރުގެ ރަށްތަކާއި އިންޑިޔާ ކަނޑުގެ ރަށްތަކުގެ ގޮނޑުދޮށްތަކުން ވަނީ ފެނިފައެވެ.

މިހާތަނަށް އައިއިރު މެލޭޝިޔާގެ ތަހުގީގުކުރާ ފަރާތްތަކުން ބޯޓަށްވީ ކިހިނެއްކަން އަދި ނުނިންމައެވެ. މިހާތަނަށް އައިއިރު ބޯޓަށް ވީ ގޮތާއި ބެހޭ އެއްވެސް މައުލޫމާތެއް ހޯދިފައިނުވާއިރު ބޯޓުވީތަނާއި ބޯޓަށްވީ ގޮތް އެނގޭނެ އެއްވެސް ހެތްކެއްވެސް ހޯދިފައެއްނުވެއެވެ. މިބޯޓުން 14 ގައުމެއްގެ 227 މީހުންނާއި ކްރޫ މެންބަރުންގެ ގޮތުގައި 12 މީހުން ދަތުރުކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

04 މެއި 2017

ސައުދީގެ އަމީރު މިޝާލް އުމުރުފުޅުން 93 އަހަރުގައި އަވަހާރަ ވެއްޖެ

04 މެއި 2017
ސައުދީގެ އަމީރު މިޝާލް އުމުރުފުޅުން 93 އަހަރުގައި އަވަހާރަ ވެއްޖެ
03 މެއި 2017

މޫސަލް އާރާސްތު ކުރުމަށް މަދުވެގެން ފަސް އަހަރު ބޭނުންވޭ: އޮފިޝަލުން

03 މެއި 2017
މޫސަލް އާރާސްތު ކުރުމަށް މަދުވެގެން ފަސް އަހަރު ބޭނުންވޭ: އޮފިޝަލުން
11 އެޕްރީލު 2017

މިދިޔަ އަހަރު މަރުގެ އަދަބު ތަންފީޒުކުރި މިންވަރު ދަށް: އެމްނެސްޓީ

11 އެޕްރީލު 2017
މިދިޔަ އަހަރު މަރުގެ އަދަބު ތަންފީޒުކުރި މިންވަރު ދަށް: އެމްނެސްޓީ
08 އެޕްރީލު 2017

މިއަހަރު ރައީސްް ޓްރަމްޕް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންނަވާނެ: ސެކްރެޓަރީ އޮފް ސްޓޭޓް

08 އެޕްރީލު 2017
މިއަހަރު ރައީސްް ޓްރަމްޕް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންނަވާނެ: ސެކްރެޓަރީ އޮފް ސްޓޭޓް
27 ފެބުރުއަރީ 2017

އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި

27 ފެބުރުއަރީ 2017
އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި
27 ފެބުރުއަރީ 2017

މިއަހަރުގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ އަށް ރައީސް ޓްރަމްޕް ވަޑައިނުގަންނަވާނެ

27 ފެބުރުއަރީ 2017
މިއަހަރުގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ އަށް ރައީސް ޓްރަމްޕް ވަޑައިނުގަންނަވާނެ
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
17 ޖެނުއަރީ 2017

ހަނދުގައި އެންމެ ފަހުން ހިނގި އެސްޓްރޮނޯޓް ޖީން 82 އަހަރުގައި ނިޔާވެއްޖެ

17 ޖެނުއަރީ 2017
ހަނދުގައި އެންމެ ފަހުން ހިނގި އެސްޓްރޮނޯޓް ޖީން 82 އަހަރުގައި ނިޔާވެއްޖެ
14 ޖެނުއަރީ 2017

ވިހެއިތަނުން ވަގަށްނެގި ކުއްޖަކު 18 އަހަރު ފަހުން ފެނިއްޖެ

14 ޖެނުއަރީ 2017
ވިހެއިތަނުން ވަގަށްނެގި ކުއްޖަކު 18 އަހަރު ފަހުން ފެނިއްޖެ
13 ޖެނުއަރީ 2017

ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް

13 ޖެނުއަރީ 2017
ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު